ތާޖުއްދީން ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:  މަސައްކަތު

ބޭނުންވާ އަދަދު: 2 (ދޭއް)

ކްލެފިކޭޝަނާއި ރޭންކް: އެސް.އެސް. 1 (ސަޕޯޓް ސަރވިސް)

ފެންވަރު ނުވަތަ ޝަރުޠު: 

 ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން.                            

މުސާރަ: މަހަކު -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1000 ރުފިޔާ

އިތުރުގަޑީގެ ފައިސާ:އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލެއްގެމަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން:  މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، ގިނަވަގުތު މަސައްކަތުގައި އުޅެވޭ، ހާޒިރީއާއި މަސައްކަތަށް ފަރުވާބަހައްޓާ ފަރާތްތަކަށެވެ.

ކުރަންޖެހޭ މަސައްކަތް:

- ސުކޫލުތެރެ ސާފުތާހިރުކޮށް ބެލެހެއްޓުން.

- ކުލާސްތައް ސާފުކުރުން.

- ދަރިވަރުންނާއި މުއައްޒަފުންގެ ފާޚާނާތައް ސާފުކޮށް ބެލެހެއްޓުން.    

- ހުށަހަޅަންޖެހޭ ތަކެތި: 

  • ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމު، ސްކޫލް ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ސްކޫލުގެ ވެބްސައިޓު  thaajuddeenschool.edu.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިއުންތަކުގެ ކޮޕީ (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރބަލައި ތައްގަނޑުޖަހާފައިވާ ލިއުމުގެ ކޮޕީ)
  • ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ތަޖުރިބާގެ ލިއުންތަކާއި، ލިބިފައިވާ ތަމްރީނުތަކުގެސެޓްފިކެޓްތަކުގެ ކޮޕީ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ވަޒީފާއަދާކުރަންޖެހޭތަން: ތާޖުއްދީން ސްކޫލް

ވަޒީފާއަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު: މި އިޢުލާނަށް ކުރިމަތިލާ ފަރާތްތަކުގެ އިންޓަވިއުއާއި ޕްރެކްޓިކަލް އޮންނާނީ، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެތެރޭގައި ތާޖުއްދީން ސްކޫލުގައެވެ.

ސުންގަޑި: މި މަޤާމަށް އެދޭ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، 2015 ފެބުރުވަރީ 17 ވަނަ ދުވަހުގެ މެންދުރުފަހު 2.30 ގެ ކުރިން،  ވަޒީފާއަށް އެދޭ ފޯމް، މަތީގައި ބަޔާންކޮށްފައިވާ ލިއުންތަކާއެކު، މި ސްކޫލުގެ އޮފީހަށް ހުށަހެޅުން  އެދެމެވެ.

އިތުރު މަޢުލޫމާތު: އިތުރު މައުލޫމާތު ސާފުކުރުމަށް 3317318 ނަންބަރު ފޯނާ ގުޅުން އެދެމެވެ.

18 ރަބީޢުލްއާޚިރު 1436

08 ފެބުރުވަރީ 2015
ހޯދާ