ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީ ކައުންސިލަށް މެންބަރަކު ހޯދުން

އިޢުލާން

ޔުނިވަރސިޓީ ކައުންސިލަށް މެންބަރަކު ހޯދުން:

ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައިވާ ގޮތުން، ޔުނިވަރސިޓީ ކައުންސިލަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސްފަރާތެވެ. މި ކައުންސިލުގައި ހިމެނިވަޑައިގަންނަވާ މެންބަރަކު ވަކިވެވަޑައިގަތުމާ ގުޅިގެން، މެންބަރުކަމަށް އެދިވަޑައިގެން ކުރިމަތިލެއްވުން އެދި ދަޢުވަތު އަރުވަމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނުގެ 11 ވަނަ މާއްދާގައި، މެންބަރުންގެ ޝަރުޠުތައް ބަޔާންކުރެވިފައި ވެއެވެ.

މެންބަރަކު ޢައްޔަނުކުރުމުގައި، ރާއްޖޭގެ ސަލާމަތްތެރިކަމާއި ދިފާޢާބެހޭ އިން ތަޖުރިބާއާއި ތަޢުލީމު ލިބިވަޑައިގެންފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2015 ފެބުރުވަރީ 26 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހުގެ 3:00 ގެ ކުރިން، ޔުނިވަރސިޓީ ކައުންސިލުގެ މެންބަރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ސަބަބު ބަޔާންކުރައްވައި، ވަނަވަރާއެކު ސިޓީ ފޮނުއްވުން އެދެމެވެ. ޔުނިވަރސިޓީއާބެހޭ ޤާނޫނު، ޔުނިވަރސިޓީ ވެބްސައިޓުންނާއި (www.mnu.edu.mv) ދިވެހި ސަރުކާރުގެ ގެޒެޓުގެ 13 ވަނަ (17 ޖަނަވަރީ 2011 ގެ) އަދަދުން ފެނިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން، 3345125 ނަންބަރު ފޯނާ ގުޅުއްވުމުން، މަޢުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ.

19 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ