ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ލައިބްރޭރިއަން

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމު:

އެސިސްޓެންޓް ލައިބްރޭރިއަން

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 4,668.61 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,000.83 ރުފިޔާ

އޮފީސް:

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / ލައިބްރަރީ

 

 

ސްޕައިން ޕޮއިންޓް:

10

މަޤާމުގެ ޝަރުޠު:

 

 1. ކުރާ މަސައްކަތާ ބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަހު، ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 2. ތަޖުރިބާ ނެތަސް، ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު، މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެން ވާންވާނެއެވެ.

3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މި ފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު ހަމަވާކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ލައިބްރަރީއަށް ލިބޭ ފޮތާއި ނޫސް މަޖައްލާއާއި އެހެންވެސް ލައިބްރަރީއަށް ލިބޭ ނުވަތަ ހޯދޭތަކެތި ލިބުމުން،  ހަމަޖެހިފައި އޮންނަ ނިޒާމެއްގެ ދަށުން އެތަކެތި ޕްރޮސެސްކޮށް ބެލެހެއްޓުން.
  2. ލައިބްރަރީ ހުޅުވިފައި ހުންނަ ގަޑީގައި ލައިބްރަރީގެ ބޭނުންކުރާ ފަރާތްތަކަށް ލައިބްރަރީގެ ކަންތައްތައް އޮޅުންފިލުވައިދީ،  ލައިބްރަރީގައި މަރާމާތުކުރަންޖެހޭ ކަމެއް/ތަނެއްވާނަމަ ހަފުތާއަކު އެއްފަހަރު އެކަން އެންގުން.
  3. ކޮންމެ ދުވަހަކުވެސް ލައިބްރަރީ ބަންދުކުރުމުގެ 15 މިނެޓް ކުރިން އެދުވަހެއްގައި ބޭނުންކުރަން ނެގުނު ފޮތްތަކާއި މަޖައްލާފަދަ ތަކެތި ސޯޓިންގ ޓްރޮލީތަކަށްލުން.
  4. ފޮތްތަކާއި މަޖައްލާފަދަ ތަކެތި ބޭނުންވާ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުން ރިޒާވްކުރުމާއި، ދޫކުރުމާއި، އަނބުރާ ބަލައިގަތުމާއި، ލައިބްރަރީގެ އޮންލައިން ކެޓަލޮގް ބޭނުންކޮށްގެން ފޮތްފަދަތަކެތި ހޯދަން ދަސްކޮށްދިނުމުގައި އެހީތެރިވެދިނުން.
  5. ކޮންމެ ހަފުތާއެއް ނިމޭއިރު، އެ ހަފުތާއެއްގައި މުއްދަތު ހަމަވެ، އަނބުރާ ނުދައްކާ ހުންނަ ފޮތްތައް ގެންގޮސްފައިތިބި ފަރާތްތަކާމެދު ޢަމަލުކުރަން ހަމަޖެހިފައިވާ ޤަވާޢިދުގެމަތިން ޢަމަލުކުރުން.
  6. ހުރިހާ ވަގުތެއްގައިވެސް، ލައިބްރަރީގައި އަޑުމަޑުނުވާނަމަ އޮންނަ އުސޫލެއްގެމަތިން ފިޔަވަޅުއެޅުން.
  7. ޑިއުޓީ ޓޭބަލް ހަމަޖެހިފައިވާ ގޮތެއްގެ މަތިން ލައިބްރަރީގައި މަސައްކަތްކުރުން.
  8. ލައިބްރަރީ ތަރައްޤީކޮށް، ޕްރޮމޯޓްކުރުމުގައި ހުރިހާ މުވައްޒަފުންނާ ގުޅިގެން މަސައްކަތް ކުރުމާއި، އޮރިއެންޓޭޝަން ހަފުތާގައި ލައިބްރަރީ ބޭނުންކުރަން އަލަށް އަންނަ ފަރާތްތަކަށް ލައިބްރަރީން ދެވޭ ޚިދުމަތްތުގެ މަޢުލޫމާތު ދިނުން.
  9. އެ މުވައްޒަފަކު މަސައްކަތްކުރާ ލައިބްރަރީ ނޫން އެހެން ލައިބްރަރީތަކުގައި، ހަމަޖެހިފައިވާ އުޞޫލަކުން މަސައްކަތް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މި މަޤާމަށް ހޯވޭ ކެންޑިޑޭޓެއް ވަޒީފާ އަދާކުރަން ޖެހޭނީ 13:00 އިން 20:00 ށެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ފެބުރުވަރީ 19 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3345409 ނަމްބަރު ފޯނާއެވެ.

 22 ރަބީޢުލްއާޚިރު 1436

12 ފެބުރުވަރީ 2015
ހޯދާ