މޭނާ ސްކޫލް ނ.ހޮޅުދޫ
ދިވެހިރާއްޖެ
ގެއެއް ކުއްޔަށް ހިފަން

2015 ވަނަ އަހަރު މި ސްކޫލުގެ ޕްރިންސިޕަލް ހުންނެވުމަށްޓަކައި 2 ކޮޓަރިއާއި ސިޓީންގރޫމާއި ކާކޮޓަރިއާއި ބަދިގެއެއް އެކުލެވޭގޮތަށްހުރި ގެއެއް މަހު ކުއްޔަށް ހިފަން ބޭނުންވެގެން ކުރި މި ސްކޫލުގެ ނަންބަރު 2015/06/GS47ފ(13 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާފައިނުވާތީ، އެއިޢުލާނު ބާޠިލުކޮށް، އަލުން އިޢުލާނު ކުރަމެވެ.

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 17 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:30 އަށް ސްކޫލް އޮފީހަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 10:30 އަށް މަހުކުލި އެނގޭގޮތަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހަޅުއްވާއިރު އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތުގެ ވަނަވަރު އެނގޭނެ ފަދަ ލިޔުމަކާއި ކުއްޔަށްދޭ ގޭގެ ޗާޓު ( ފްލޯޕްލޭން ) ހުށަހެޅުއްވުން އެދެމެވެ.

21 ރަބީޢުލްއާޚިރު 1436  

09 ފެބުރުވަރީ 2015
ހޯދާ