ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަކެތި ނީލަން ކިޔުން

މިކޯޓު ތިރީގައިވާ ތަކެތި ނީލަން ކިޔުން 08 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުގެ 11:00 ގައި، މިކޯޓުގެ ގޯތިތެރޭގައި އޮންނާނެއެވެ. މި ނީލަމުގައި ބައިވެރިވެ ނީލަން ކާމިޔާބުކުރާ ފަރާތުން ތަކެތި ގެންދިއުމަކީ އެފަރާތުގެ ކަމެކެވެ. އަދި ފައިސާ ދެއްކުމަށްފަހު 07 ދުވަހުގެ ތެރޭގައި ތަކެތި ގެންދަންވާނެއެވެ. މިމުއްދަތުގެ ތެރޭގައި ތަކެތި ނުގެންގޮސްފިނަމަ ދެން ތަކެތި ގެންދެވޭނީ މިކޯޓުގެ ހުއްދަ ލިޔުމަކުން ލިބިގެންނެވެ.

ނީލަން ކިޔަން ހަމަޖެހިފައިވާ ތަކެތި

  • 01 ޓީވީ (ހިޓާޗީ 21 އިންޗި)
  • 02 ބައިސްކަލް

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

01 ފެބުރުވަރީ 2015
ހޯދާ