ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާކެޓިންގ މެނޭޖަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

 މާކެޓިންގ މެނޭޖަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު   12,687.50ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު  5,437.50ރުފިޔާ

އޮފީސް:

އިދާރީ މަރުކަޒު

ގްރޭޑް

7

ސްޕައިން ޕޮއިންޓް:

40

މަޤާމުގެ ޝަރުޠު:

 

  • މާކެޓިންގ/ކޮމިޔުނިކޭޝަން/ޕީއާރ/މީޑިއާގެ ދާއިރާއިން ފުރަތަމަ ޑިގްރީ (ލެވެލް 7/8) ހާސިލުކޮށްފައިވުމާއި، ޑިގްރީއަށްފަހު ދަސްކުރި ތިއަރީތަކާއި އުޞޫލުތައް ބޭނުންކުރަން އެނގުން ނުވަތަ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ހާސިލުކޮށްފައިވުން. ނުވަތަ؛
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން ދައްކުވައިދޭ ޕްރޮފެޝަނަލް ކޮލިފިކޭޝަނެއް ލިބިފައިވުމާއެކު، ގިނަ ދުވަސްވީ މުއްސަނދި ތަޖުރިބާތަކެއް ދާއިރާއިން ލިބިފައިވުން.
  • ހުރިހާ މީޑިއާއެއް މެދުވެރިކޮށް (ކުރީގެ، ޑިޖިޓަލް އަދި ސޯޝަލް މީޑިއާ) އިދާރީ މާޙައުލެއްގައި މަސައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

ޢާންމު މަސައްކަތްތައް:

  • މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް އެކުލަވާލައި، މެނޭޖްކޮށް، ރޭވުމާ އެއްގޮތަށް ބަޖެޓުގެ ތެރޭގައި ކަނޑައެޅިފައިވާ މުއްދަތުގައި ޕްރޮފެޝަނަލްކޮށް ޕްލޭން ތަންފީޒުކުރުން.
  • ޔުނިވަރސިޓީގެ މާކެޓިންގ ސްޓްރެޓަޖީއާ އެއްގޮތަށް ކުރިއަށްދޭތޯ ބެލުމާއި، މާކެޓް ރިސާރޗްކުރުމާއި، ރިޕޯޓާއި ބްރީފްތަކާއި އަޕްޑޭޓްތައް އެކުލަވަލައި، މަސައްކަތް ކުރިއަށްދާވަރު ހޯދައި ދެނެގަތުން.
  • މާކެޓިންގެ ހަރަކާތްތަކާ ގުޅޭ ސިޔާސަތުތައް ތަންފީޒުކުރުމާއި މުރާޖަޢާކުރުން.
  • މާކެޓިންގ ޓީމުގެ ވޯކްލޯޑް ބެލެހެއްޓުމާއި، މަސައްކަތްތައް ތަންފީޒުވާވަރު ބެލެހެއްޓުމާއި، މަސައްކަތް ހަވާލުކުރުމާއި، މަސައްކަތްތައްކުގެ ޕަރފޯމަންސް ބަލަހައްޓަމުންދިއުމާއި، ޔުނިވަރސިޓީގެ މާކެޓިންގެ ލަނޑުދަނޑިތައް ހާސިލުކުރެވޭފަ ހުނަރުވެރި ޤާބިލް ޓީމެއް އުފެއްދުމަށް އެހީތެރިވުން.
  • މާކެޓިންގއާ ބެހޭގޮތުން އެކުލަވާލާފައި ހުންނަ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް ތަންފީޒުކުން.
  • ޔުނިވަރސިޓީގެ މާކެޓިންގ ބަޖެޓު ބެލެހެއްޓުން.
  • ޔުނިވަރސިޓީއާ ދޭތެރޭ މީހުން ދެކޭގޮތް ރަނގަޅުކުރުމަށް، ޕީ.އާރު ފުުރުޞަތުތައް ހޯދުމަށް ޔުނިވަރސިޓީގެ އެތެރެއާއި ބޭރުގެ ފަރާތްތަކާ ނެޓްވާރކްކުރުން.
  • ޔުނިވަރސިޓީގެ މީޑިއާތަކުގައި ބޭނުންކުރާނޭ އިވެންޓްތަކާއި ތަންތަނާއި މީހުންގެ ފޮޓޯއާއި ކުރެހުމާއި ލިޔުމުގެ ލައިބްރަރީއެއް އެކުލަވާލައި ކެޓެލޮގްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ޕްރޮމޯޝަނާބެހޭ ޖަލްސާތަކާއި ކޮމިޓީތަކާއި ޓާސްކްފޯސްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
  • މީޑިއާއާއި ޕަބްލިކް ރިލޭޝަންސް
  • މީޑިއާއާއި ޕަބްލިކް ރިލޭޝަންސާބެހޭ ރޭވުންތައް، އެޑްމިނިސްޓްރޭޝަނާއި ސަޕޯޓް ސަވިސަސްގެ އިސް މަޤާމުތަކުގައި ތިއްބަވާ ބޭފުޅުންނާ ގުޅިގެން އެކުލަވާލައި ހިންގުން.
  • ޔުނިވަރސިޓީއާމެދު މީހުން ހޭލުންތެރިކުރުމާއި، ޔުނިވަރސިޓީއާމެދު މީހުންގެ ރުހުމާއި މަޤްބޫލުކަން، އިތުރުކޮށް ރާއްޖޭގެ އެންމެ ފުރަހާދަ ތަޢުލީމީ ތަނުގެގޮތުގައި އާންމުން ދެކޭ ތަނެއްގެގޮތުގައި ހެދުން.
  • މީޑީއާގެ އެކި ފަރާތްތަކާ ގާތް ގުޅުމެއް ޤާއިމްކުރުން.
  • މީޑިއާތައް މޮނިޓަރކޮށް، ކޮންމެ ތިންމަހުން، މީޑިއާ ޕްރެސެންސް ރިޕޯޓެއް އެކުލަވައިލުން.
  • މާކެޓިންގއާއި ކޮމިޔުނިކޭޝަންސް
  • ޔުނިވަރސިޓީގެ ބްރޭންޑިންގ ގައިޑްލައިންސްއާ އެއްގޮތްވާގޮތުގެމަތިން މަސައްކަތްކޮށް، ފެކަލްޓީ ސެންޓަރުތަކަށް އެކަށީގެންވާ ބްރޭންޑް އައިޑެންޓިޓީއެއް ހަދައި، އައިޑެންޓިޓީ އިތުރަށް ތަރައްޤީކުރުން.
  • ޔުނިވަރސިޓީގެ ރިސޯސްތަކުގެ ބޭނުންހިފައި، މީޑިއާ ކެންޕެއިންތަކަށް އެކަށޭނަ މެޓީރިއަލްސް ހެދުން.
  • ޔުނިވަރސިޓީގެ ކޯޕަރޭޓް އައިޑެންޓިޓީއާބެހޭ ހުރިހާ ކަމެއް ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ ފިކުރީ މުދަލާބެހޭ ކަންކަން، މާކެޓިންގއާއި ކޮމިޔުނިކޭޝަންސްގެ ދާއިރާގައި ރައްކާތެރިކުރުން.
  • މާކެޓް ރިސާރޗަށް ބޭނުންވާ ކަންކަން ހޯދައި، އެކަންކަން ދެނަގަނެ، ޔުނިވަރސިޓީގެ މާކެޓިންގ ޕްލޭންތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން.
  • ޔުނިވަރސިޓީގައި ލިބެންހުރި ވަސީލަތްތަކުގެ ބޭނުންހިފައިގެން ފެކަލްޓީ ސެންޓަރުތަކުގައި މާކެޓްކުރުމުގެ ހުނަރުވެރިކަން އިތުރުކުރުމާއި، އަލަށްފަށާ ކޯސްތަކާއި ޕްރޮގްރާމްތައް މާކެޓް ރިސާރޗަށް ބިނާކުރުން.
  • ޔުނިވަރސިޓީގެ މާރކެޓިންގ ޕޯރޓްފޯލިއޯ ތަރައްޤީކުރުމުގައްޔާއި މާކެޓިންގެ ޕްލޭނުތައް ހެދުމުގައި ފެކަލްޓީތަކާއި ސެންޓަރުތަކުގެ އިސްވެރިންގެ ލަފައާއި އިރުޝާދު ހޯދުން.
  • މާކެޓިންގ ކޮމިއުނިކޭޝަންތަކުގެ ފެންވަރު މަތިކުރުމަށްޓަކައި ދަރިވަރުންނާއި އެހެނިހެން ސްޓޭކް ހޯލްޑަރުންގެ ފަރާތުން ލިބޭ ތަފާސްހިސާބުތަކުގެ ބޭނުންހިފުން.
  •  ޔުނިވަރސިޓީގެ މާރކެޓިންގ އޮނިގަނޑުގެ ތެރެއިން މާކެޓިންގގެ ރިސޯސްތަކާއި، ހުނަރުވެރިކަމާއި ފަންނުވެރިކަމުގެ ފުުރިހަމަ ބޭނުންހިފުން.
  •  ދިރާސާކުރުމާއި ޢިލްމް ފޯރުކޮށްދިނުމުގައި ޔުނިވަރސިޓީގެ ޕޯޓްފޯލިއޯ ފުޅާކުރުމުގެގޮތުން މާރކެޓިންގގެ ފުރިހަމަ އެއްބާރުލުން ދިނުން.
  • ޔުނިވަރސިޓީގެ ވެބްސައިޓުގެ ރޭވުމާއި ރީތިކަން ބެލެހެއްޓުމާއި، އެ ވެބްސައިޓަކީ ބަލާލަން ފަސޭހަ، ބަލާފަރާތްތައް ހިތްހަމަޖެހޭ، ބޭނުންތެރި އެއްޗަކަށް ހެދުން.
  • ހުރިހާ މުވައްޒަފުންވެސް، ވެބްސައިޓާއި ޝާއިޢުކުރުމާބެހޭ ޕޮލިސީތަކަށް ޙުރުމަތްތެރިކޮށްހިތާކަން ކަށަވަރުކުރުން.
  • ޔުނިވަރސިޓީގެ އެހެން ފަރާތްތަކާ ގުޅިގެން، މާކެޓިންގ ކެމްޕެއިންތައް ތަންފީޒުކުރުމުގައި ސޯޝަލް މީޑިއާ މެނޭޖްކޮށް ބެލެހެއްޓުން.
  • ޔުނިވަރސިޓީއާމެދު ޕޮޒިޓިވް ޚިޔާލު ގެންގުޅޭ 10 ފަރާތެއްގެ އޭލިއަސްތަކެއް އުފައްދައި، ކޮންމެ ދުވަހަކު މި ފަރާތްތަކުން ސޯޝަލް މީޑިއާގައި ޝާއިޢުކުރުން.
  • ޔުނިވަރސިޓީގެ ފޭސްބުކް ޕޭޖާއި، ޓްވިޓަރ އެކައުންޓާއި، ޔޫޓިއުބް ޗެނަލް ބަލަހައްޓާ އަޕްޑޭޓްކުރާ އިސްފަރާތުގެގޮތުގައި ހަރަކާތްތެރިވުން.
  • ޔުނިވަރސިޓީ މާކެޓްކުރުމަށް ބޭނުންވާ މާރޗަންޑައިސް އުފައްދައި، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދިނުން.
  • ޝާއިޢުކުރުން ބެލެހެއްޓުން.
  • ޔުނިވަރސިޓީގެ މާކެޓިންގއާބެހޭ ތަކެތި ވަޒަންކޮށް، އުފެއްދުން މެނޭޖްކުރުން.
  • ޔުނިވަރސިޓީގެ ސްޓައިލްގައިޑާ އެއްގޮތަށް އެ ފެންވަރަށް މާކެޓިންގ ތަކެތި ތައްޔާރުކުރުން.
  • ޔުނިވަރސިޓީގެ ނިއުސްލެޓަރތަކާއި ސްޕެޝަލް އިވެންޓް ލިޔުންތައް އުފެއްދުން މެނޭޖްކޮށް، އެތަކެތި ބެހުން.
  • ޔުނިވަރސިޓީގެ ޢާންމު ލިޔުންތައް ފޮނުވޭ ފަރާތްތަކުގެ ޑޭޓާބޭސް އަޕްޑޭޓްކޮށް ބެލެހެއްޓުން.
  • ޚާއްޞަ އިވެންޓްތައް
  • މާކެޓިންގެ ޚާއްޞަ އިވެންޓްތައް ފިކުރުކޮށް، އުފައްދާ އިންތިޒާމްކުރުން.
  • ޔުނިވަރސިޓީގެ މާރކެޓިންގ ޑިޕާޓްމަންޓުގެ އެހެން ފަރާތްތަކާ ގުޅިގެން ސްޕޮންސަރޝިޕް ހޯދުމާއި، މިފަދަ އެއްބަސްވުންތައް ތަންފީޒުކުރުން.
  • ޔުނިވަރސިޓީ މާރކެޓްކުރުމުގެ މަޤްޞަދު ހިމެނޭ ޙަފްލާތަކާއި، ފެއަރތަކާއި، އޯޕަން ޑޭތަކާއި، މަޢުރަޟް ފަދަ ހަރަކާތްތަކުގައި ޢަމަލީގޮތުން ބައިވެރުން.
  • މި ވަޒީފާ ބަޔާނުގެ މަޤްޞަދަކީ، ވަޒީފާގައި ކުރަންޖެހޭ ކަންތައްތައް ވަކި ޙުދޫދެއްގެ ތެރޭގައި ހިމެނުމެއް ނޫނެވެ. މިއާ ޚިލާފަށް ވަޒީފާގެ މަސްއޫލިއްޔަތުގެ ޚުލާޞާއެއް ބަޔާންކުރުމެވެ. ބައެއްފަހަރު، މެނެޖްމަންޓުން އަންގާ ގޮތެއްގެ މަތިން އެހެން ދާއިރާއެއްގައި އެހެން ކަންކަން ކުރަން ޖެހިދާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:  

އިތުރުގަޑީގައި މަސައްކަތްކުރާނަމަ،  ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

 

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓްކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

 2015 ފެބުރުވަރީ 12 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

އިތުރު މަޢުލޫމާތު:

 

 

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މި މުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާ ނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
15 ރަބީޢުލްއާޚިރު 1436
05 ފެބުރުވަރީ 2015
ހޯދާ