މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުޞަތު

މަޤާމު:        ސީނިޔަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ  

ކްލެސިފިކޭޝަން:  ސީނިއަރ އޮފިސަރ ގްރޭޑް 2 / ޓެކްނިކަލް އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް : އެމް.އެސް 2

ބޭނުންވާ އަދަދު:  1 (ދޭއް)

ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން : މަޖީދިއްޔާ ސްކޫލް / ހިއުމަން ރިސޯސް ސެކްޝަން       

ޝަރުޠު:

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.     

ނުވަތަ

2. މަޤާމު މަސައްކަތާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ

3. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ނުވަތަ

4. މަޤާމު މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 5 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މުސާރަ:  -/6295 ރުފިޔާ (މަހަކު)                                            

ސަރވިސް އެލަވަންސް:  -/2000 ރުފިޔާ (މަހަކު)

އިތުރުގަޑީގެ ފައިސާ:   އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުން:  

  • ތަޢުލީމީ ފެންވަރު
  • މަސައްކަތުގެ ތަޖުރިބާ
  • މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

ކުރަންޖެހޭ މަސައްކަތް

  • ސްކޫލްގެ މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑުތައް ބެލެހެއްޓުން
  • ސްކޫލްތަކުގެ މުވައްޒަފުންގެ ވަޒީފާ ދިނުން/ ބަދަލު ކުރުން/ ވަކިކުރުމަށް ސީ.އެސް. ވިއުގައިން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ފޮނުވުން.
  • ސްކޫލްގައި މަސައްކަތްކުރާ ބިދޭސީޓީޗަރުންގެ ވާރކް ވިސާގެ އެންމެހާ މަސައްކަތް ކަމާބެހޭ އިދާރާތަކާ ގުޅިގެން ކުރިޔަށް ގެންދިޔުން
  • ސްކޫލްގެ އެންމެހާ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އަންނަ ބަދަލުތަކާއި، މުސާރައިން އުނިކުރަންޖެހޭ ސްކީމް ފަދަ ބައިތައް އެސް.އޭ.ޕީ އިން އަޕްޑޭޓް ކުރުން
  • ހިއުމަން ރިސޯސް ސެކްޝަނަށް އަންނަ ސިޓީތަކަށް ޖަވާބު ދިނުން.
  • އޮފީހުގެ ރަސްމީ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއަކާއި (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ ކޮޕީގެ އަސްލު)

ބ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު)

ސުންގަޑި: މަޤާމަށް އެދިލައްވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 01 މާރިޗު 2015 ދުވަހުގެ މެންދުރުފަހުގެ 14:30 ގެ ކުރިން ސްކޫލް އޮފީހަށް ވަޒީފާއަށް އެދޭ ފޯމު މަތީގައި ދެންނެވިފައިވާ ލިޔުންތަކާއެކު ހުށަހެޅުއްވުން އެދެމެވެ.

ނޯޓް: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެވާހަކަ ދެންނެވީމެވެ.

އިންޓަރވިއުކުރުން:

މިމަޤާމަށް މީހުން ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ގަޑި އިޢުލާނަށް މުއްދަތު ހަމަވާތާ މަސައްކަތު 7 ދުވަހުގެތެރޭގައި އެންގޭނެއެވެ.

އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ގުޅުއްވާނީ 3320341 ނަންބަރު ފޯނާއެވެ.

19 ފެބުރުވަރީ 2015
ހޯދާ