މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
ސީނިއަރ ވެބްމާސްޓަރ

 ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ ވެބްމާސްޓަރ

މަޤާމުގެ ރޭންކް:

TP 3

ބޭނުންވާ އަދަދު:

2

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން  މާލެ، ދިވެހިރާއްޖެ.

ފެންވަރު ނުވަތަ ޝަރުޠު:

މަޤާމުގެ މަސައްކަތުގެ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއެއް އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާއި ގުޅޭދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ ގުޅޭދާއިރާއިން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

މިވަޒީފާގެ މައިގަނޑު މަސްއޫލިއްޔަތު ހިމެނިގެންވަނީ، މި ކޯޕަރޭޝަންގެ ވެބްސައިޓް ފަރުމާކޮށް ކޯޑްކުރުމާއި އަދި ވެބްސައިޓް ވެބްސާވާރތަކުގެ ސެކިއުރިޓީ ބެލެހެއްޓުމާއި ދުވަހުން ދުވަހަށް ވެބްސައިޓް އަޕްޑޭޓްކުރުން.

މަސައްކަތް ކުރަންޖެހޭ ސެކްޝަން

އައިޓީ ސެކްޝަން

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމް ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ:

- މަހަކު -/8150 ރުފިޔާ

ސަރވިސް އެލަވަންސް:

އިތުރުގަޑި:

- މަހަކު -/3000 ރުފިޔާ.

- އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއި އެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ އެންމެފަހުގެ ލިޔުންތައް.

- ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަނުވާ ފަރާތްކަތުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތް ތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 ފެބުރުވަރީ 15 ވާ އާދިއްތަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ / 3000284، 3000210 ނަންބަރު ފޯނާއެވެ.

14 ރަބީޢުލްއާޚިރު 1436

04 ފެބުރުވަރީ 2015
ހޯދާ