ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖައްސައިފީމެވެ.

އިޢުލާނު

މިއިދާރާގައި ބާވެ ހަލާކުވެފައިވާ ތަކެތި ނީލަމުގައި ވިއްކާލުމަށް ހަމަޖައްސައިފީމެވެ. ނީލަންކިޔުން އޮންނާނީ 27 ފެބުރުވަރީ 2015 ވަނަ ދުވަހުގެ ހަވީރު   4:30 ގައި މިއިދާރާގެ ގޯތިތެރޭގައެވެ. ތަކެތި ބެއްލެވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 16 ފެބުރުވަރީ 2015 ން 25 ފެބުރުވަރީ 2015 އާ ދެމެދު ރަސްމީގަޑީގައި މިއިދާރާއަށް ދުރުވުމުން ތަކެތި ބެލޭނެ އިންތިޒާމް ވަނީ ހަމަޖެހިފައެވެ. ނީލަންކިޔާ ތަކެތީގެ ލިސްޓް ނޯޓިސްބޯޑުތަކުގައި ބެހެއްޓިފައި ހުންނާނެއެވެ.

ދަންނަވަމެވެ. ނީލަމުން ތަކެތި ނަންގަވާ ފަރާތްތަކުން ތަކެތި ގެންދަވަންވާނީ ފައިސާ ދައްކާފައެވެ. ނީލަމުން ތަކެތި ނެންގެވުމަށްފަހު، ފައިސާ ނުދައްކަވައި އަދި ނުގެންދަވައި ހުންނަ ތަކެތި 1 މާރިޗު 2015 ގެ ނިޔަލަށް ނައްތާލެވޭނެއެވެ.

ވީމާ، ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން ނީލަން އޮންނަ ދުވަހު މިއިދާރާގެ ގޯތިތެރެއަށް ދުރުވެދެއްވުން އެދެމެވެ.  

15 ފެބުރުވަރީ 2015
ހޯދާ