މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ލޭނު މަސްވެރިކަމުގެ ތަމްރީނު

ދިވެހި މަސްވެރިކަމުގެ ސިނާޢަތުގައި މަސްވެރިންގެ ހިއްސާ އިތުރުކޮށް، ރާއްޖޭގެ އިޤުތިޞާދީ ސަރަޙައްދުގެ މުއްސަދިކަމުން މަސްވެރިންނަށް އިތުރު ނަފާ ހޯދުމުގެ ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ސަރުކާރުން ކުރަމުންގެންދާ މަސައްކަތުގައި، ދިވެހި ރާއްޖެއަށް ބޮޑުކަންނެލީގެ ލޭނުމަސްވެރިކަން ތަޢާރަފްކޮށް، ޒުވާން މަސްވެރިންނަށް އިސްކަންދީގެން ލޭނު މަސްވެރިކަމުގެ ތަމްރީނު ޕްރޮގްރާމްތަކެއް މިއަހަރުވެސް ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.

މިޕްރޮގްރާމް ކުރިއަށްދާނީ ތިއަރީ ސެޝަންތަކަކާއި، ޢަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލެވިގެންނެވެ. ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނީ މިމިނިސްޓްރީން ލޭނު އެޅުމަށް ޚާއްޞަކޮށްގެން ތައްޔާރުކޮށްފައިވާ އުޅަނދުގައެވެ. މިތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ މަސްވެރިންނަށް ލޭނު މަސްވެރިކަމުގެ ޢަމަލީ ތަޖުރިބާ ފޯރުކޮށްދީ ރާއްޖޭގައި ލޯބޮޑު ކަންނެއްޔަށް އަމާޒުކޮށްގެން ކުރެވޭ ލޭނު މަސްވެރިކަމަށް ދިވެހި ޒުވާން މަސްވެރިންނަށް ފުރުޞަތު ހޯދައިދިނުމެވެ. އަދި ލޭނު އެޅުމަށް ބޭނުންކުރާ އާލާތްތަކަށާއި އަހުލުވެރިކޮށް ލޭނު މަސްވެރިކަމަށް އަހުލުވެރިކުރުވުމެވެ.

ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް ހަމަޖެހިފައިވާ އުސޫލުން އެލަވަންސް ލިބޭނެއެވެ.

މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ފަރާތެއް ކަމުގައިވުން.

ޝަރުޠު:

  • ތަމްރީނު ޕްރޮގްރާމްގައި ބައިވެރިވުމަށް އެދި ނަން ހުށަހަޅާ ފޮނުވާ ސިޓީ. މިސިޓީގައި، މިހާރު މަސައްކަތްކުރާ އުޅަނދެއްގެ ނަމާއި، ރަޖިސްޓަރީ ނަންބަރާއި، އުޅަނދުގެ ކެޕްޓަނާ ގުޅޭ ސީދާ ފޯނު ނަންބަރު އަދި ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ފަރާތާ ގުޅޭނޭ ސީދާ ފޯން ނަންބަރު ހިމަނަންވާނެއެވެ.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

ހުށަހަޅަންޖެހޭ ތަކެތި:

ސުންގަޑި: 01 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިންނެވެ. ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ހުށަހަޅާ ސިޓީ ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރަށެވެ.

ފެކްސް ކުރައްވާނަމަ ކުރައްވާނީ 3326558 ނަންބަރަށެވެ. ސިޓީ އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] ނުވަތަ [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339213 ފޯނާ ގުޅުއްވުން އެދެމެވެ.

05 ފެބުރުވަރީ 2015
ހޯދާ