އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަން

ހއ. މުރައިދޫ ކައުންސިލާއި، ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަން

2015 މާރިޗު 21 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ ހއ. މުރައިދޫ ކައުންސިލާއި ދ. އަތޮޅު ކައުންސިލް (މީދޫ ދާއިރާ)ގެ ބައި-އިލެކްޝަނަށް އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ހުރެގެން ވޯޓުލުމަށް ބޭނުންވާ ފަރާތްތައް ރަޖިސްޓަރީވުމުގެ ފުރުޞަތު 2015 ފެބުރުވަރީ 22 އިން 2015 މާރިޗު 3 ގެ ނިޔަލަށް ހުޅުވާލައިފީމެވެ.

މިކަމަށް އެދި ހުށަހަޅާނީ "އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓަރީވުމަށް އެދޭ ފޯމު" އިންނެވެ. މި ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ 2015 ފެބުރުވަރީ 22 ވާ އާދީއްތަ ދުވަހުން ފެށިގެން 2015 މާރިޗު 3 ވާ އަންގާރަ ދުވަހުގެ ނިޔަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30 އިން ހަވީރު 3:00 އަށް، އިލެކްޝަންސް ކޮމިޝަންގެ އިދާރާ (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގުގެ 5 ވަނަ ފަންގިފިލާ) އިންނާއި ހއ. މުރައިދޫ ކައުންސިލުންނާއި، ދ. މީދޫ ކައުންސިލުންނާއި، ދ. ބަނޑިދޫ ކައުންސިލުންނާއި، ދ. ރިނބުދޫ ކައުންސިލުންނާއި، ދ. ހުޅުދެލި ކައުންސިލްގެ އިދާރާއިންނެވެ. އަދި މި ފޯމު ކޮމިޝަންގެ ވެބްސައިޓް (www.elections.gov.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

29  ރަބީޢުލްއާޚިރު  1436

19 ފެބުރުވަރީ 2015
ހޯދާ