މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީގައި މަސައްކަތްކުރެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި ވަޒީފާތަކަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަންހުރި، ގާބިލް ބޭފުޅުންނެވެ.

މަޤާމު

ޑިރެކްޓަރ، ފާމަސިއުޓިކަލް

ބޭނުންވާ އަދަދު

1 (އެކެއް)

ޑިރެކްޓަރ

ރޭންކް: EX1

މުސާރަ

މަހަކު -/8835 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

މެޑިސިންގ އެންޑް ތެރަޕިއުޓިކް ގުޑްސް  / އެންފޯސްމަންޓް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ދިވެހިރާއްޖެއަށް ބޭސް އެތެރެކުރާ ޕޯޓްތަކުގެ މަސައްކަތް ރާވައި ހިންގައި ބެލެހެއްޓުމާއި، ފާމަކޯވެޖަލެންސްގެ ކަންތައްތައް ރާވައި ކޯޑިނޭޓްކޮށް ހިންގާ މި ނިޒާމް ޤާޢިމްކުރުމާއި، ބޭހުގެ ޕޯސްޓް މާކެޓް ސާވެއަލެންސްގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  • ބޭހާ ބެހޭގޮތުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގައި ކުރިއަށް ގެންދިއުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާގެ 35%

މަޤާމު އޮތް ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިންގ އެންޑް ތެރަޕިއުޓިކް ގުޑްސް / މެޑިސިންގ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މާލެއާއި ރާއްޖޭގައި ހިންގާ ފާމަސީތަކުގެ އިންސްޕެކްޝަންތައް ރާވައި، ހިންގައި، ރިކޯޑުތައް ބެލެހެއްޓުމާއި، އަޅަންޖެހޭ ފިޔަވަޅުތައް، ވެރިންގެ ލަފާގެ މަތިން އެޅުން.
  2. ފާމަސީ ރެޖިސްޓްރީކުރަން ހުށަހަޅާ ފަރާތްތަކުގެ ޑޮކިއުމަންޓުތައް ބަލައި ޗެކްކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ފޮލޯއަޕް ހެދުމާއި ރެކޯޑުތައް ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ފާމަސޫޓިކަލް އޮފިސަރ  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: MS 1

މުސާރަ

މަހަކު -/ 5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާގެ 35%

މަޤާމު އޮތް ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިން އެންޑް ތެރަޕިއުޓިކް ގުޑްސް / މޮނިޓަރިންގ އެންޑް ސަރވައިލަންސް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އިންޓަނޭޝަނަލް ނާރކޮޓިކްސް ކޮންޓްރޯލް ބޯޑުން ކަނޑައަޅާފައިވާ ޤަވާއިދުތަކާއި އުސޫލުތަކާއި، ރާއްޖޭގައި އަމަލުކުރަމުންދާ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް، ރާއްޖެއަށް ކޮންޓްރޯލް ޑްރަގްސް އެތެރެކުރުމާއި ޑިސްޓްރިބިއުޓްކުރުމުގެ ކަންތައްތައް ހިންގައި ބެލެހެއްޓުން.
  2. ރާއްޖެ އެތެރެކުރެވޭ ކޮންޓްރޯލްޑް ޑްރަގްސް (އިންޓަނޭޝަނަލީ ކޮންޓްރޯލްޑް އަދި ނެޝަނަލީ ކޮންޓްރޯލްޑް) މޮނިޓަރކޮށް، ސެޓެޓިސްޓިކްސް ބަލަހައްޓައި، ކަމާބެހޭ ފަރާތްތަކަށް މައުލޫމާތު ދިނުމާއި، ފާމަސީތަކަށް ބޭނުންވާ ކޮންޓްރޯލް ޑްރަގްސް ގަތުމަށް ދޫކުރަންޖެހޭ ހުއްދަތައް ޤަވާޢިދާ އެއްގޮތަށް ހަދައި ދޫކުރުން.
  3. ފާމަސީ ރަޖިސްޓްރީކުރަން ހުށަހަޅާ ފަރާތްތަކުގެ ލިޔެކިޔުންތައް ބަލައި ޗެކްކުރުމަށްފަހު، ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި، ފޮލޯއަޕް ހެދުމާއި، މާލެއާއި ރާއްޖޭގައި ހިންގާ ފާމަސީތަކުގެ އިންސްޕެކްޝަންތައް ރާވައި، ހިންގައި، އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، ރެކޯޑުތައް ބެލެހެއްޓުން.
  4. ބޭސް އަދި ފާމަސީ ރަޖިސްޓްރޭޝަނަށް ބޭނުންވާ މަޢުލޫމާތު ހޯދައި، އިވެލުއޭޓްކޮށް، ރަޖިސްޓްރޭޝަނުގެ މަސައްކަތް ކުރުމާއި، ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، އިންސިޑެންޓް ރިޕޯޓްކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  2. ފާމަސީ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމު

ސީނިޔަރ ޕަބްލިކް ހެލްތު ޕްރޮގްރާމް އޮފިސަރ  

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ރޭންކް: MS 2

މުސާރަ

މަހަކު -/ 6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް

މުސާރާގެ 35%

މަޤާމު އޮތް ތަން

މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ

މަސައްކަތް ކުރަންޖެހޭ ތަން

މެޑިސިންގ އެންޑް ތެރަޕިއުޓިކް ގުޑްސް / ޓޮބޭކޯ ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. މެޑިކަލް ޑިވައިސަސްއާއި މެޑިކަލް ގޭސް ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުން.
  2. ރާއްޖެއަށް އެތެރެކުރާ އަދި ރާއްޖޭގައި އުފައްދާ ދިވެހި ބޭސް / އޯލްޓަރނޭޓިވް މެޑިސިން ރެގިއުލޭޓްކުރުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް ހިންގައި ބެލެހެއްޓުން.
  3. ރާއްޖެއަށް އެތެރެކުރާ ކެމިކަލްސްއަށް ހުއްދަދިނުމުގެ މަސައްކަތްތައް ސުޕަވައިޒްކޮށް، ހިންގައި ބެލެހެއްޓުން.
  4.  ދުންފަތާއި ދުންފަތުގެ ބާވަތްތައް ރާއްޖެއަށް އެތެރެކުރުމަށާއި، އެކްސްޕޯޓްކުރުމަށާއި، ދުންފަތުގެ ބާވަތްތަކުން ވިޔަފާރީގެ މުޢާމަލާތްކުރުމުގެ ހުއްދަ ދިނުމުގެ މަސައްކަތް ސުޕަވައިޒްކޮށް ހިންގައި ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

  1. ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ނުވަތަ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.
  2. ސައިންސްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ބަޔޯމެޑިކަލް އިންޖިނިއަރ

ބޭނުންވާ އަދަދު

1 (އެކެއް)

ޓެކްނިކަލް އޮފިސަރ ގްރޭޑް 2 

ރޭންކް: MS2

މުސާރަ

މަހަކު -/6295 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

މެޑިސިންގ އެންޑް ތެރަޕިއުޓިކް ގުޑްސް / ތެރަޕިއުޓިކް ގުޑްސް ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

މެޑިކަލް ޑިވައިސަސް ރެގިއުލޭޓްކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް، ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުމާއި، މެޑިކަލް ޑިވައިސަސް ރެގިއުލޭޓްކުރުމަށް ބޭނުންވާ  ގަވާއިދުތަކާއި އެސް.އޯ.ޕީތައް ހެދުން.

ތަޢުލީމާއި ތަޖުރިބާ

  1. ބަޔޯމެޑިކަލް އިންޖިނިއަރިންގ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ބަޔޯ މެޑިކަލް އިންޖިނިއަރިންގގެ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ބަޔޯ މެޑިކަލް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމު

ބަޔޯމެޑިކަލް ޓެކްނީޝަން

ބޭނުންވާ އަދަދު

1

ޓެކްނިކަލް އޮފިސަރ ގްރޭޑް 1 

ރޭންކް: MS1

މުސާރަ

މަހަކު -/5610 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/2500 ރުފިޔާ

ނޮން ޕްރެކްޓިސް އެލަވަންސް

މުސާރައިގެ 35%

ޑިވިޜަން

ނޭޝަނަލް ހެލްތް ލެބޯޓްރީ / އެމް.ޓީ.ޖީ މައިކްރޯ ބަޔޮލޮޖި ޔުނިޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  • ނެޝެނަލް ހެލްތު ލެބޯޓްރީގެ އިކްއިޕްމަންޓް ކެލިބްރޭޝަން ޔުނިޓް ތަރައްޤީކޮށް ބެލެހެއްޓުމާއި، ކެލިބްރޭޝަންކުރުމަށް ބޭނުންވާ ކެމިކަލް ސްޓޭންޑަރޑުތަާއި، ރިއެޖެންޓްސް ތައްޔާރުކުރުން.
  • ނެޝެނަލް ހެލްތު ލެބޯޓްރީގައި ބޭނުންކުރެވޭ އިކްއިޕްމަންޓްތައް މަރާމާތުކޮށް ސަރވިސްކޮށް ބަލަހައްޓައި ދެމެހެއްޓުމާއި، ނެޝެނަލް ހެލްތު ލެބޯޓްރީގައި ބޭނުންކުރެވޭ އިލެކްޓްރިކަލް އިކްވިޕްމަންޓުތަކާއި އިލެކްޓްރޯނިކްސް އިކުއިޕްމަންޓްތައް މަރާމާތުކުރުމާއި، ނެޝެނަލް ހެލްތު ލެބޯޓްރީއަށް ގެނެވޭ  އާ އިކުއިޕްމަންޓްތައް އިންސްޓޯލްކޮށް، ސްޓާފުން އަހުލުވެރިކުރުން.

ތަޢުލީމާއި ތަޖުރިބާ

  1. އިލެކްޓްރޯނިކް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛
  2.  އިލެކްޓްރޯނިކް އިންޖިނިއަރިންގގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓު www.health.gov.mv ން ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ)
  4. މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  5. ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން ކިޔަން އެނގޭ ފަދަ ކޮޕީ.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކުރެވިފައިވާ ނަމޫނާއާ އެއްގޮތަށް ތައްޔާރުކޮށްފައިވާ ސީވީ)

ސުންގަޑި

2015 މާރިޗު 4 ވާ ބުދަ ދުވަހުގެ 14:30 ގެ ކުރިން މިނިސްޓްރީ އޮފް ހެލްތަށް.

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ މާރިޗުމަހުގައި، މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައި.

ނޯޓް: މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރަށާއި ތަޖުރިބާއަށް ބަލައިގެން 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014400 ނަންބަރު ފޯނަށެވެ.

26 ރަބީޢުލްއާޚިރު 1436

16 ފެބުރުވަރީ 2015
ހޯދާ