ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
ފެންތާނގީތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކުރާ ބިމުގައިހުރި ފެންތާނގީތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެގެން މިކޯޓުންކުރި ނަންބަރު: D-12-C/2014/15 އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 15 ފެބުރުވަރީ 2015 ދުވަހުގެ 11:00 އަށް ނ.ކުޑަފަރީ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 19 ފެބުރުވަރީ 2015 ދުވަހުގެ 11:00އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއްނުގަނެވޭނެއެވެ.

19 ރަބީޢުލްއާޚިރު 1436

09 ފެބުރުވަރީ 2015
ހޯދާ