ނޭޝަނަލް ޑިޒާސްޓަރ މެނެޖްމަންޓް ސެންޓަރ
ދިވެހިރާއްޖެ
ޑިރެކްޓަރ

                           ވަޒީފާގެ ފުރުޞަތު

މަޤާމު

ޑިރެކްޓަރ

ރޭންކް/ކްލެސިފިކޭޝަން

ޑިރެކްޓަރ /EX 1

ސަރވިސް

އޮފިޝަލްސް އެންޑް އެޑްމިނިސްޓްރޭޓަރސް

ޑިޕާޓްމަންޓް / ސެކްޝަން

ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން

ބޭނުންވާ ޢަދަދު

1

މުސާރަ

-/8835 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސާއި އުޖޫރަ

ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ތަޢްލީމާއި ތަޖްރިބާ

އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތު

1- މިސެންޓަރުގެ ޑިރެކްޓަރުގެ ހައިސިއްޔަތުން ޑިޒާސްޓަރ ޕްރިޕެއާރޑްނަސް އެންޑް ރިސްކް ރިޑަކްޝަން ސެކްޝަންގެ ހިންގުމުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ޒިންމާދާރުވެރިޔާގެ ހައިސިއްޔަތުން މުވައްޒަފުންގެ ކަންކަން ބެލެހެއްޓުން.

2- ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި، ކާރިސާތަކަށް ތައްޔާރުވުމަށްޓަކައި މިސެންޓަރުން ހިންގާ އެންމެހައި ޕްރޮގްރާމްތައް ވެރިންގެ އިރުޝާދާ އެއްގޮތަށް ރާވައި ހިންގައި ބެލެހެއްޓުން.

3- މިދާއިރާގެ ޕްލޭންތަކާއި، އޮނިގަނޑުތަކާއި، ގައިޑްލައިންތައް ތައްޔާރުކުރުމާއި ކާރިސާއިން ލިބޭ ގެއްލުން ކުޑަކުރުމާއި ކާރިސާތަކަށް ތައްޔާރުވެ ތިބުމަށް އަޅާނެ ފިޔަވަޅުތައް އެކުލަވާލުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ތަން

17 ފެބުރުވަރީ 2015 ވާ ނއަންގާރަ ދުވަހު 14.30 ގެ ކުރިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ ، މާލެ / ރިހިޖެހިކޮށި.

އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިނިސްޓްރީގެ ކައުންޓަރުންނާއި ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން ލިބެންހުންނާނެ).

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަގޮތަށް ލިޔެފައިވާ ލިޔުންތައް ކިޔަންއެނގޭ ފަދަ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކޮށްފައިވާ ސެޓްފިކެޓްތަކުގެ ކޮޕީ).

5- ސިވިލް ސަރވިސް އަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން އަދި ޚިދުމަތުގައި ދެމިތިބި މުވައްޒަފުން ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

6- ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ، އެތަންތަނުގައި ވަޒީފާ އަދާކުރިގޮތުގެ ލިޔުންތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

- ލިބިފައިވާ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ

- މަސައްކަތު އަޚްލާޤު

- މަސައްކަތްކުރުމުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމާއި ސިފަތައް

- ކޮމިއުނިކޭޝަން ސްކިލްސް ނުވަތަ މައުލޫމާތު ލިޔުމުންނާއި އަނގަބަހުން އެހެންފަރާތްތަކަށް ފޯރުކޮށްދިނުމުގެ ހުނަރު.

އިންޓަވިއު ކުރުން

މިމަގާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއުއާއި، ޕްރެޒެންޓޭޝަން އަދި ޕްރެކްޓިކަލް އޮންނާނީ 22 ފެބުރުވަރީ 2015 އިން  26 ފެބުރުވަރީ 2015 އާ ދެމެދު މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ގައެވެ. އަދި އިންޓަވިއު އޮންނަ ތާރީޚުގެ 3 ދުވަސް ކުރިން އެމީހަކަށް އަންގާނަމެވެ.

ނޯޓް: މިވަޒީފާއަށް އެދިލައްވާފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢްލީމީ ފެންވަރަށާއި ތަޖްރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އަދި އިންޓަވިއު ކުރާނީ ޝޯޓް ލިސްޓް ކުރެވުނު 10 ފަރާތާއެވެ.

މަސައްކަތްކުރަންޖެހޭ ތަން

މި މަޤާމުތަކުގައި ވަޒީފާ އަދާކުރާމުވައްޒަފުން ޢާއްމުގޮތެއްގައި މަސައްކަތްކުރަންޖެހޭނީ މާލޭގައެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3333416 ނަންބަރު ފޯނާއެވެ.

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ