ބޭންކް އޮފް މޯލްޑިވްސް ޕލކ.
ދިވެހިރާއްޖެ
ބޭނުންކޮށްފައިހުރި ބައެއް ތަކެތި އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ވިއްކާލުން

މި ބޭންކުގައި ހުރި ބައެއް ބައު ތަކެތި (ފަރުނީޗަރު ފަދަ ތަކެތި) ވިއްކާލުމަށް ނިންމާފައިވާތީ، މިތަކެތި ބައްލަވައިގަތުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ ހެނދުނު 10:00 އަށް މ.މިސުރުގަދަކޯޅިގޭ ގުދަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ތަކެތި ބައްލަވައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން 10 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް ސީޓްރެކްސް ބިލްޑިންގގެ 3 ވަނަ ފަންގިފިލާގައި ހުންނަ މިބޭންކުގެ މީޓިންރޫމަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ބެލުން އޮންނާނީ އަގު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަގުތައް ބެލުމަށްފަހު އެންމެމަތީ އަގު ހުށަހެޅި ފަރާތަކަށް ތަކެތި ވިއްކާލެވޭނެއެވެ.

13 ރަބީޢުލްއާޚިރު 1436

03 ފެބުރުވަރީ 2015
ހޯދާ