މާވަށު ސްކޫލް
ދިވެހިރާއްޖެ
ސްޕޯޓް ސްޕަވައިޒަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

1

ބޭނުންވާ އަދަދު

188-0D/22/2015/8

މަޤާމުގެ ނަންބަރު:

ސްޕޯޓް ސްޕަވައިޒަރ

މަޤާމު:

ލ. މާވަށް

ވަޒީފާ އަދާކުރަންޖެހޭ ރަށް

މާވަށު ސްކޫލް

އޮފީސް:

ސަރވިސް

އެލަވަންސް

މަޤާމުގެ

އަސާސީ

މުސާރަ

ޝަރުޠު

ކްލެސިފިކޭޝަން

ރޭންކް

މަޤާމް

1500 ރުފިޔާ

4465 ރުފިޔާ

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން 'ސީ' ގްރޭޑް ލިބިފައިވުން. 

އޮފިސަރ ގްރޭޑް 1

ޖީ.އެސް 3

ސްޕޯޓްސް ސުޕަވައިޒަރ

1- ސްކޫލުގެ ސެސަނަށް ހާޒިރުވެ، މުވައްޒަފުންގެ ހާޒިރީގައި ސޮއިކޮށް، ސޮއިކުރި ގަޑި ޖެހުން.

2- ކުޅިވަރުގެ ކަންތައްތަކަށް ތައްޔާރުވުމަށް ކުރަންޖެހޭ އެންމެހައި ކަންތައްތައް ކުރުމާއި، ކުޅިވަރުގެ ހަރަކާތްތަކަށް ކުދިން ތައްޔާރުކުރުން.

3- ކުޅިވަރުގެ ކަންކަމަށް އަންނަ ކުދިންގެ ހާޒިރީ ބެލުމާއި، ކުދިންނާބެހޭ އެންމެހައި ރެކޯޑްތައް ތައްޔާރުކޮށް، އެ ރިކޯޑުތައް ބެލެހެއްޓުން.

4- ސްޕޯޓްސް އިންސްޓްރޫމެންޓުގެ އިންވެންޓްރީ ގަވައިދުން ލިޔެ ބެލެހެއްޓުން.

5- އެކިއެކި މުބާރާތްތަކަށް ކުދިން ތައްޔާރުކުރުމާއި، ކުދިންނަށް ފޯރުކޮށްދޭންޖެހޭ އެންމެހައި ފެސިލިޓީޒްތައް ކުދިންނަށް ދަތިނުވާގޮތަށް ފޯރުކޮށްދިނުން.

6- ކުޅިވަރުކުޅެން ބޭނުންކުރާ ތަކެތި އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، އެފަދަ ތަކެތި ހަލާކުވުންފަދަ ކަމެއް ވެއްޖެނަމަ އެޑްމިންއަށް އެކަން އަންގައި، އެތަކެތި ހޯދުން.

7- ހުރިހާ އިންސްޓްރޫމެންޓުސް ސާފުކޮށް ބެލެހެއްޓުން.

8- ޓައިމްޓޭބަލާ އެއްގޮތަށް ތިޔަރީ ކުލާސްތައް ކުރިޔަށް ގެންދިޔުން.

9- ޕީއީއަށް ބޭނުންކުރެވޭ ތަކެތި ރަނގަޅަށް އެނގިފައިވުމާއި، ތަކެތި ގެންގުޅޭނެގޮތާމެދު ޓީޗަރުންނަށް މައުލޫމާތާއި ލަފާދިނުން.

10- ޕީއީ ގަޑިތަކުގައި ބޭނުންކުރާ ތަކެތި ފަސޭހަކަމާއެކު ބޭނުންކުރަން ލިބޭނެގޮތަށް ތަކެތި އިންތިޒާމް ކޮށްފައި ބެހެއްޓުން.

11- އެކިއެކި މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި ކަމާގުޅޭ ފަރާތްތަކާ ވާހަކަދައްކައިގެން މުބާރާތްތަކަށް ދަތިނުވާނެހެން މުބާރާތްތަކަށް ކުދިން ތައްޔާރުކުރުވުމާއި، ބައިވެރިކުރާ ޓީމު ނެގުމުގައި އެހީތެރިވެދިނުން.

12- އެކިއެކި މުބާރާތްތަކަކަށް ޓްރޭނިންގ ދިނުމުގައި އެކަންތައްތައް ރާވައި،  މެނޭޖްމެންޓާ ވާހަކަދައްކައިގެން ކޯޗުންގެ ކަންތައްތައް ހަމަޖައްސައި، ކޯޗިންނާބެހޭ ރެކޯޑްތައް ބެލެހެއްޓުން.

13- ކޮންމެ ޓާމެއް ނިމުމާއެކު، އެ ޓާމުގައި ހިންގުނު ކުޅިވަރުގެ ހަރަކާތްތަކާއި ޕީއީ ހަރަކާތްތަކުގެ ރިޕޯޓް ތައްޔާރުކޮށްފައި،  ޕްރިންސިޕަލަށް އެ ރިޕޯޓް ހުށަހެޅުން.

14- ޕީއީއާއި ސްޕޯޓްސް ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިކަމާއި އެއްބާރުލުންދިނުން.

15- މުދައްރިސުން ހަމަނުވާ ޙާލަތްތަކުގައި ޕީއީ ގަޑިތައް ނެގުން.

16- ދިވެހި ސަރުކާރުގެ ގަވާއިދުތަކާއި، ދިވެހި ސިވިލް ސަރވިސް ގަވާއިދުތަކާއި، މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ގައާއިދުތަކާއި، ސްކޫލުގެ ގަވާއިދުތަކަށް ޙުރުމަތްތެރިކޮށް ހިތުން.

17- ސިވިލް ސަރވިސްގެ ކޯޑް އޮފް ކޮންޑަކްޓަށް އިޙުތިރާމްކުރުމާއެކު، އެއާ އެއްގޮތަށް ޢަމަލުކުރުން.

18. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް، ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފަރުވާތެރިކަމާއެކު ބަރާބަރަށް ޢަމަލުކުރުން.

މަޤާމުގެ

މަސްއޫލިއްޔަތު:

 ހަމަޖެހިފައިވާ އުޞޫލުގެ މަތިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މުސާރައިގެ އިތުރަށް

ދެވޭ އުޖޫރަތައް:

- ތަޢުލީމާއި ތަމްރީން.

- މަސައްކަތު ތަޖުރިބާ.

- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

1. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (ވަޒީފާއަށް އެދޭ ފޯމު، މި ސްކޫލުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑުވެސް ކުރެވޭނެއެވެ.)

2. އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.

3. ސަރުކާރަށް ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފަކު  މި ވަޒީފާއަށް ހޮވިއްޖެނަމަ، ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

4. ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުން.

5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯ ކޮޕީ.

6. ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމާއެކު އެޓޭޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ ނަމޫނާގައިވާ މަޢުލޫމާތު ހިމަނައިގެން ތައްޔާރުކޮށްފައިވާ ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީވީ)

7. ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރާ މުވައްޒަފުން، އެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި، ހާޒިރީއާއި، މަސައްކަތުގެ އަޚުލާޤު ހުރިގޮތް ބަޔާންކޮށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ "މުވައްޒަފު މަސައްކަތުގެ ފެންވަރުބެލުމުގެ ނަތީޖާއާއި ހާޒިރީއާއި، މަސައްކަތުގެ އުޅުމާއި އަޚުލާޤު ހުރިގޮތް ބަޔާންކުރާ ފޯމު" ( ސިވިލް ސަރވިސްގައި ވަޒީފާ އަދާކުރަމުންދާ މުވައްޒަފަކުވެސް މި ފޯމް ހުށަނާޅައިފިނަމަ، ފޯމުގައިވާ ބައިތަކަށް ދޭންޖެހޭ ޕޮއިންޓެއް ނުދެވޭނެއެވެ.)

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަހަޅާނީ މާވަށު ސްކޫލަށެވެ.

ހުށަހަޅަންވީ ގޮތް:

2015 ފެބުރުވަރީ 8 ވާ އާދީއްތަދުވަހުގެ 15:00 ގެ ކުރިން.

ސުންގަޑި:

- އިންޓަރވިޔު އޮންނާނީ، 2015 ފެބުރުވަރީ 9 އާއި 12 އާ ދެމެދުގެ ތާރީޚެއްގައި މާވަށު ސްކޫލުގައެވެ.

އިންޓަވިއު:

- މި އިޢުލާނާ ގުޅިގެން މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތަކާ އިންޓަރވިއުކުރުމަށްފަހު އެންމެމަތީ މާކްސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މި ވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. 

މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800010 ނަންބަރު ފޯނާއެވެ.

އިތުރު މަޢުލޫމާތު:

7 ރަބީޢުލްއާޚިރު 1436

28 ޖަނަވަރީ 2015
ހޯދާ