މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކްރިއޭޓިވް އެޖެންސީއެއް ހޯދަން

އަންދާސީހިސާބު ބޭނުންވެއްޖެ

މިކޯފަރޭޝަނަށް ކްރިއޭޓިވް އެޖެންސީއެއް ހޯދަން ބޭނުންވެގެން ކުރެވުނު އިޢުލާން ނަންބަރު (IUL)MMPRC-HAS/1/2015/8) އާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ އެންމެ ދެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިކަމަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ފެބުރުވައަރީ 2015 ވާ އަންގާރަަ ދުވަހުގެ 14:30 ގެ ކުރިން ޝައުޤުވެރިކަން ފާޅުކޮށް ([email protected]) އީމެއިލް ކުރެއްވުން އެދެމެވެ. ފޮނުއްވާ އީމެއިލް މި ކޯޕަރޭޝަނަށް ލިބުނުކަން ޔަޤީން ކުރެއްވުމަކީ އެބޭފުޅެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި މިކޯޕަރޭޝަނުން ފޯރުކޮށްދޭ މަޢުލޫމާތު ޝީޓުގައިވާ ކަންކަން ފުރިހަމަކޮށް 23 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 އަށް މި ކޯޕަރޭޝަނަށް ވަޑައިގެން ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯދުމަށް މިކޯޕަރޭޝަންގެ 3323228 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ