ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޑިރެކްޓަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި އިދާރާގެ، ތިރީގައިމިވާ  މަޤާމަށް މީހަކު ހޯދަން ބޭނުންވެއްޖެއެވެ.

މަޤާމް:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ 

ރޭންކް:

އެމް.އެސް 3

މުސާރަ:

މަހަކު -/7،035 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/2،000 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަސައްކަތްކުރަންޖެހޭ ތަނާއި ޔުނިޓް:

ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / އެޓޯލް ޑިވެލޮޕްމަންޓް ސަރވިސަސް ޕޮލިސީ، ޕްލޭނިންގ، ރިސަރޗް އެންޑް މޮނިޓަރިންގ

ތަޢުލީމާއި ތަޖުރިބާ:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް  6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އަތޮޅާއި ރަށްރަށުގެ ތަރައްޤީއާބެހޭ މަސްރޫޢުތައް ކަނޑައެޅުމާއި، މޮނިޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  2.  އިޤްތިޞާދި މަސައްކަތްތަކަށް އަތޮޅުގެ ފަޅުރަށްރަށް ދޫކުރުމާ ބެހޭގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.
  3. އަތޮޅާއި ރަށްރަށުގެ ތަރައްޤީއަށް އެއްކުރަންޖެހޭ މަޢުލޫމާތުތަކާއި ތަފާސްހިސާބު އެއްކޮށް، ތަފާސްހިސާބާބެހޭ ރިޕޯޓްތައް ހަދައި، އެ ރިޕޯޓުތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއި، އަތޮޅުކައުންސިލްގެ އިދާރާގެ ތަފާސްހިސާބު ބެލެހެއްޓުން.
  4. ރައްޔިތުންގެ ބައިވެރިވުމާއެކު ރަށްރަށުގެ ތަރައްޤީގެ ޕްލޭންތަކަށާއި މުޅި އަތޮޅުގެ ތަރައްޤީގެ މަޝްރޫޢުތައް ރޭވުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ހޯދައި، ކަމާބެހޭ ފަރާތްތަކަށް ދިނުން.
  5. އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެދަށުން އަތޮޅު ކައުންސިލަށް ލިބިދީފައިވަ ބާރާއި މަސްއޫލިއްޔަތު އަދާކުރުމަށްޓަކައި ކައުންސިލެއްގެ އިޚްތިޞާޞްގައި ހިމެނޭ ކަންތައްތައް ތަންފީޒުކުރުމަށް ބޭނުންވާ ޕްލޭންތައް ހެދުމާއި، ބަޖެޓު ތައްޔާރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތައް ރަށު ކައުންސިލްތަކުން ތަންފީޒުކުރުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބަލައި، އިދާރީ ދާއިރާގެ ފެންވަރުގައި އެކަށައަޅަންޖެހޭ ސިޔާސަތުތައް އެކަށައެޅުމާއި، އެ ސިޔާސަތުތައް ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމާއި، އެއާ ގުޅޭ ޤަވާޢިދު ހެދުން.
  6. އަތޮޅު ކައުންސިލުންދޭ ޚިދުމަތްތަކާއި، ކައުންސިލް މެދުވެރިވެގެން ދޭ ޚިދުމަތްތަކަށް އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ހެދޭ ޤަވާޢީދާ އެއްގޮތްވާ ގޮތުގެ މަތިން ކައުންސިލުން ފީ ކަނޑައެޅުމާބެހޭ ކަންތައްތައް ބެލެހެއްޓުން.
  7. ރަށު ކައުންސިލްތަކަށް ބޭނުންވާ ފަންނީ އެހީއާއި މާލީ އެހީ ފޯރުކޮށްދިނުމުގައި އެހީތެރިވުމާއި، ސެކްޝަނުން ކުރާ މަސައްކަތްތަކާ ގުޅޭގޮތުން ރަށު ކައުންސިލްތަކަށް ބޭނުންވާ ލަފާދިނުން.
  8. ފ. އަތޮޅުގައި ހިމެނޭ ރަށަރަށުގެ ތެރެއިން އެއަށްވުރެ ގިނަ ރަށްރަށަށް ދޭންޖެހޭ ޚިދުމަތާއި، އެކިއެކި ޤާނޫނުތަކުގެ ދަށުން އަތޮޅު ކައުންސިލާ ހަވާލުކޮށްފައިވާ މަސައްކަތްތައް ހިނގާނުހިނގާގޮތް ބެލެހެއްޓުން.
  9. ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭނުގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން، ޤައުމީ ތަރައްޤީގެ ޕްލޭނަށް އަމާޒުކޮށް ކުރިއަށްއޮތް 5 އަހަރު ދުވަހަށް ތައްޔާރުކުރާ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއަށް ފޮނުވުން.
  10. އަތޮޅު ތަރައްޤީގެ ޕްލޭންގެ މައްޗަށް ބަލައިގެން ތައްޔާރުކުރަންޖެހޭ މަސައްކަތު ތާވަލް ތައްޔާރުކޮށް، ޕްލޭނުގައި ހިމެނޭ ކަންކަން ހިނގަމުންދާގޮތް މޮނީޓަރކޮށް އިވެލުއޭޓްކޮށް ބެލެހެއްޓުން.
  11. ކޮންމެ އަހަރެއްގެ އޮގަސްޓުމަހުގެ ނިޔަލަށް ތަރައްޤީގެ ޕްލޭނަށް ބިނާކޮށް، ކުރިއަށްއޮތް އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓު ތައްޔާރުކުރުމުގައި ބަޖެޓު ސެކްޝަނަށް ލަފަޔާއި މަޝްވަރާ ދިނުން.
  12. ސަރުކާރުގެ މިނިސްޓްރީތަކާއި އެކިއެކި އޮފީސްތަކުން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތަކުގެ ތެރެއިން، އެ މިނިސްޓްރީތަކާއި އޮފީސްތަކުން އަތޮޅު ކައުންސިލް މެދުވެރިކޮށް ފ. އަތޮޅުގައި ދޭން ކަނޑައަޅާ، މި ޔުނިޓުގެ މަސައްކަތާ ގުޅޭ ޚިދުމަތްތައް ދިނުން.
  13. ޕީ.އެސް.އައި.ޕީގެ ދަށުން އަތޮޅުގެ އިދާރީ ދާއިރާގެ ތަރައްޤީއަށް ހުށަހަޅަންޖެހޭ ޕްރޮޖެކްޓްތައް ތައްޔާރުކޮށް ކަމާބެހޭ ފަރާތަށް ހުށަހެޅުން.
  14. އަތޮޅުގެ ތިމާވެއްޓާބެހޭ ކަންތައްތައް ބެލެހެއްޓުން.
  15. އަތޮޅުގެ ފަޅުފަޅުން ވެއްޔާއި ގަލާއި އަކިރި ދޫކުރުމުގެ ކަންތައްތައް ބެލެހެއްޓުން.
  16. އަތޮޅުގެ ރަށްރަށުގެ ވިހާ މަރުވާއާއި މީހުންގެ ރަޖިސްޓްރީއަށް އަންނަ އުނިއިތުރު ބެލެހެއްޓުން.
  17. އަތޮޅުގެ ރަށްރަށުގެ ބިން ބޭނުންކުރާނެގޮތުގެ ޕްލޭން ތައްޔާރުކޮށް، އަންނަ ބަދަލުތައް ބެލެހެއްޓުން.
  18. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީނު.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.
  4. ގިނަވަގުތު މަސައްކަތު އުޅެވޭ ފަރާތަކަށްވުން.
  5. އިންޓަވިއުއިން (ޕްރެކްޓިކަލްސްއާއެކު) އެންމެމަތީ މާކްސްހޯދާ ފަރާތް.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

'ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، 2015 ފެބުރުވަރީ 24 ވަނަ ދުވަހުގެ 14.00 ގެ ކުރިން، މި އިދާރާއަށް ހުށަހެޅުން.

އިންޓަވިއުއާއި، ޢަމަލީ މަސައްކަތް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2015 މާރިޗު 1 އާއި 3 އާ ދެމެދު ފ. އަތޮޅު ކައުންސިލްގެ އިދާރާގައެވެ.

އުޖޫރައާއި ޢިނާޔަތްތައް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސް ފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެދަށުން ލިބިދެވޭ ޕެންޝަން ފައިސާ.
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާއާއި، ރަމަޟާންމަހުގެ ޢިނާޔަތު ފައިސާއާއި ދަތުރު އެލަވަންސް.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި މި އިދާރާގެ ވެބްސައިޓު www.faaf.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)
  2. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ)
  4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރި މުއްދަތު އެނގޭނޭ، އެތަނުގެ ތައްގަނޑުޖެހި ރަސްމީ ލިޔުން.
  5. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައިހުރި މުވައްޒަފަކު    ފ. އަތޮޅު ކައުންސިލްގެ އިދާރާގެ ވަޒީފާއަށް ހޮވިއްޖެނަމަ، އެ ވަޒީފާއަށް ބަދަލުވުމާމެދު އިޢުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިއުން.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  7. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތަކުގެ ތާރީޚާއި ތަފްޞީލް އެނގޭނޭ ލިޔުން (ހުށަހަޅާ ފަރާތުގެ ސޮއިކޮށްފައިވާ)

އެހެނިހެން ކަންތައްތައް:

  • މި މަޤާމަށް ކުރިމަތިލާ މީހުންނަކީ، އުމުރުން 55 އަހަރުވެފައިވާ މީހުންކަމުގައި ވެގެންނުވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ހުށަހެޅުންތަކާއި، އެޓޭޗްކުރަންޖެހޭ ލިއުންތައް ހަމަނުކޮށް ހުށަހަޅާ ހަށަހެޅުންތަކާއި، ފުރިހަމަނުކޮށްހުށަހަޅާ ހުށަހެޅުންތައް ބަލައެއް ނުގަނެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި އޮފީހުގެ ނަންބަރު 6740017 ފޯނާއި، 6740018 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740019 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

20 ރަބީޢުލްއާޚިރާ 1436

10 ފެބުރުވަރީ 2015
ހޯދާ