މޯލްޑިވްސް މީޑިއާ ކައުންސިލް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2014 އަށް ނަން ހުށަހެޅުން

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު 2014 އަށް ނަން ހުށަހެޅުމުގެ ފުރުޞަތު ޢާންމުކޮށް ވަނީ ހުޅުވާލައިފައެވެ.

މިއިނާމު ދިނުމަށް ކަނޑައަޅާފައިވާ ދާއިރާތަކަކީ ރޭޑިއޯ، ޓީވީ، ޕްރިންޓް/ އޮންލައިން މީޑިއާ މި 3 ދާއިރާއިންނެވެ.

ދައުލަތުގެ ވުޒާރާއެއްގައި ރަޖިސްޓަރީކޮށްފައިވާ މީޑިއާ ވަސީލަތެއްގައި މަސައްކަތްކުރާ ކޮންމެ ނޫސްވެރިއަކަށްވެސް މި އިނާމަށް ކުރިމަތިލެވިދާނެއެވެ. އަމިއްލަ ފަރުދަކަށްވެސް އަދި މުއައްސަސާއަކަށްވެސް ނޫސްވެރިއެއްގެ ނަން އިނާމަށް ހުށަހެޅިދާނެއެވެ.  

މިއިނާމަށް ނަން ހުށަހަޅާއިރު "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2014" ފުރިހަމަކޮށް ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅަންވާނެއެވެ. އަދި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު 2014" ގައި ހިމެނޭ ކަންތައްތަކަށް ޚާއްޞަ ސަމާލުކަމެއް ދިނުން އެދެމެވެ.

"ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2014" އާއި "މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ، ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ގަވާއިދު 2014" މިކައުންސިލުގެ ވެބްސައިޓް www.mmc.org.mv އިން ޑައުންލޯޑް ކުރެވޭނެއެވެ.

ވީމާ މިއިނާމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުން 22 މާރިޗު 2015 ވަނަ ދުވަހުގެ 14:00 ގެ ކުރިން "ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހަޅާ ފޯމު 2014" ފުރުއްވައި ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި މިކައުންސިލަށް ހުށަހެޅުއްވުން އެދެމެވެ. އަދި މިކަމާ ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިކައުންސިލުގެ ނަންބަރު 3003995 އަށާއި 3003886 އަށް ގުޅުއްވުން އެދެމެވެ.

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ