ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
އެއަރ ޕޮލިއުޝަން މޮނިޓަރިންގ ޕްރޮޖެކްޓަކަށް ތަކެތި ސަޕްލައި ކޮށްދެއްވުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތަށް އިޞްލާޙު

މިއީ މި ޔުނިވަރސިޓީން 29 ޖެނުވަރީ 2015 ގައި ކޮށްފައިވާ އިޢުލާން (MNU-CA-PRC/2015/46) އަށް އިޞްލާޙެއް ގެނެސް އެކަން އެންގުމަށް ކުރާ އިޢުލާނެކެވެ. މިގޮތުން ގެނެވިފައިވާ 2 އިޞްލާޙު ތިރީގައި ފާހަގަކޮށްފައިވަނީއެވެ.

  1. ޕްރޮޕޯޒަލް ހުށަހެޅުމުގެ ގަޑި 26 ފެބުރުވަރީ 2015 ގެ 14:00 އަށް ބަދަލުކުރުން
  2. ޕްރޮޕޯޒަލްތައް ހުޅުވުމަށް  26 ފެބުރުވަރީ 2015 ގެ 14:00 ކަނޑައެޅުން

މި ޔުނިވަރސިޓީގެ ޕޯސްޓްގްރެޖުއޭޓް ރިސާރޗް ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ އެއަރ ޕޮލިއުޝަން މޮނިޓަރިންގ ޕްރޮޖެކްޓަކަށް ތަކެތި ސަޕްލައި ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުއްވުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި ޕްރޮޖެކްޓް ހިންގުމަށް ހަމަޖެހިފައިވަނީ ހަނިމާދޫގައި ހުންނަ މޯލްޑިވްސް ކްލައިމެޓް އޮބްސަރވޭޓަރީއާ ގުޅިގެންނެވެ. އަދި މި ޕްރޮޖެކްޓަކީ މި ޔުނިވަރސިޓީގެ ރިސާރޗް ގްރާންޓްގެ ދަށުން ފަންޑްކުރަން ހަމަޖެހިފައިވާ ޕްރޮޖެކްޓެކެވެ.

ގަންނަން ބޭނުންވާ ތަކެތީގެ މަޢުލޫމާތު

  • 2 ހައި ވޮލިއުމް އެއަރ ސާމްޕްލަރސް
  • 2 އޮޓޮމެޓިކް ވެދަރ ސްޓޭޝަންސް
  • 1 ޑެސިކޭޓަރ
  • 1 އެނެލިޓިކަލް ބެލެންސް

މި ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް ޖަދުވަލު 1 ގައި ބަޔާން ކުރެވިފައި ވާނެއެވެ. "ޕްރޮޕޮނެންޓް ސްޕެސިފިކޭޝަންސް" ކޮލަމް ފުރިހަމަ ކުރެއްވުމަށްފަހު ބީލަމާ އެކީ ހުށަހަޅުއްވަންވާނެއެވެ.

ޕްރޮޕޯޒަލް ހުށަހެޅުމާއި އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ޕްރޮޕޯޒަލާއެކު ހުށަހަޅަންވީ ތަކެތި:

  1. މިތަކެތި ސަޕްލައި ކޮށްދެވޭނޭ އަގު، ޑިސްކައުންޓް، ވޮރަންޓީ އަދި ކޮމަރޝަލް އިންސެންޓިވްސް ފަދަ ތަކެތި
  2. ޖަދުވަލު 1 (ޕްރޮޕޮނެންޓްސް ސްޕެސިފިކޭޝަންސް ބައި ފުރިހަމަ ކުރެއްވުމަށްފަހު)
  3. ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް އެނގޭފަދަ ލިޔުންތައް (ބްރޯޝަރ، ވެބްސައިޓުން މަޢުލޫމާތު ފަދަ ތަކެތި)
  4. ކުންފުނީގެ މަޢުލޫމާތު އަދި ލިބިފައިވާ ތަޖުރިބާ
އަންދާސީހިސާބު ހާޑް ކޮޕީގެ ގޮތުގައި ނުވަތަ ޕީ.ޑީ.އެފް. ފޯމެޓްކޮށް އީމެއިލްކުރެއްވޭނެއެވެ. އަންދާސީހިސާބު ހުށަހަޅުއްވާނީ ތިރީގައި މިދަންނަވާ އެޑްރެހަށް 26 ފެބުރުވަރީ 2015 ގެ 14:00ގެ ކުރިންނެވެ.

ޕޯސްޓްގްރެޖުއޭޓް ރިސަރޗް ސެންޓަރު
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
އިދާރީ މަރުކަޒު
ރަށްދެބައި ހިނގުން
މާލެ، ދިވެހިރާއްޖެ
އީމެއިލް: [email protected]   

ޕްރޮޕޯޒަލްތައް ހުޅުވުން އޮންނާނީ 26 ފެބުރުވަރީ 2015 ގެ 14:00 ގައެވެ. އަދި 19 ފެބުރުވަރީ 2015 ގެ ކުރިން އީމެއިލް މެދުވެރިކޮށް މަޢުލޫމާތު ސާފުކުރުމަށް ފުރުޞަތު ދެވޭނެއެވެ.

ޕްރޮޕޯޒަލްތައް އިވެލުއޭޓް ކުރެވޭގޮތުގެ ތަފުސީލު:

ތަފުސީލު

ބަރުދަން

ހުށަހަޅާ އަގު

30%

ޓެކްނިކަލް ރިކުއަރމެންޓް

45%

ތަކެތި ސަޕްލައި ކޮށްދެވޭނޭ މުއްދަތު

20%

ކުންފުނީގެ މަޢުލޫމާތު އަދި ތަޖުރިބާ

5%

ތާރީޚުތަކުގެ ތަފުސީލު:

ތާރީޚު

ތަފުސީލު

29 ޖަނަވަރީ 2015

ބީލަން ހުށަހެޅުމަށް އެދި އިޢުލާނު ކުރުން

19 ފެބުރުވަރީ 2015 ގެކުރިން

މަޢުލޫމާތު ސާފު ކުރުމަށް ހުޅުވާލެވޭ މުއްދަތު

26 ފެބުރުވަރީ 2015

ބީލަން ހުށަހެޅުން

ބީލަން ހުށަހަޅާތާ 3ހަފްތާގެ ތެރޭގައި

އިވެލުއޭޓް ކުރުން

19 މާރިޗު 2015

ކުންފުނިތަކަށް އެންގުން

 
ޖަދުވަލު 1: ތަކެތީގެ ޓެކްނިކަލް ސްޕެސިފިކޭޝަންސް

ތިރީގައިވާ ތާވަލުގައިވާ 'ޕްރޮޕޮނެންޓް ސްޕެސިފިކޭޝަންސް" ބައި ފުރިހަމަ ކުރެއްވުމަށްފަހު ޕްރޮޕޯޒަލާއެކު ހުށަހެޅުއްވުން އެދެމެވެ.

Amount

Equipment

Required Technical Specification

Proponent’s Specification

2

High-Volume Air Sampler

-    Mass flow control or volumetric flow control system options

-    Inlet should be available for PM-2.5, PM-10, or TSP particulate measurements

-    High speed motor for continuous sampling (at least for 24 hours or 48 hours)

-    Preferred: All-weather, outdoor shelter constructed of anodized aluminium

-    Filter materials: high-purity glass fiber, pure quartz or cellulose or whatman

 

1

Desiccator

-    Vacuum glass desiccator

-    Stopcock With PTFE Spindle, And Porcelain Plate

-    Material: silica gel 3-5 kg

 

1

Analytical Balance

-    Weighing capacity 520g

-    Readability 0.01 mg

-    Digital scale

 

2

Automatic Weather Station

-    Sensor parameters: barometric pressure, humidity, precipitation, temperature, and wind speed and direction

-    Data interface: SDI-12, RS-232, RS-485, RS-422, USB connection

-    Data Logger: Sensor compatible data logger which support up to 12 digital channels, GPRS support, SDI 12 interface, RS 232, RS 485

-    Enclosure materials: acid-proof steel (AISI316), painted white

-    Enclosure size: 600 (H) x 500 (W) x 200 (D) mm

-    Mast: Tiltable 2/3/10 m pole mast, 10 m mast with sensors 150 … 200 kg

-    Powering: 12 … 24 VDC recommended (30 VDC max)

-    Solar panel: 30W/2 x 30 W

-    Internal battery: up to 52 Ah/12 V

-    Battery regulator: charge/recharge control, temperature compensation, deep discharge protection

 

29 ޖަނަވަރީ 2015
ހޯދާ