އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް: ޖީ.އެސް 3

ބޭނުންވާ އަދަދު

1 (އެކެއް)

މަޤާމު ނަންބަރު: 257636

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް: -/1500 ރުފިޔާ

އެލަވަންސްތަކާއި ޢިނާޔަތްތައް

އިތުރުގަޑިއާއި ބަންދު ދުވަހުގެފައިސާ، "ދިވެހި ސިވިލް ސަރވިސްގެ ޤަވާޢިދު" ގައި ކަނޑައެޅިފައިވާގޮތުގެމަތިން ދެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު

  1. އަވަށުގައި ސުލްޙަވެރި ވެށްޓެއް ޤާއިމުކުރުމަށާއި، އިޖުތިމާޢީ ރައްކާތެރިކަން ހޯދައިދިނުމަށް ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުން.
  2. އަވަށުގެ މިސްކިތްތަކުގެ ރަޖިސްޓްރީއާއި މިސްކިތުގެ އެހެން ހުރިހައި މަސައްކަތް ބެލެހެއްޓުމާއި، ދީނީގޮތުންނާއި ޤައުމީގޮތުން ފާހަގަކުރަންޖެހޭ ދުވަސްތަކާއި މުނާސަބާ ފާހަގަކުރުމުގެގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.
  3. ޒަކާތާ ގުޅިގެން ކުރަންޖެހޭ މަސައްކަތް އިންތިޒާމުކުރުމާއި، ޤަބުރުސްތާން ބެލެހެއްޓުމާއި، ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުމާއެކު، ޙުކްމް ތަންފީޒުކުރުމުގައި ޝަރުޢީ ކޯޓްތަކަށާއި ސަރުކާރުގެ ދާއިރާތަކަށް އެހީތެރިވުމުގެގޮތުން ކުރަންޖެހޭ އެންމެހައި އިދާރީ މަސައްކަތް ކުރުން.

މަޤާމުގެ ޝަރުޠުތައް

  1. އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑު ލިބިފައިވުން. 

ވަޒީފާ އަދާކުރަންޖެހޭ ތަން

މަރަދޫ އަވަށު އޮފީސް

(ޑިޕާޓްމަންޓް އޮފް ސޯޝަލް ސަރވިސް)

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް

1. ލިބިފައިވާ ތަޢުލީމާއި ތަމްރީން.

2. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

3. މަސައްކަތުގެ ހުނަރާއި ޤާބިލްކަން.

އިންޓަވިއު ބޭއްވޭނެ ތަނާއި ތާރީޚު

އިންޓަވިއުއަށް ހާޒިރުވުމުގެ 24 ގަޑި ކުރިން (ބަންދު ދުވަސްތައް ނުހިމަނައި) އިންޓަވިއު ބޭއްވޭނެ ތަނަކާއި ގަޑި، ލިއުމަކުން އެންގޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

 

 

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު، އައްޑޫ ސިޓީ ކައުންސިލްގެ އިދާރާއިންނާއި، އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ އަވަށު އޮފީސްތަކުން ލިބެން ހުންނާނެއެވެ.)
  2.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ސާފު ކޮޕީ.
  3. ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓް ކޮށްފައިވާ)

(ކޯސް ފުރިހަމަކުރުމަށްފަހު ކޯހުން ފާސްވެފައިވާކަމުގެ ލިޔުން ލިބިފައިވާ ފަރާތްތަކުން، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް ބަޔާންކޮށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާ "ކޮލިފިކޭޝަން އެސެސްމަންޓް ރިޕޯޓް" ހުށަހަޅަންވާނެ.)

  5. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތާއި މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް (މި އިދާރާގެ މުވައްޒަފުން މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި، އީމެއިލް އެޑްރެހާއެކު)

ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކުރުމާއި ޝޯޓް ލިސްޓް ކުރުން

ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ސްކްރީންކުރުމާއެކު، މަޤާމަށް އެދޭ ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ހިއުމަން ރިސޯސް މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް ކޮމިޓީގެ މަޝްވަރާއާއެކު، އެފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓް ކުރުމުގައި ބެލެވޭނެ ކަންތައްތަކަކީ:

1- ލިބިފައިވާ ތަޢުލީމާއި ތަމްރީން 2- ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ  3- މަސައްކަތުގެ ހުނަރާއި ޤާބިލްކަން

ސުންގަޑި

2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އައްޑޫސިޓީ ކައުންސިލް އިދާރާއަށް.

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ސާފުކުރުމަށް އައްޑޫސިޓީ ކައުންސިލްގެ އިދާރާގެ ނަންބަރު 6885003 ފޯނަށް ގުޅުން އެދެމެވެ.

11 ރަބީޢުލްއާޚިރު 1436

                                    

01 ފެބުރުވަރީ 2015
ހޯދާ