މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

 އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:

7,035.00

ސަރވިސް އެލަވަންސް

2,000.00

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛

2- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  1. ކުރެހުން ޗެކްކުރުން.
  2. ރަޖިސްޓަރީ ޗެކްކުރުން.
  3. ގޯތިގެދޮރުގެ ދަފުތަރު ބެލެހެއްޓުން.
  4. މާލޭ ސިޓީގެ އެޑްރެސް ފޮތް ބެލެހެއްޓުން.
  5. މުވައްޒަފުންނާ މަސައްކަތް ހަވާލުކުރުމާއި، މަސައްކަތް ހިނގާނުހިނގާ ގޮތް ބެލެހެއްޓުން.
  6. ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ މަސައްކަތްތައް ކުރުން.
  7. ގަވާއިދާ އެއްގޮތަށް މުވައްޒަފުންނަށް އަންގަންޖެހޭ އެންގުންތައް އެންގުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  8. ޑިޕާޓްމަންޓުގެ ވެރިޔާއާ މަޝްވަރާކޮށްގެން ޔުނިޓުގެ އިދާރީ މަސައްކަތްތައް ހިންގުން.
  9. ޔުނިޓުގެ މަސައްކަތް ހިނގާނުހިނގާގޮތް، ޑިޕާޓްމަންޓުގެ ވެރިޔާއަށް ރިޕޯޓްކުރުން.
  10. ޔުނިޓުގެ ޔައުމިއްޔާ ޗެކްކުރުން.
  11. ވަޒީފާގެ ހައިސިއްޔަތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް ކުރުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދޭނެ ކަންތައްތައް:

  • ސިވިލް އިންޖިނިއަރިންގެ ދާއިރާއިން ކިޔަވާފައިވާ ފަރާތްތައް.
  • މަޤާމާ ގުޅޭ މަސައްކަތުގެ ދާއިރާއެއްގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ރޭންކް:

އެމް. އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޑިރެކްޓަރ

ޑިޕާޓްމަންޓް:

ކޯޕަރޭޓިވް ސަރވިސް/ ކައުންސިލް ބިއުރޯ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

7,035.00

ސަރވިސް އެލަވަންސް

2,000.00

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

  1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން ނުވަތަ؛
  2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފާވުމާއިއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 6 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. ސެކްޝަނުގެ އިދާރީ ހިންގުމާބެހޭ މަސައްކަތް ކުރުން.
  2. ސެކްޝަނުގެ މުވައްޒަފުންގެ ކަންކަން ސްޕަވައިޒްކޮށް ބެލެހެއްޓުން.
  3. ކައުންސިލް މީޓިންގތައް އިންތިޒާމްކުރުމާއި، މީޓިންގތަކާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި އިންތިޒާމްކޮށް ބެލެހެއްޓުން.
  4. ކައުންސިލުން ނިންމާ ނިންމުންތަކާއި، ޤަރާރުތައް ހަމަޖެހިފައިވާ އުޞޫލެއްގެ މަތިން ނިންމައި، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމުގެ ކަންތައް ރާވައި އިންތިޒާމުކޮށް ބެލެހެއްޓުން.
  5. ކައުންސިލް މީޓިންގތަކުން ނިންމާ ނިންމުންތަކުގެ ސްޓޭޓަސް އަޕްޑޭޓް ބެލެހެއްޓުން.
  6. ސެކްޝަނުގެ މަސައްކަތްތަކާ ގުޅޭގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުއްވުމުގެ ކަންތައް ބެލެހެއްޓުން.
  7. ކައުންސިލްގެ އަހަރީ ރިޕޯޓާއި، ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުމަށް ޤާނޫނުގައި ކަނޑައަޅާފައިވާ ރިޕޯޓުތައް ޤަވާޢިދުން ތައްޔާރުކޮށް ފޮނުވުން.
  8. މޭޔަރާއި، ކައުންސިލަރުންނާ ބައްދަލުކުރަން ވަޑައިގަންނަވާ ބޭފުޅުންނާ ބައްދަލުކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުން.
  9. މޭޔަރުގެ ބެއްލެވުމުގެދަށުން ކުރިއަށްގެންދާ އިދާރީ މަސައްކަތްތަކާއި ޓެކްނިކަލް މަސައްކަތްތައް ރާވައި ހިންގުން.
  10. މޭޔަރ ބައިވެރިވެވަޑައިގަންނަވާ ބައްދަލުވުންތަކުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔެ ފޮނުވުމުގެ ކަންތައް ކުރުވައި ބެލެހެއްޓުން.
  11. ކައުންސިލް ބިއުރޯއިން ފޮނުވަންޖެހޭ ސިޓީ، މެމޯ ތައްޔާރުކޮށް ފޮނުވުމުގެ ކަންތައް ބެލެހެއްޓުމާއި، ބިއުރޯއަށް ބަލައިގަންނަ ސިޓީއާއި މެމޯއާއި މިނޫންވެސް ލިޔުންތަކަށް ކައުންސިލަރުން އަންގަވާ ގޮތެއްގެ މަތިން ޖަވާބު ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ކުރުވައި ބެލެހެއްޓުން.
  12. ޚާއްޞަ ޙާލަތްތަކާ ގުޅިގެން ކައުންސިލަރުން އަންގަވާ ކަންތައްތައް ރާވައި ހިންގައި ބެލެހެއްޓުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި ފަރާތްތައް.

ސީނިއަރ އިންސްޕެކްޓަރ  

މަޤާމުގެ ރޭންކް:

ޖީ . އެސް 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 4,465.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,500.00  ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1- އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފާވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2- ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  1. އިންފާރު ތެޅުމުގެ ހުއްދައަށާއި، ދޮރުކެނޑުމުގެ ހުއްދައަށް އެދުމުން، އެތަނަކަށް ގޮސް، އެތަން އިންސްޕެކްޓްކޮށް، އެކަމާ ގުޅޭ ރިޕޯޓެއް ތައްޔާރުކޮށްފައި ހުށަހެޅުން.
  2. ގޯތިގޯތި، ބައިކޮށް ހެދިފައިވާ ގޯޅިމަގުތަކާ ބެހޭގޮތުން ހުށަހެޅޭ ޝަކުވާތަކުގެ މައްސަލަތައް ހުށަހެޅުމުން، އެ ތަންތަނަށް ގޮސް، އެކަންކަން ބަލާފައި ރިޕޯޓް ތައްޔާރުކުރުން.
  3. ޢިމާރާތާއި، ގޯތީގެ ރަޖިސްޓްރީ ހެދުމަށް ހުށަހެޅުމުން، އެތަންތަނަށް ގޮސް، ވަށާ އިންފާރު ނުވަތަ ކަންމުޑިބުރި ރާނައި ނަންބޯޑު ހަރުކުރިތޯ ބެލުމަށްފަހުގައި ރިޕޯޓް ތައްޔާރުކޮށްފައި ހުށަހެޅުން.
  4. ގޭގޭގެ ދިޔަދޮވިން ފައިބާ ފެން، އިންވެގެން ހުންނަ ގޭގެ ފުރާޅުމައްޗަށް ނުވަތަ ގޭގެތެރެއަށް ފެންފައިބާ މައްސަލަތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުން، އެ ގޭގެއަށް ގޮސް، އެ މައްސަލަތައް ބަލައި، ރިޕޯޓެއް ތައްޔާރުކުރުން.
  5. ޚާއްޞަ ޙާލަތްތަކާ ގުޅިގެން ދިމާވާ މައްސަލަތަކުގައި، ވެރިން އަންގަވާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާގައިއުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތައް.
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ، ހީވާގި ފަރާތްތައް.

ސަރވެއަރ އެސިސްޓެންޓް

މަޤާމުގެ ރޭންކް:

އެސް . އެސް 2

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯޓް ސްޓާފް ގްރޭޑް 2

ޑިޕާޓްމަންޓް:

ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ/ ބިލްޑިންގ، ޕްރޮޕަޓީ އެންޑް ލޭންޑް

ވަޒީފާ އަދާކުރަންޖެހޭ ތަން:

މާލޭ ސިޓީކައުންސިލްގެ އިދާރާ / ބިއްލޫރިޖެހިގެ، މާލެ

މުސާރަ:      

މަހަކު 3,470.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1,000.00  ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠު:

1-  މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2-  މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

 

1-     ވަކިކަމަކަށް ޢިމާރާތް ބޭނުންކުރުމުގެ ހުއްދައަށް އެދި ހުށަހަޅާ ތަންތަން ޗެކްކުރުން.

2-     ޢިމާރާތްކުރުމާބެހޭ އެކިއެކި ހުއްދަ ދިނުމަށްޓަކައި ޗެކްކުރަންޖެހޭ ތަންތަން ޗެކްކުރުން.

3-     ގުދަނުން ހޯދަންޖެހޭ ލިޔެކިއުންތައް ހޯދުން.

4-     ގުދަނަށް ގެންދަންޖެހޭ ލިޔެކިއުންތައް ގެންދިއުން.

5-     ރިޕޯޓް ލިއުން.

މި މަޤާމަށް މީހުން ހޮވުމުގައި އިސްކަންދެވޭނެ ކަންތައްތައް:

  • މަސައްކަތުގެ ދާއިރާގައި ތަޖުރިބާ ލިބިފައިވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭ، މީހުންނާ މުޢާމަލާތްކުރުމުގައި ބަސްމަގު ހަރުދަނާ މީހުން.

އުޖޫރައާއި ޢިނާޔަތްތައް:

  • ސިވިލް ސަރަވިސްގެ ޤަވާއިދުގައި ހަމަޖެހިފައިވާ އުސޫލުގެ މަތިން، އިތުރު ގަޑީގެ ފައިސާއާއި، ވަޒީފާއާ ގުޅިގެން ދެވޭ އެހެނިހެން އެލެވަންސްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް ކުރަންޖެހޭ ލެވެލްގެ ސެޓްފިކެޓްތައް ހުށަހަޅާނީ، އެކްރެޑިޓްކުރުމަށްފަހު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ ( ވަޒީފާއަށް އެދި ހުށައަޅާ ފޯމާއެކު އެޓެޗްކޮށްފައިވާ ނަމޫނާއާ އެއްގޮތަށް ނުވަތަ އެ ނަމޫނާގައިވާ އެންމެހައި މަޢުލޫމާތު ހިމެނޭގޮތަށް ތައްޔާރުކުރެވިފައި އޮންނަ ސީ ވީއެއް)
  • ސިވލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • އަދާކޮށްފައިވާ ވަޒީފާތައް އެނގޭނޭ ތަފްސީލީ ލިއުމެއް (ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)

ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުން:

މި މަޤާމުތަކަށް އެދޭ ފަރާތްތަކުން  2015 ފެބުރުވަރީ 12 ވާ އަންގާރަ ދުވަހުގެ މެންދުރު 14:30 ގެ ކުރިން، މަޖީދީމަގުގައި ހުންނަ މާލޭ ސިޓީ ކައުންސިލްގެ އިދާރާއަށް ފޯމް ހުށަހެޅުން އެދެމެވެ. ވަޒީފާއަށްއެދޭ ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓު www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އިންޓަރވިއު އޮންނަ ދުވަހާއި ތަން:

 

މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތަކާ އިންޓަވިއުކުރުމަށް 2015 ފެބުރުވަރީ 19 ވަނަ ދުވަހުން ފެށިގެން މި އިދާރާއިން ގުޅަމުން ގެންދާނެއެވެ.  އަދި އިންޓަވިއު ކުރިޔަށްދާނީ، މަޖީދީ މަގުގައި ހުންނަ މާލޭ ސިޓީ ހޯލުގެ 3 ވަނަ ފަންގިފިލާގައެވެ.

އިތުރުމަޢުލޫމާތު

  • މި މަޤާމުތަކަށް އިންޓަރވިއުކުރުމަށް ގުޅާނީ މެރިޓް އުޞޫލުން ބަލައިގެން ޝޯޓްލިސްޓް ކުރުމަށްފަހު 15 ފަރާތަށެވެ.
  • މި ވަޒީފާތަކާ ބެހޭގޮތުން އިތުރުމަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ ނަންބަރު 7989840 ފޯނަށާއި، ނަންބަރު 3323902 ގެ ފޯނަށެވެ.

7 ރަބީޢުލްއާޚީރު 1436

28 ޖަނަވަރީ 2015
ހޯދާ