މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
އެސިސްޓެންޓް ބަޖެޓް އެނަލިސްޓް (ޖީ.އެސް 3)

މަޤާމު:

އެސިސްޓަންޓް ބަޖެޓް އެނަލިސްޓް (ޖީ.އެސް 3)      (1 އަހަރުގެ ކޮންޓްރެކްޓް)

ބޭނުންވާ ޢަދަދު:

3

މުސާރަ:

ގަޑިއިރަކަށް -/40 ރުފިޔާ

ސާރވިސް އެލަވަންސް:

-

ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް / ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ،

ކ. މާލެ

ސެކްޝަން:

ފިސްކަލް އެފެއާރޒް ޑިވިޜަން/     ނެޝަނަލް ބަޖެޓް ފޯމިއުލޭޝަން ސެކްޝަން

މަޤާމުގެ ޝަރުޠު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން (މީގެ ތެރޭގައި ހިއުމަންރިސޯސް، ބިޒްނަސް، މެނޭޖްމަންޓް ނުވަތަ އެޑްމިނިސްޓްރޭޝަން ދާއިރާގެ ސެޓްފިކެޓް ހިމެނޭނެއެވެ.) ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ދައުލަތުގެ ބަޖެޓް ޑޭޓާ އެންޓަރކޮށް، ބަޖެޓްތައް ޗެކުކޮށް އިވެލުއޭޓް ކުރުމަށް އެހީތެރިވެދިނުން.
  • ދައުލަތުގެ ބަޖެޓު ތައްޔާރުކުރުމުގެ މަސައްކަތުގައި ސެކްޓަރުތަކުގެ ބަޖެޓުތަކުގެ ޓެކްނިކަލް އިވޭލުއޭޝަން ހެދުމަށް އެހީތެރިވުން.
  • ދައުލަތުގެ ބަޖެޓްގެ އެއް ކޮމްޕޯނަންޓް ކަމުގައިވާ ޕަބްލިކް ސެކްޓަރ އިންވެސްޓްމެންޓް ޕްރޮގްރާމް (ޕީ.އެސް.އައި.ޕީ) ޕްރޮޖެކްޓްތަކާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
  • ބަޖެޓް ފޮތާއި ޕީ.އެސް.އައި.ޕީ ބަޖެޓް ފޮތް އެކުލަވައިލުމުގެ މަސައްކަތަށް އެހީތެރިވެދިނުން.
  • ބަޖެޓް މޮނިޓަރިންގ އާ ގުޅޭގޮތުން ސެކްޝަނަށް ލިބޭ ސިޓީ އަދި އެހެނިހެން ލިޔެކިއުންތަކަށް ޖަވާބު ތައްޔާރުކޮށް އޮފީސްތަކަށް ފޮނުވުމުގައި އެހީތެރިވެދިނުން.
  • ދައުލަތުގެ އާމްދަނީ އާއި ޙަރަދުތައް ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ރިކޯޑްކުރެވޭ ގޮތް މޮނިޓަރކޮށް ދިމާވާ މައްސަލަތައް ކަމާގުޅޭ ފަރާތްތަކާ ގުޅިގެން އިޞްލާޙުކުރުމަށް އެހީތެރިވެދިނުން.
  • ދައުލަތަށް ލިބެންޖެހޭ އާމްދަނީ ލިބެމުންދާކަން ކަށަވަރުކުރުމުގައި ކުރަންޖެހޭ މަސައްކަތްތައްކުރުމުގައި އެހީތެރިވެދިނުން.
  • ދައުލަތުން ކޮންމެހެން ކުރަންޖެހޭ ޚަރަދެއް ނުކޮށް ވޭތޯ ބަލައި މިފަދަ ޚަރަދުތަކުގެ ހިސާބު ބެލެހެއްޓުމުގައި އެހީތެރިވެދިނުން.
  • ދައުލަތުގެ މާލިއްޔަތާއި ގުޅޭ ހިސާބާއި ލިޔެކިޔުންތައް ދިރާސާކުރުމުގައި އެހީތެރިވެދިނުން.
  • ދައުލަތުގެ ޕެންޑިން ބިލްތަކުގެ މައުލޫމާތުތައް އެއްކޮށް މޮނިޓަރކުރުމުގައި އެހީތެރިވެދިނުން.
  • ބަޖެޓް އެގްސެކިއުޝަން ރިޕޯޓު މަހުން މަހަށް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.
  • މަތީގައި ބަޔާންކޮށްފައިވާ ކަންތައްތަކުގެ އިތުރުން ވެރިން އަންގާ އޮފީހުގެ މަސައްކަތް ކުރުން.

އުޖޫރައާއި އިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ އިތުރު ގަޑީގެ ފައިސާ

އާސަންދަ (ހެލްތު އިންޝުއަރެންސް)

މީހުން ހޮވުމުގައި ބަލާނެ ކަންތައްތައް:

- ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ

- މަސައްކަތަށް ޝަޢުޤުވެރިކަން ހުރި މިންވަރު

- ކޮމްޕިއުޓަރަށް އަހުލުވެރިވާ މިންވަރު

ހުށަހަޅަންޖެހޭ ލިޔުންތައް:

- ފުރިހަމަކުރެވިފައިވާ އެޕްލިކޭޝަން ފޯމު (މި ފޯމު މި މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ).

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސާރޓިފިކެޓް) އަދި ޓްރާންސްކްރިޕްޓް. ސާރޓިފިކެޓް ލިބިފައިނުވާނަމަ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ދޫކުރާ ލިޔުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު   

- ވަނަވަރު / އައި.ޑީ ކާޑުގެ ކޮޕީ /ސްކޫލް ލީވިންގ ސެޓްފިކެޓް

- ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އަދި ކުރަމުންގެންދާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (މި ލިޔުމުގައި މުވައްޒަފު އަދާކޮށްފައިވާ މަޤާމްތަކުގައި ހޭދަވި މުއްދަތު އަދި ކޮށްފައިވާ މަސައްކަތް އެނގޭގޮތަށް ހުށަހެޅުން). 

ސުންގަޑި:

19 ފެބުރުވަރީ 2014 (ބުރާސްފަތި) ދުވަހުގެ 14:30 ގެ ނިޔަލަށް.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3349171/3349335 ނަންބަރ ފޯނާއެވެ. މި މަޤާމަށް އިންޓަވިއު ކުރެވޭނީ މަޤާމުގެ ޝަރުޠު ހަމަވާ، ތަޢުލީމީ ފެންވަރު އެންމެ މަތީ 10 ފަރާތަކާއެވެ. އަދި ޝޯޓްލިސްޓް ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް ފޯނުން ގުޅައި އެކަން އެންގޭނެއެވެ. އަދި އިޢުލާންގެ މުއްދަތު ހަމަވާތާ 3 ހަފުތާގެ ތެރޭގައި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އަދި ޕްރެކްޓިކަލްއާއި އިމްތިޙާން ކުރުން މި މިނިސްޓްރީގައި ބޭއްވޭނެއެވެ.

15 ރަބީޢުލްއާޚިރު 1436

 

04 ފެބުރުވަރީ 2015
ހޯދާ