އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ސިޔާސީ ޕާޓީގެ އޮޑިޓް ރިޕޯޓް ހުށަނާޅާ ޕާޓީތަކާބެހޭ

ސިޔާސީ ޕާޓީގެ ޤާނޫނުގައި ބުނެފައިވާ ގޮތުގެމަތިން 2014 ވަނަ އަހަރު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ޕާޓީގެ ފައިސާގެ ހިސާބުތައް އޮޑިޓް ކުރުމަށްފަހު، އޮޑިޓް ރިޕޯޓް ހުށަހަޅާފައިނުވާތީ ޖޫރިމަނާ ކުރެވުނު ޕާޓީތަކުގެ ތެރެއިން ތީރީގައި މިދަންނަވާ ޕާޓީތަކުގެ އޮފީސް ހުޅުވާފައި ނެތުމުގެ ސަބަބުން އެ ޕާޓީތައް ޖޫރިމަނާ ކުރިކަން އަންގައި، ލިޔުން ވަނީ އެ ޕާޓީތަކަށް ރައްދު ނުކުރެވިއެވެ.

  1. މޯލްޑިވިއަން ސޯޝަލް ޑިމޮކްރެޓިކް ޕާޓީ
  2. ސޯޝަލް ލިބަރަލް ޕާޓީ
  3. މޯލްޑިވިއަން ނޭޝަނަލް ކޮންގްރެސް
  4. ޕީޕަލްސް އެލަޔަންސް
  5. މޯލްޑިވިއަން ލޭބަރ ޕާޓީ

ވީމާ، މި ޕާޓީތަކުން އިލެކްޝަންސް ކޮމިޝަނަށް ހާޒިރުވެ މަތީގައި ދެންނެވުނު ސިޓީތަކާ ހަވާލުވުމަށް ދަންނަވަމެވެ.

27 ރަބީޢުލްއާޚިރު 1436

18 ފެބުރުވަރީ 2015
ހޯދާ