ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
އޮފިޝަލް ލޯގޯ ފަރުމާކުރުމުގެ މުބާރާތް

"ދިވެހި ޕްރިމިއަރ ލީގު" ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ އޮފިޝަލް ލޯގޯ ފަރުމާކުރުމުގެ މުބާރާތް

2015 ވަނަ އަހަރުން ފެށިގެން މިއެސޯސިއޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މިއެސޯސިއޭޝަންގެ "ދިވެހި ޕްރިމިއަރ ލީގު" ފުޓްބޯޅަ މުބާރާތުގައި ބޭނުންކުރާނެ އޮފިޝަލް ލޯގޯ ފަރުމާ ކުރުމުގެ މުބާރާތެއް މިއެސޯސިއޭޝަންގެ ފަރާތުން މުޅި ރާއްޖެއަށް ހުޅުވާލަމެވެ.

މިމުބާރާތުގައި ބައިވެރި ކުރެވޭ ލޯގޯ ފަރުމާ ކުރަންވާނީ ކޮރަލްޑްރޯ، އެޑޯބް ފޮޓޯޝޮޕް ފަދަ ކޮންމެވެސް ގްރެފިކް ޑިޒައިނިންގ ސޮފްޓްވެއަރއެއް ބޭނުންކޮށްގެންނެވެ. މިގޮތުން މިއެސޯސިއޭޝަނަށް ބޭނުންވާނީ ފަރުމާ ކުރެވިފައިވާ ލޯގޯގެ ސޮފްޓް ކޮޕީއެވެ. މިމުބާރާތުގައި ބައިވެރިވެ އެންމެ ރަނގަޅު ލޯގޯއެއް ފަރުމާކޮށްގެން 1 ވަނައަށްދާ ފަރާތަކަށް އިނާމެއްގެ ގޮތުގައި -/10،000ރ (ދިހަ ހާސް ރުފިޔާ) ދިނުމަށް ވަނީ ހަމަޖެހިފައެވެ. މިމުބާރާތަކީ ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

ވީމާ، "ދިވެހި ޕްރިމިއަރ ލީގު" ގެ އޮފިޝަލް ލޯގޯ ފަރުމާ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 11 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުގެ 14:00 އަށް މިއެސޯސިއޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން ފަރުމާކޮށްފައިވާ ލޯގޯ މިއެސޯސިއޭޝަނަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި "ލޯގޯ ފަރުމާ ކުރުމުގެ މުބާރާތް" ޖައްސަވަންވާނެއެވެ.

07 ފެބުރުވަރީ 2015
ހޯދާ