ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެއަރކޮންޑިޝަން ސަޕްލައިކޮށްދީ ހަރުކޮށްދޭނެ ފަރާތެއް ހޯދަން

މިކޯޓަށް އެއަރކޮންޑިޝަން ސަޕްލައިކޮށްދީ، މިކޯޓުން ދައްކާ ތަނެއްގައި ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 01 މާރިޗު 2015 ވާ އާދީއްތަދުވަހުގެ 10:00 އަށް ހައްދުންމަތީ މުންޑޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 މާރިޗު 2015 ވާ ބުރާސްފަތިދުވަހުގެ 14:30އަށް މިކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މިކޯޓުގެ މެއިލް [email protected] އަށް ފޮނުވޭ އަންދާސީހިސާބުތައްވެސް ބަލައިގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

#

ތަފުސީލު

ޓައިޕް

ސައިޒް

ބޭނުންވާ އަދަދު

1

އެއަރކަންޑިޝަން އިންވާޓަރ

ވޯލް މައުންޓް

12000 BTU

02

03 ޖުމާދަލްއޫލާ 1436

22 ފެބުރުވަރީ 2015
ހޯދާ