ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕލކ
ދިވެހިރާއްޖެ
ވޯރކްޝޮޕް އެސިސްޓަންޓް ގރ.1

މިކުންފުނީގެ ނަންބަރު 60-ADM/2015/1  ގެ އިޢުުލާނަށް އެކަށީގެންވާ ކެންޑިޑޭޓުން ލިބިފައިނުވާތީ މި އިއުލާން ބާޠިލު ކުރުމަށްފަހު ތިރީގައިމިވާ މިޤާމަށް އެޕްލިކޭޝަން ފޯމު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

މަޤާމް: ވޯރކްޝޮޕް އެސިސްޓަންޓް ގރ.1

ޢަދަދު: 2

މުސާރަ: 3240.00ރ (ފެށޭ، ވަކި މަހު މުސާރަ)

ވަޒީފާގެ ބާވަތް: ދާއިމީ

މަސައްކަތް ކުރަންޖެހޭތަން: އެސްޓީއޯ ވެހިކަލް ގަރާޖް

އެހެނިހެން ޢިނާޔަތްތައް:

* އިތުރު އެލަވަންސް: 1350.00ރ – 1950.00ރ އާ ދެމެދުގެ ޢަދަދެއް ލިބޭނެއެވެ.

* ދާއިމީ ވުމުން ސްޓާފް އިންޝުއަރެންސްގައި ބައިވެރި ކުރެވޭނެ.

* އިތުރުގަޑީގައި އަދި ރަސްމީބަންދު ދުވަހެއްގައި މަސައްކަތް ކޮށްފިނަމަ ވަޒީފާއާބެހޭ ޤާނޫނުގައި ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.   
* ހަމަޖެހިފައިވާ އުސޫލުން އެޓެންޑަންސް އެލަވަންސް ލިބޭނެއެވެ.

* ޕެންޝަން  

މަޤާމުގެ މަސްއޫލިއްޔަތު:

* އެސްޓީއޯ ވެހިކަލް ގަރާޖް ސާފުކޮށް ބެލެހެއްޓުން

* ވެހިކަލްތަށް ސާރވިސް ކުރުން

* ވެހިކަލް މަރާމަތްކުރުމުގައި މެކޭނިކުންނަށް އެހީތެރިވުން.

* އެސްޓީއޯ ވެހިކަލް ގަރާޖް ގައި ކުރަންޖެހޭ އެހެނިހެން މަސައްކަތްކުރުން.

ތަޢުލީމާއި ތަޖްރިބާ:

* ގްރޭޑް 7 ގެ ފެންވަރު ހުރުން ނުވަތަ އިނގިރޭސި އަދި ދިވެހި ބަހުން ހުންނަ ލިޔުންތައް ލިޔަންކިޔަން އެނގުން.

* މުޢާމަލާތު ކުރުމުގެ ހުނަރު ލިބުފައިވުން.

* މިދާއިރާގައި މަސައްކަތުގެ ތަޖްރިބާ ލިބިފައިވާ އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތްތަކަށް އިސްކަންދެވޭނެ.

މި މަޤާމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން 2015 މާރިޗު 02 ވާ ދުވަހުގެ 12:30ގެ ކުރިން އެސްޓީއޯގެ ވަޒީފާއަށް އެދޭ ފޯމާއެކު ތިރީގައިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމު އެސްޓިއޯގެ ހެޑް އޮފީސް ކައުންޓަރުން އަދި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ. 

ވެބްސައިޓް: http://www.stomaldives.com/downloads/

ނޯޓް:

އިންޓަރވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.

މިމަޤާމަށް މުވައްްޒަފުން ހޮވާނީ ތަޢުލީމީ ސެޓްފިކެޓްތަކާއި މަސައްކަތުގެ ތަޖުރިބާ އަދި އިންޓަވިއުއަށް ބަލައިި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

ވަޒީފާ  ހަމަޖެއްސުމުގައި ޕޮލިސް ރިޕޯޓް / ކުށުގެ ރިކޯޑަށް ބަލާނެއެވެ.

އެޑްރެސް އެސްޓީއޯ ހެޑް އޮފީސް:

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން  ޕލކ ހެޑް އޮފީސް

ބޮޑުތަކުރުފާނު މަގު، މާފަންނު، މާލެ – 20345

ފޯން: 3344264 ވެބްސައިޓް: www.stomaldives.com

19 ފެބުރުވަރީ 2015
ހޯދާ