ފުވައްމުލަކު ދިގުވާޑު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސައްކަތު ( ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުން)

އިޢުލާން

ވަޒީފާގެ ފުރުޞަތު:      

މަޤާމް:

މަސައްކަތު ( ކޮންޓްރެކްޓް އުޞޫލުން މަސައްކަތްކުރުން)

ސެކްޝަން:

ކޯޕަރޭޓް އެފެއާޒް (ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާ)

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާ

މުސާރަ:

-/3100 ރުފިޔާ

ސަރވިސް އެލަވަންސް:

-/1000 ރުފިޔާ

ބޭނުންވާ އަދަދު:

6 (ހައެއް)

މަޤާމުގެ ޝަރުޠުތައް:

1- ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1- ދިގުވާނޑު އަވަށުގައި އިޖުތިމާޢީ ސަރަޙައްދުތައް ސާފުކޮށް، އެ ތަންތަން ބެލެހެއްޓުން.

2- ދިގުވާނޑު ކުޑަކުދިންގެ ޕާކާއި، ފުވައްމުލަކު ޕަބްލިކް ލައިބްރަރީގައި މަސައްކަތްކުރުން.

3- ދިގުވާނޑު އަވަށުގެ ތަރަށްޤީއަށް ކައުންސިލުން ކުރާ މަސައްކަތްތަކުގައި އެހީތެރިވުން.

އިންޓަވިއުއާއި

ޕްރެކްޓިކަލްސް އޮންނާނެ

ތަނާއި މުއްދަތު:

މި މަޤާމަށް މުވައްޒަފަކު ހޮވުމަށް ބޭއްވޭ އިންޓަވިއުކުރުން، މި އިޢުލާނުގެ މުއްދަތު ހަމަވާތާ 7 ދުވަހުގެ ތެރޭގައި ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާގައި އޮންނާނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

އެޕްލިކޭޝަން ފޯމް ހުށަހަޅާނީ، 2015 ފެބުރުވަރީ 8 ވާ އާދީއްތަ ދުވަހުގެ މެންދުރުފަހު 15:00 ގެ ކުރިން، ފުވައްމުލަކު ދިގުވާނޑު ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރުވައިފިނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

 

 

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު (ފުވައްމުލަކު ދިގުވާނޑު ކައުންސިލް އިދާރާއިން އެޕްލިކޭޝަން ފޯމް ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.

3- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކުގެ ކޮޕީ.

4- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

5. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

5- ވަޒީފާއެއްގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މުއްދަތާއި މަސްއޫލިއްޔަތު އެނގޭ ރަސްމީ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތް ހޮވުމަށް ބެލޭނެ މިންގަނޑުތައް:

1- ތަޢުލީމާއި ތަމްރީން.

2- މަސައްކަތުގެ ތަޖުރިބާ.

3- މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި ސިފަތައް.

 އިތުރު މަޢުލޫމާތު:

- ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަނާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު، އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަންވާނެއެވެ. މި ލިޔުންތައް، އެޕްލިކޭޝަނާއެކު ހުށަހެޅި ތަކެތީގެ ޞައްޙަކަން ކަށަވަރުކުރުމަށްފަހު އަނބުރާ ހަވާލުކުރެވޭނެއެވެ.

- މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6860009 ނަންބަރު ފޯނާއެވެ.

6 ރަބީޢުލްއާޚިރު 1436

27 ޖަނަވަރީ 2015
ހޯދާ