މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް އޮފިސަރ

އިޢުލާނު

ވަޒީފާގެ ފުރުޞަތު

މަޤާމު:

އެސިސްޓެންޓް އޮފިސަރ

ބޭނުންވާ އަދަދު:

01 (އެކެއް)

އަސާސީ މުސާރަ:

-/4,000

އެލަވަންސް:

ސާރވިމް އެލެވެން: -/1,500

ޕްރޮފެޝަނަލް އެލެވެންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/50

ފޯން އެލަވަންސް:  -/100

އިތުރު ގަޑި:

ރަސްމީ ގަޑި ފިޔަވައި އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވެންސް ދެވޭނެއެވެ.

ފެންވަރު ނުވަތަ ޝަރުޠު:

  1. މަޤާމުގެ މަސައްކަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ
  2. ޖީ.ސީ.އީ އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން
  3. ދިވެހި ބަހުންނައި އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތް ކުރަން އެނގުން.
  4. ވޭތުވެދިޔަ 5 އަހަރު ޖިނާއީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށައެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
  5. ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.

މަސްއޫލިއްޔަތު:

- ޙައްޖު ކޯޕަރޭޝަނަށް އަންފޯނު ކޯލުތަކަށް ޖަވާބުދާރީވުމާއި ކަސްޓަމަރުންނަށް ބޭނުންވާ މަޢުލޫމާތު ސާފުކޮށްދިނުން.

- ކޯޕަރޭޝަންގެ މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީވުމަށް އަންނަ ފަރާތްތަކުގެ ފޯމު ޗެކްކުރުމާއި ފޯމު ބަލައިގަނެ ސިސްޓަމަށް އެންޓަރ ކުރުން.

- ކޯޕަރޭޝަންގައި ރަޖިސްޓަރީވާ މެމްބަރުންގެ ލިޔެކިޔުންތައް ފައިލުކޮށް ބެލެހެއްޓުން.

- ކޯޕަރޭޝަނަށް އެކިއެކި ބޭނުންތަކުގައި އަންނަ ފަރާތްތަކަށް މަޢުލޫމާތު ދިނުމާއި ފޯމު ދޫކުރުން

- ކޯޕަރޭޝަނަށް އަންނަ އަދި ފޮނުވޭ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުމާއި އަންނަ ސިޓީތަކަށް މެނޭޖްމެންޓްގެ އިރުޝާދުގެ ދަށުން ޖަވާބު ތައްޔާރުކޮށް ސިޓީ ފޮނުވުން

- ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން

- ކޯޕަރޭޝަންގެ ސެކްޝަންތަކުން ކުރެވޭ މަސައްކަތްތަކުގެ ހަފުތާގެ ރިޕޯޓު ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްތައް ކުރުން.

- ޙައްޖު އަދި ޢުމްރާއާއި ގުޅިގެން ކުރަންޖެހޭ ކަންތައްތަށް ޙައްޖު އޮޕަރޭޝަންސް މެނޭޖަރގެ ލަފާގެ މަތިން ކުރިއަށް ގެންދިއުން.

މަސައްކަތު ވަގުތު:

- ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވާރި 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)

- ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް

ހުށައަޅަންޖެހޭ ލިޔުންތައް:

  • މަޤާމަށް އެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާއެކު)
  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
  • ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން

ސުން ގަޑި:

16 ފެބްރުވަރީ 2015 ވާ ހޯމަ ދުވަހު 15:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ.

ނޯޓް:

ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.

އިތުރު މަޢުލޫމާތު:

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކުގެ އަޞްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:

މެނޭޖިންގ ޑިރެކްޓަރ

މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް

މާލެ، ދިވެހިރާއްޖެ

03 ފެބުރުވަރީ 2015
ހޯދާ