އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާކިޔަމެވެ. މި މަޤާމުތަކަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން:  އޮފިސަރ ގްރޭޑް 1

ރޭންކް:  GS3

މުސާރަ

މަހަކު -/4465 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1500 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ޕްރޮކިއުމެންޓް ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1. ޑިޕާޓްމަންޓްތަކަށް ބޭނުންވާ ތަކެތި  ހޯދުމަށް ރިކުއެސްޓް އައުމުން، މަދުވެގެން، ބާޒާރުގެ ތިންތަނަކުން ތަކެތީގެ އަގު ހޯދުން.

2. ބާޒާރުން އަގު ހޯދުމަށް ބޭނުންވާ އަގުބަލާ ފޯމް ތައްޔާރުކުރުމާއި، އެކަން ހިނގާގޮތް ބެލެހެއްޓުން.

3. ގަވައިދުން އަގު ހޯދާފައިވާ ފޯމުތަކުގައިވާ އަގު، ސިސްޓަމަށް އެންޓަރކުރުމަށްފަހު، ޕާރޗޭސް އޯޑަރު ހެދުމާއި، މުދާ ނެގުމުގެ މަސައްކަތް ކުރިއަށްގެންދިއުން.

4. ގަނެވޭ ތަކެތި ސްޓޯރާ ހަވާލުކުރެވެންދެން އެ މަސައްކަތުގައި އުޅޭ މުވައްޒަފަށް ބޭނުންވާނޭ ކަންތައްތައް ބެލުމާއި، އެކަން ބެލެހެއްޓުން.

ތަޢުލީމާއި ތަޖުރިބާ

 

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2.  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: SS2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)

ޑިޕާޓްމަންޓް /ސެކްޝަން

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް / ޕޮރްކިއުމެންޓް  ސެކްޝަން

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

1- ހޮސްޕިޓަލަށް ގެނެވޭ މުދާ ސްޓޯރަށް ދުވަހުން ދުވަހަށް ހަވާލުކުރުން.

2- އެކިއެކި ފިހާރަތަކުން (ބާޒާރުން) ނަގަންޖެހޭ މުދާ ދުވަހުން ދުވަހަށް ނަގައި، ސްޓޯރަށް ހަވާލުކުރުން.

3- ބާޒާރުން ނަގާ މުދަލާ ހަވާލުވުމުގެ ކުރިން، އެ މުދަލަކީ، ޕީ އޯ ގައިވާ ގޮތަށް ހުރި މުދާތޯ ރަނގަޅަށް ބަލައި ޗެކްކުރުމަށްފަހު، މުދަލާ ހަވާލުވުން.

4- ސެކްޝަނުން ދުވަހުން ދުވަހަށް ބަހަންޖެހޭ ތަކެތި  (ޕާރޗޭސް އޯޑަރ ފަދަ ތަކެތި) އެފަރާތްތަކަށް ރައްދުކުރުން.

5- މިނިސްޓްރީއާއި، ޑިޕާޓްމަންޓާއި، މިނޫންވެސް ސިޓީ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ހަވާލުކުރުން.

6- ހޮސްޕިޓަލުގެ އެތެރޭގެ ސެކްޝަންތަކަށް ފޮނުވަންޖެހޭ ލިޔުންފަދަ ތަކެތި ގެންގޮސްދިނުން.

ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް / ހާސިލުކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

 

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން (މިގޮތުން، މި މަސައްކަތްކުރުމުގެ ޖިސްމާނީ ޤާބިލުކަން ހުރިވަރު ބެލޭނެއެވެ.)

(މި ވަޒީފާއަށް އެދިފައިވާ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

މަޤާމު

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 2

ރޭންކް: އެސް.އެސް. 2

މުސާރަ

މަހަކު -/3470 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު -/1000 ރުފިޔާ

ރިސްކް އެލަވަންސް:

-/25 ރުފިޔާ (މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް)   

ޑިޕާޓްމަންޓް /ސެކްޝަން

ހިއުމަން ރިސޯސަސް ޑިޕާޓްމަންޓް

ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

- އެކިއެކި ފަރާތްތަކަށް ހޮސްޕިޓަލުން ފޮނުވަންޖެހޭ ސިޓީ ފަދަ ތަކެތި އެ ފަރާތްތަކަށް ރައްދުކޮށްދިނުމާއި،

ހޮސްޕިޓަލުގެ އެތެރޭގެ އެއް ސެކްޝަނުން އަނެއް ސެކްޝަނަށް ފޮނުވަންޖެހޭ ލިޔުން ފަދަ ތަކެތި ރައްދުކޮށްދިނުން. - ބިދޭސީ މުވައްޒަފުންގެ ވިސާގެ ކަންތައްތަކުގައި އިމިގްރޭޝަނަށް ދިއުން.

 ތަޢުލީމާއި ތަޖުރިބާ:

 

  1. މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް/ ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މި މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއުކޮށްގެން.

( މި ވަޒީފާއަށް އެދިފައިވާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، އިންޓަވިއުއަށް ކިޔާނީ، ތަޢުލީމާއި ތަމްރީނަށް ބަލައިގެން 10 ފަރާތެއް ޝޯޓް ލިސްޓު ކުރުމަށްފަހުގައެވެ.)

 

 

ހުށަހަޅަންޖެހޭ ލިޔުންތައްް

 

 

 

 

  1. އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ ފުރަތަމަ ފަންގިފިލާގައި ހުންނަ ރިސެޕްޝަން ކައުންޓަރުން ލިބެން ހުންނާނެއެެވެ.)
  2. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  3. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، ސްކޫލް ލީވިން ސެޓްފިކެޓުގެ ކޮޕީ.
  4. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމުތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.
  5. ލެވެލް ކަނޑައެޅިފައިވާ ސެޓްފިކެޓް ބޭނުންވާ މަޤާމުތަކަށް ހުށަހަޅާއިރު، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ހުށަހަޅަންވާނެވެ. ސެޓްފިކެޓް ލިބިފައިނުވާނަމަ، ކޯސް ނިމުނުކަމުގެ ލިޔުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ އެސެސްމަންޓް ރިޕޯޓް ހުށަހަޅަންވާނެއެވެ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ވަނަވަރުގައި، ގުޅޭނެ ފޯނު ނަންބަރު އޮންނަންވާނެއެވެ.)
  7. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  8. ސިވިލް ސަރވިސްއަށް ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  9. އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  10. މަސައްކަތުގެ ތަޖުރިބާގެ ލިޔުން (މި ލިޔުމުގައި، އަދާކޮށްފައިވާ މަޤާމުތަކާއި، އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެނގެން އޮންނަންވާނެއެވެ.

ނޯޓު: ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ ފޯމުތައް ބާޠިލުކުރެވޭނެއެވެ.

ޢިނާޔަތްތައް

ސިވިލް ސަރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ސުންގަޑި

2015 ފެބުރުވަރީ 16 ވާ ހޯމަ ދުވަހުގެ 15.00 ގެ ކުރިން އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް

(2015 ފެބުރުވަރީ 16 ވަނަ ދުވަހުގެ 15.00 ގެ ފަހުން ހުށަހަޅާ އެއްވެސް ލިޔުމެއް، ފޯމެއް ބަލައެއް ނުގަނެވޭނެއެވެ.)

އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން:

2015 ވަނަ އަހަރުގެ ފެބުރުވަރީމަހާއި މާރިޗުމަހުގެ ތެރޭގައި، އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލުގައި.

އިތުރު މަޢުލޫމާތު

- މަޢުލޫމާތު ސާފުކުރަން ގުޅާނެ ފޯނު ނަންބަރަކީ 3335234 އެވެ.

- ވަޒީފާއަށް އެދޭ ފޯމު، މި ހޮސްޕިޓަލުގެ އިދާރީ ކައުންޓަރުން ލިބެން ހުންނާނެއެވެ.

13 ރަބީއުލްއާޚިރު 1436
03 ފެބުރުވަރީ 2015
ހޯދާ