ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

ޑެޕިއުޓީ ޑިރެކްޓަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 12,687.50 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  5,437.50 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ފެކަލްޓީ އޮފް ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ސްޓަޑީޒް

ސްޕައިން ޕޮއިންޓް:

40

ގްރޭޑް:

7

މަޤާމުގެ ޝަރުތު:

 

  • އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ވަޒީފާގެ މަސްއޫލިއްޔަތުތައް އަދާކުރަން އެނގުން.
  1. ލެވެލް 7/8 ގެ ބެޗްލަރ ޑިގްރީއަކަށްފަހު، ދަސްކުރި ތިއަރީތަކާއި ޢުޞޫލުތައް ހަރުދަނާކޮށް ބޭނުންކުރަން އެނގުމަށް ނުވަތަ އިތުރަށް ދެތުމަށް މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ، ގުޅޭ ދާއިރާއިން ހާސިލުކޮށްފައިވުން.
  2. މެނެޖްމަންޓް ތަޖުރިބާއާއި/ނުވަތަ ޚާއްޞަ ހުނަރުތައް އެނގުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ފެކަލްޓީގެ އިދާރީ ވެރިޔާގެ ހައިސިއްޔަތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި، އިދާރީ މުވައްޒަފުންގެ ހުރިހާ ކަމެއް ބެލެހެއްޓުމާއި، ފެކަލްޓީގެ ލިޔުންތަކާއި، ފެކަލްޓީން ފޮނުވާ ލިޔުންތަކާއި، ފެކަލްޓީއަށް ލިބޭ ލިޔުންތައް ބެލެހެއްޓުން.
  • ފެކަލްޓީގެ ބަދިގޭގެ އިކުއިޕްމަންޓެއް ނުވަތަ އެހެނިހެން މެޝިނަރީއެއްގައި މައްސަލައެއް ދިމާވެއްޖެނަމަ، ކަންކުރަންޖެހޭ އުސޫލުން އެކަން ރަނގަޅުކުރުމަށް ބޭނުންވާ އެންމެހައި ކަންތައްތައް ކުރުން.
  • މަރުކަޒީ އިދާރާއިން އަންގާގޮތުގެ މަތިން ކުރިއަށްއޮތް އަހަރަށް ލަފާކުރާ ބަޖެޓް ތައްޔާރުކުރުމާއި، އަހަރު ނިމުމުން، އެ އަހަރުގެ އަހަރީ ރިޕޯޓް ތައްޔާރުކުރުން.
  • ފެކަލްޓީގެ އިދާރީ ހަރަކާތްތަކާއި، އެކަޑެމިކް ހަރަކާތްތަކުގައި ކުރަންޖެހޭ ކަންކަމުގައި ބައިވެރިވެ، ފެކަލްޓީގެ ހުރިހާ އިވެންޓްތަކެއްގައި ޢަމަލީގޮތުން ބައިވެރިވުން.
  • އިދާރީ ދާއިރާގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ފެކަލްޓީގައި އެންމެ ގިނައިރު އުޅޭ އަދި ބަންދު ދުވަސްތަކުގައިވެސް ތަނުގެ ކަންތައްތައް ބެލެހެއްޓުމާއި ހަފުތާގެ ހުރިހާ ދުވަހެއްގައިވެސް ތަން ބެލެހެއްޓުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކުރުމާއި، ފެކަލްޓީ ބެލެހެއްޓުމުގެ އިސްރޯލެއް އަދާކުރުން.
  • ފެކަލްޓީއަށް ބޭނުންވާ ފަރުނީޗަރާއި ކޮންސިއުމަބަލްސް ފަދަ ތަކެތި ފެކަލްޓީގެ މަސައްކަތަށް ދަތިނުވާނެ ގޮތެއްގެ މަތިން މަރުކަޒީ އިދާރާގެ ޕްރޮކިޔުމަންޓް ސެކްޝަނާ ގުޅައިގެން ހޯދުން. މި ގޮތުން ކިޔަވައިދިނުމަށް ބޭނުންވާ ތަކެއްޗާއި ޕްރެކްޓިކަލްއަށް ބޭނުންވާ ތަކެތި ލަސްނުވާނޭހެން ހޯދުން.
  • ފެކަލްޓީއަށް ލިބޭ ކޮންސިއުމަބަލްސް ނުވަތަ ތަނުގައި ބަހައްޓައިގެން ބޭނުންކުރެވޭ ތަކެތީގެ ސްޓޮކް، ހަމަޖެހިފައިވާ ޤަވާއިދާ އެއްގޮތަށް ދެމެހެއްޓެނިވިގޮތެއްގައި ބެލެހެއްޓުމާއި، ފެކަލްޓީގެ ބޭނުންތަކަށް ބަލަހައްޓާ ކޮންސިއުމަބަލްސް މުވައްޒަފުންނަށް ދޫކޮށް އެމީހުންނަށް ލިބުނުކަމުގެ ސޮއި ހޯދައި އޭގެ ރެކޯޑު ބެލެހެއްޓުމާއި، ވޭތުވެދިޔަ ތާނގައި ދޫކޮށްފައިވާ ތަކެތި ހަވާލުވިކަމުގެ ސޮޔާއި އޭގެ ރެކޯޑު ފުރިހަމަކުރުން.
  • ފެކަލްޓީގެ ސްޓޮކް ރެކޯޑު ފޮތުގައި ބެލެހެއްޓުމުގެ އިތުރަށް 'އެމްއެސް އެކްސެލް' ގައި ކޮންމެ އައިޓަމަކަށްވެސް ވެއްދި، ދޫކުރި، ބާކީ އެނގޭގޮތަށް ކޮމްޕިއުޓަރގައި ބެލެހެއްޓުން.
  • ފެކަލްޓީއަށް ހޯދަންޖެހޭ ކޮންސިއުމަބަލްސް ހޯދައި ބެލެހެއްޓުމުގައި 'ރީ-އޯޑަރިންގ ޕްލޭނެއް' ތައްޔާރުކޮށް އެއާ އެއްގޮތަށް ތަކެތި ހޯދުމުގެ ކަންތައް ކުރުން.
  • ބާވެ ހަލާކުވާ ތަކެތީގެ ތެރެއިން ނީލަމަށް ފޮނުވަންޖެހޭ ތަކެތި ބަލައި ޤަވާއިދުން ނީލަމަށް ފޮނުވުމާއި،  ފެކަލްޓީގެ ހަރު މުދަލުގެ އިންވެންޓްރީ ރެކޯޑު ޤަވާއިދުން ބަލަހައްޓައި، އިންވެންޓްރީއަށް އަންނަ ބަދަލުތަކުގެ ރެކޯޑު ޤަވާޢިދުން ބެލެހެއްޓުން.
  • އިމާރާތާއި ތަކެތީގެ ތެރެއިން މަރާމާތުކުރަންޖެހޭ ތަންތަނާއި ތަކެތި ދެނެގަނެ، އެކަންކަން ކުރަން ހަމަޖެހިފައިވާ ޤަވާޢިދުންކޮށް، މާރާމާތުގެ ކަންތައް ބެލެހެއްޓުން.
  • ޢިމާރާތާއި ތަކެތި މަރާމާތުކޮށް ބެލެހެއްޓުމަށް ދިގުމުއްދަތަށް ހަވާލުކުރެވިފައިވާ ފަރާތްތަކުން އެ މަސައްކަތް ކުރަމުންދާގޮތް ބަލައި، މެއިންޓެނަންސް އެއްބަސްވުންތަކުގައި އެއްބަސްވެފައިވާގޮތަށް އެކަން ހިނގާތޯ ބަލައި ރިވިއުކޮށް، އެފަދަ އެއްބަސްވުމުގެ މުއްދަތު ހަމަވުމުގެ ދެމަސްދުވަސް ކުރިން އާބަޔަކު ހޯދުމުގައި އަޅަންޖެހޭ ފިޔަވަޅު ކަމާބެހޭ ވެރިއެއްގެ މަޝްވަރާގެ ދަށުން އެޅުން.
  • ފެކަލްޓީގެ ބަދިގެ، ރެސްޓޯރަންޓް، ކުލާސް ރޫމް، ގޯތިތެރެ ކުއްޔަށްހިފަން ބޭނުންވާ ފަރާތްތަކަށް ކުއްޔަށްދީ، އެފަރާތްތަކުން ކުލި ދެއްކުމުގެ ކަންތައް ހިނގާނުހިނގާގޮތް ބަލައި، އެކަމާ ގުޅޭގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  1. ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 މާރިޗު 2 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރަން ގުޅާނީ 3345157 ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.  

4 ޖުމާދަލްއޫލާ 1436

23 ފެބުރުވަރީ 2015
ހޯދާ