މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ ގްރޭޑް 3

މަޤާމު:

އެސިސްޓެންޓް  ޕްރެޒެންޓަރ ޕްރޮޑިއުސަރ ގްރޭޑް 3

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

3

ވަޒީފާ އަދާކުރަންޖެހޭ ތަން:

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަންގެ ރޭޑިއޯ ޗެނަލްތައް

ފެންވަރު ނުވަތަ ޝަރުޠު:

ޖީސީއީ އޭލެވެލް އިމްތިޙާނުގެ ދެމާއްދާއިން ފާސްވެފައިވުން ނުވަތަ މަޤާމާއި ގުޅޭ  ދާއިރާއިން 3 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މައިގަނޑު މަސްއޫލިއްޔަތު:

  1. ރޭޑިއޯ ޕްރޮގްރާމްތަކުގެ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ކޮންޓެންޓް، ހަމަޖެހިފައިވާ އުސޫލުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި ފާސްކޮށް، ޕްރޮގްރާމް އުފައްދާ، ހުށަހަޅާ ޕްރޮގްރާމްތަކަށް އަޑު އަޅައިދީ ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުން.
  2. ރޭޑިޔޯ ކޮންޓިނިއުޓީ ގަޑިފުރާ ޚަބަރު ކިޔުން.
  3. ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފްލާތަކުގެ ރަނިންގް ކޮމެންޓްރީ ދިނުން. (ވަގުތުން ދުރަށް ފޮނުވުން)
  4. ހަމަޖެހިފައިވާ އުސޫލުން ކޯޕަރޭޝަންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ރޭޑިޔޯ ޕްރޮގްރާމްތައް ހިއްސާކުރުން.
  5. ރޭޑިޔޯ ޕްރޮގްރާމްތައް އުފެއްދުމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާދީ، ތަނުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  6. ހޭލުންތެރިކުރުވުމުގެ ސްޕޮޓް، ރޭޑިޔޯޑްރާމާ އަދި މިނޫންވެސް މިފަދަ ތަކެތި އުފެއްދުން.
  7. އުފައްދާ ޕްރޮގްރާމުތަކުގެ ރިކޯޑު ބެލެހެއްޓުން.
  8. މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މި ދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މުސާރަ:

- މަހަކު -/5000 ރުފިޔާ

ސަރވިސް އެލަވަންސް:

- މަހަކު -/3000 ރުފިޔާ.

ހުށަހަޅަންޖެހޭ ލިޔުންތައް:

- ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް.

- އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީ ގެ އަސްލު ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ އިން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުން، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.

- ހުށަހަޅަން ޖެހޭނެކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާ ފަރާތްކަތުގެ ސިޓީ ބަލައެއް ނުގަނެވޭނެއެވެ. މަތީގައިވާ މަޤާމަށް އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ޝޯޓްލިސް ކުރެވޭ ފަރާތް ތަކަށެވެ.

ސިޓީ ބަލައިގަތުމަށް ހަމަޖެހިފައިވާ ތަނާއި ގަޑި:

2015 ފެބުރުވަރީ 04  ވާ ބުދު ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ.

 މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން / ރޭޑިއޯ ބިލްޑިންގ، މާފަންނު، މާލެ

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3000284/ 3000210 ނަންބަރު ފޯނާއެވެ.

05 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ