މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

4427-MV ލޯން ނަންބަރު:

ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގާ ކުންފުނީގެ ޤާބިލުކަން އިތުރުކޮށް ފެސިލިޓީ އޮޕަރޭޓްކޮށް މެނޭޖްކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން

ދިވެހިސަރުކާރުން ވަރލްޑް ބޭންކުގެ ލޯނު އެހީގައި ހިންގަމުންދާ މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓްގެ (އެމް.އީ.އެމް.ޕީ) ދަށުން ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގާ ކުންފުނީގެ ޤާބިލުކަން އިތުރުކޮށް ފެސިލިޓީ އޮޕަރޭޓްކޮށް މެނޭޖްކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ރ.ވަންދޫގައި ޤާއިމުކުރެވިފައިވާ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީ ހިންގާ ކުންފުނީގެ މެނޭޖްމަންޓް، ޓެކްނިކަލް، އޮޕަރޭޝަނަލް އަދި ލޮޖިސްޓިކްސްގެ ޤާބިލުކަން އިތުރުކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމާއި އޮޕަރޭޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުމެވެ. މަސައްކަތާ ހަވާލުވާ ފަރާތުން ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީގެ ޕްލޭން އޮފް މެނޭޖްމަންޓް ތަރައްގީކުރުމުގެ އިތުރުން ފެސިލިޓީ ހިންގުމާ ހަވާލުވާ ކުންފުނީގެ މެނޭޖްމަންޓް އަދި ސްޓާފުންނަށް ފެސިލިޓީ އޮޕަރޭޓްކުރުމުގެ ހަ މަސްދުވަހުގެ ތަމްރީނު ފޯރުކޮށްދޭންވާނެއެވެ.

މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ކުންފުނިތަކުން "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ. ޝައުޤުވެރިވާ ފަރާތްތަކުން މިމަސައްކަތް ކުރުމުގެ ޤާބިލުކަން އަދި ތަޖުރިބާ ސާބިތުކޮށްދިނުމުގެ މަޢުލޫމާތު ހުށަހަޅަންވާނެއެވެ. ޝޯޓްލިސްޓް ކުރުމުގައި ބެލެވޭނެ ކަންތަކަކީ؛ 1) ވޭސްޓް މެނޭޖްމަންޓް ފެސިލިޓީތައް (ވޭސްޓް ޓްރާންސްފަރ ކުރުން، އިންސިނެރޭޓް ކުރުން އަދި ސެނިޓަރީ ލޭންޑްފިލް ކުރުން) ޕްލޭންކޮށް އޮޕަރޭޓްކުރުމުގެ މަދުވެގެން 10 އަހަރުގެ ޢަމަލީ ތަޖުރިބާ ލިބިފައިވުން؛ 2) ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ފެސިލިޓީއެއް އޮޕަރޭޓްކޮށް މެނޭޖްކުރުމަށް ލޯކަލް ކުންފުންޏެއް ތަމްރީނު ކުރުމުގެ ތަޖުރިބާ ލިބިފައިވުން؛ އަދި 3) ތަރައްޤީ ވަމުން އަންނަ ޤައުމެއްގައި ވޭސްޓް މެނޭޖްކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން ޤާބިލުކަން އިތުރުކުރުމުގެ ގޮތުން އިތުރު ފަރާތްތަކާއެކު ޖޮއިންޓް ވެންޗަރ ނުވަތަ ސަބް-ކޮންސަލްޓަންސީ ހެދިދާނެއެވެ.

ޝައުޤުވެރިވާ ފަރާތްތަކުން IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓަންޓް ހޮވުމަށް ޖަނަވަރީ 2011ގައި އެކުލަވާލެވިފައިވާ ވަރލްޑްބޭންކް ގައިޑްލައިންސްގެ 1.9ވަނަ ޕެރެގްރާފަށް ސަމާލުކަން ދިނުމަށް އެދެމެވެ.

މިމަސައްކަތް ކުރާނެ ފަރާތެއް ހޮވާނީ ވަރލްޑްބޭންކް ގައިޑްލައިންސް: IBRD ލޯން، IDA ކްރެޑިޓް އަދި ހިލޭ އެހީގެ ދަށުން ކޮންސަލްޓެންޓް ހޮވުމަށް ޖަނަވަރީ 2011 ގައިވާ QCBS އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ.

ޝައުޤުވެރިވާ ފަރާތްތަކަށް އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ބަންދުނޫން ކޮންމެ ދުވަހަކު 08:00 އިން 15:00 އަށް ލިބިވަޑައިގަންނަވާނެއެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 16 މާރިޗު 2015 ވަނަ ދުވަހުގެ 15:00ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އީމެއިލް، މެއިލް، ނުވަތަ ފެކްސް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

 

ޕްރޮޖެކްޓް މެނޭޖަރ

މޯލްޑިވްސް އެންވަޔަރަންމަންޓަލް މެނޭޖްމަންޓް ޕްރޮޖެކްޓް

ގްރީން ބިލްޑިންގް، ހަނދުވަރީ ހިނގުން،

މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

ފޯނު: 3018419 960+، ފެކްސް: 3018301 960+

އީމެއިލް: [email protected]

23 ފެބުރުވަރީ 2015
ހޯދާ