ހުވަދުއަތޮޅު ދެކުނުބުރީ ވާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަށި ކޯޓެއް އެޅުން

ގދ.ވާދޫގައި ބަށި ކޯޓެއް އެޅުން:

ގދ.ވާދޫގައި މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްއިން އެޅުމަށް ހަމަޖެހިފައިވާ ބަށިކޯޓު އަޅައިދޭނެ ފަރާތެއް ބޭނުންވެގެން ކުރި މިއިދާރާގެ ނަންބަރު:IUL/2015/05/ފ421 (12 ޖަނަވަރީ 2015) އިޢުލާނާ ގުޅިގެން އަންދާސީހިސާބު ހުށަހަޅާފައިވަނީ ދެފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލު ކޮށްފީމެވެ.

ވީމާ، މި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެވިދާނެ ފަރާތްތަކުން 15 ފެބުރުވަރީ 2015 އާދީއްތަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 22 ފެބުރުވަރީ 2015 އާދީއްތަ ދުވަހުގެ 14:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހިގެން ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދު ނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މިއިދާރާގެ ފޯންނަންބަރު 6840005 އާ ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.

04 ފެބުރުވަރީ 2015
ހޯދާ