ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޭ.އެފް.ސީ 'ސީ' ލައިސަންސް ކޯޗިންގް ކޯހެއް ފެށުން

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އޭ.އެފް.ސީ "ސީ" ލައިސަންސް ކޯޗިންގ ކޯހެއް 12 އެޕްރީލް 2015 ވާ އާދީއްތަ ދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ. މިކޯސް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 2 ބަޔަކަށް ބަހާލެވިގެން ފުލްޓައިމް ކޯހެއްގެ ގޮތުގައެވެ. އެގޮތުން، މިކޯހުގެ ފުރަތަމަ ބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 12 އެޕްރީލް 2015 އިން 19 އެޕްރީލް 2015 ގެ ނިޔަލަށެވެ. އަދި ކޯހުގެ ދެވަނަބައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ 11 މޭ 2015 އިން 16 މޭ 2015 ގެ ނިޔަލަށެވެ. މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކަށް މިއެސޯސިއޭޝަނުން އެފުރުޞަތު ހުޅުވާލަމެވެ. މިކޯހުގައި ބައިވެރިވުމުގެ ޝަރުޠަކީ ގްރޭޑް 7 ގެ ފެންވަރު ހުރުމާއެކު، އިނގިރޭސިބަހުން ލިޔަން ކިޔަން ދަތުމެވެ.

ވީމާ، މިކޯހުގައި ބައިވެރިވެލައްވަން ބޭނުންފުޅުވާ ފަރާތްތަކުން ތިރީގައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށްފަހު 05 މާރިޗު 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ.

  • ފުރިހަމަކޮށްފައިވާ ކޯހަށް އެދޭ ފޯމު
  • ސީވީ ނުވަތަ ވަނަވަރު
  • ޕާސްޕޯޓް ސައިޒްގެ 2 ފޮޓޯ
  • އައިޑީކާޑުގެ ސާފުކޮޕީ އެއް

ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމު 23 ފެބުރުވަރީ 2015 އިން ފެށިގެން މިއެސޯސިއޭޝަންގެ މައި އޮފީހުން ލިބެން ހުންނާނެއެވެ.

22 ފެބުރުވަރީ 2015
ހޯދާ