ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ތަކެތި ވިއްކާލަން

މިކުންފުނީގެ މި ދަންނަވާ ތަކެތި ސިޓީލާ ނީލަމުގައި ވިއްކާލަން ބޭނުން ވެއެވެ.

  • ހަލާކުވެފައިވާ ސްޕެއަރޕާޓްސް (ވަޓްސިލާ އިންޖީނުގެ)
  • ހަލާކުވެފައިވާ 02 ރޭޑިއޭޓަރު (ކަމިންސް އަދި QSK އިންޖީނުގެ)
  • ހަލާކުވެފައިވާ 01 ރޭޑިއޭޓަރު (KTA 50 G3)

މިތަކެތީގެ ނީލަން ފެށޭ އަގަކީ -/5,000ރ (ފަސްހާސް ރުފިޔާ) އެވެ. މި ތަކެތީގެ ނީލަމަށް އިތުރު ކުރެވޭނީ މަދުވެގެން -/500ރ (ފަސްސަތޭކަ ރުފިޔާ) އެވެ.

ވީމާ، މި ނީލަމުގައި ބައިވެރިވެލައްވަން އެދިލައްވާ ފަރާތްތަކުން އެތަކެތި ބައްލަވައި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ނީލަން ފެށޭ އަގުގެ %50 އަށް ވާ -/2,500ރ (ދެހާސް ފަސްސަތޭކަ ރުފިޔާ) ގެ ޑިޕޮޒިޓް ދެއްކެވުމަށްފަހު، ފައިސާ ދެއްކެވި ރަޝީދުގެ ކޮޕީއާއެކު ހުށަހަޅުއްވާ އެންމެ މަތީއަގު ބަންދުކޮށް 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިކުންފުންޏަށް ހާޒިރުވެ ދެއްވުން އެދެމެވެ. އަދި މިތަކެތީގެ ނީލަން ނިމޭތާ 02 ދުވަހުގެ ތެރޭގައި ނީލަން ކާމިޔާބު ކުރެއްވި ފަރާތުން ފައިސާ ދެއްކެވުމަށްފަހު ތަކެތި ގެންދަވަންވާނެއެވެ. މި މުއްދަތުގައި ތަކެތި ނުގެންދަވައިފިނަމަ ނީލަން ބާޠިލުކޮށް، އަލުން އެތަކެތި ނީލަމަށް ލެވޭނެއެވެ. އަދި ދެވަނަ ފަހަރަށް ކިޔާ ނީލަމުގައި އެފަރާތަށް ބައިވެރިނުވެވޭނެކަމަށާއި، އެފަރާތުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ވެސް ނުލިބޭނެއެވެ.

ނީލަމުގައި ބައިވެރިިވެލެއްވި ފަރާތްތަކުގެ ތެރެއިން ނީލަން ކާމިޔާބު ކުރެއްވި ފަރާތް ނޫން އެހެން ފަރާތްތަކުން ޑިޕޮޒިޓްގެ ގޮތުގައި ދެއްކެވި ފައިސާ ނީލަން ނިމޭތާ ގިނަވެގެން (ސަރުކާރު ބަންދު ދުވަސް ނުހިމަނައި) 7 ދުވަހުގެ ތެރޭގައި އެފަރާތްތަކަށް ޙަވާލު ކުރެވޭނެއެވެ.

25 ރަބީޢުލްއާޚިރު 1436 

15 ފެބުރުވަރީ 2015
ހޯދާ