ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯސްތަކެއް ފެށުމަށް

މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމަކަށް، މިނިސްޓްރީ އޮފް އެޑިޔުކޭޝަންގައި މުދައްރިސުންގެ ގޮތުގައި ވަޒީފާ އަދާކުރައްވާ ބޭފުޅުންގެ ތެރެއިން ކިޔަވައިދިނުމުގެ ރޮނގުން އެޑްވާންސްޑް ސެޓުފިކެޓު ހާސިލު ކޮށްފައިވާ ބޭފުޅުންނަށް އަމާޒުކޮށްގެން ތިރީގައިވާ ކޯސްތައް ފެށުމަށް ޔުނިވަރސިޓީން ވަނީ ގަސްދުކޮށްފައެވެ. މިކޯސްތައް، ކަނޑައެޅިފައިވާ އަގުގައި ހިންގޭނީ 2015 ވަނަ އަހަރުގެ ފުރަތަމަ ޓާމުގައި އެކަންޏެވެ.

މި ކޯސްތަކަށް ދަރިވަރުން ހޮވުމުގައި އިސްކަންދެވޭނީ ފޯމު ހުށަހަޅާ ތަރުތީބަށެވެ. ކޯސްތަކަށް ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 5 ފެބުރުވަރީ 2015 އެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މި ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)     

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ތ.ވިލުފުށި އައުޓްރީޗް ސެންޓަރ – ބްލޮކް މޯޑް (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ށ. އުމުރުން 20 އަހަރުވުމާއި، ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

 

2- ކޯހުގެ ނަން: ޑިޕްލޮމާ އިން ޓީޗިންގ ޕްރައިމަރީ (ދިވެހި، އިސްލާމް، ޤުރުއާން)

މުއްދަތު: 1 އަހަރު (2 ސެމެސްޓަރ)

ކޯސްފީ: -/4770

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެގޮތް: ތ.ވިލުފުށި އައުޓްރީޗް ސެންޓަރ – ބްލޮކް މޯޑް (30 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ކިޔަވައިދިނުމުގެ ރޮނގުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލްގެ 4 ގެ ސަނަދެއް އޮތުމާއެކު، ސަނަދު ލިބުމަށްފަހު 1 އަހަރު ދުވަހު ސްކޫލެއްގައި ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

ށ. އުމުރުން 20 އަހަރުވުމާއި، ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން. އަދި 5 އަހަރު ދުވަހު ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ އެއާ އެއް ފެންވަރެއްގެ ފާހެއް އޮތުން.

ނޯޓް: ކިޔަވައިދިނުމުގެ ތަޖުރިބާ ހުރިކަން ސާބިތުވާ ލިޔުމެއް ފޯމާއެކު ހުށަހަޅަންވާނެއެވެ.

8 ރަބީޢުލްއާޚިރު 1436

29 ޖަނަވަރީ 2015
ހޯދާ