މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މެމްބަރު ޤައުމުތަކަށް ހުޅުވައިލުން

ސާރކް އެނަރޖީ ސެންޓަރގައި ހުސްވެފައިވާ ތިރީގައި މި ދަންނަވާ މަޤާމްތަކަށް ކުރިމަތި ލުމުގެ ފުރުޞަތު މެމްބަރު ޤައުމުތަކަށް ހުޅުވައިލެވިފައިވާ ވާހަކަ ވަނީ ސާރކް ސެކްރެޓޭރިއެޓުން އަންގަވާފައެވެ.

  1. ޑެޕިއުޓީ ޑިރެކްޓަރ (ކޯރޑިނޭޝަން )
  2. ޕްރޮގްރާމް ލީޑަރ (ޓެކްނޮލޮޖީ ޓްރާންސްފަރ)
  3. ރިސަރޗް ފެލޯ (ޓެކްނޮލޮޖީ ޓްރާންސްފަރ)
  4. ރިސަރޗް ފެލޯ (އެނަރޖީ ޓްރޭޑް)
  5. ކޮމިއުނިކޭޝަން ސްޕެޝަލިސްޓް

މި މަޤާމުތަކާ ގުޅޭ އިތުރު މަޢުލޫމާތު އަދި އެޕްލިކޭޝަން ފޯމު ސާރކް އެނަރޖީ ސެންޓަރުގެ ވެބްސައިޓްގެ   www.saarc http://saarcenergy.org/AboutUs/Vacancies.aspx އިން ލިބެން ހުންނާނެ ވާހަކަވެސް ދެންނެވީމެވެ.

ވީމާ، މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 08 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން އެޕްލިކޭޝަން ފޯމާއި ބޭނުންވާނޭ އެންމެހައި ލިޔެކިޔުން  [email protected] އީމެއިލް ކޮށްދެއްވުން އެދެމެވެ.

01 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ