ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކޯހެއްގެ މަޢުލޫމާތު

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖެނުއަރީ 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 04 ފެބުރުވަރީ 2015 ވާ ބުދަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދުމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

1- ކޯހުގެ ނަން: ޑިޕްލޮމާ އިން އިންފޮމޭޝަން ޓެކްނޯލޮޖީ

މުއްދަތު: 2 އަހަރު (4 ސެމެސްޓަރ)  

ޖާގަ: 50

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ހެނދުނު ދަންފަޅި (30 ޖާގަ)، ސ.ހިތަދޫ، ހަވީރު ދަންފަޅި (20 ޖާގަ)

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވަލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރުވުމާއި ޖީ.ސީ.އީ އޯލެވެލްގެ އެއް މާއްދާއިން ފާސްވެފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

2- ކޯހުގެ ނަން: ޑިޕްލޮމާ އިން ނެޓްވާރކިންގ

މުއްދަތު: 2 އަހަރު (4 ސެމެސްޓަރ)  

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ކ. މާލެ، ހެނދުނު ދަންފަޅި

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ހިސާބު ހިމެނޭ ގޮތަށް ޖީ.ސީ.އީ އޯ ލެވެލް 3 މާއްދާއިން ފާސްވެފައިވުން. ނުވަތަ

ށ. ޔުނިވަރސިޓީން ހިންގާ ފައުންޑޭޝަން ލެވެލް 1 ން ފާސްވެފައިވުން. ނުވަތަ

ނ. ގުޅުންހުރި ދާއިރާއަކުން އެމް.ކިޔު.އޭ ޤަބޫލުކުރާ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

ރ. އުމުރުން 18 އަހަރު ފުރިފައި ވުމާއެކު ގްރޭޑް 7 ނިންމާފައިވުން އަދި ގުޅުންހުރި ދާއިރާއަކުން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

5 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ