ފެމިލީ ކޯޓް
ދިވެހިރާއްޖެ
މައުޛޫން

އިޢުލާން

ޝަރުޢީ މައުޛޫނުކަން ކުރުމުގެ ފުރުޞަތު

މި ކޯޓަށް، ކޮންޓްރެކްޓް އުޞޫލުން ކައިވެނިކޮށްދޭނޭ ޝަރުޢީ މައުޛޫނުން ބޭނުންވެއެވެ.

ބޭނުންވާ އަދަދު

12

ކޯޓު/އިދާރާ

ފެމިލީ ކޯޓު (ކާވެންޏާއި ވަރި ރަޖިސްޓްރީކޮށްދިނުމާބެހޭ ބައި)

އެލަވަންސް

-/250 ރުފިޔާ (ކޮށްދޭ ކޮންމެ ކާވެންޏަކަށް)

ޝަރުޠު

ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތެއްކަމުގައިވުން.

ހުށަހަޅަންޖެހޭ ތަކެތި

- ޝަރުޢީ މަޢުޛޫނުކަން ކުރުމުގެ ހުއްދައިގެ ކޮޕީ.

- ވަނަވަރު.

- ދިވަހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

- ޝަރުޢީ މައުޛޫނުކަމަށް އެދި ހުށަހަޅާ ފޯމް.

ސުންގަޑި

2015 ފެބުރުވަރީ 12 ވަނަ ދުވަހުގެ 14:30 ގެ ކުރިން.

އިތުރު މަޢުލޫމާތު

- މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުގެ ތެރެއިން، މަޤާމަށް އެންމެ އެކަށީގެންވާ ފަރާތެއް ހޮވޭނީ، ފެމިލީ ކޯޓުގެ އިންޓަވިއު ޕެނަލުގައި، އޭނާއަކީ ޝަރުޢީ މައުޛޫންކަން ކުރެވޭފަދަ މީހެއްކަން ސާބިތުކޮށްދިނުމުންނެވެ.

- މި މަޤާމަށް މީހުން ހޮވުމުގައި، ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މީހުންނާއި، މިކަމުގެ ތަޖުރިބާ ލިބިފައިތިބި މީހުންނަށް އިސްކަންދެވޭނެއެވެ.

މި މަޤާމަށް އެދޭ ފަރާތްތަކުން ފުރަންޖެހޭ ޝަރުޢީ މަޢުޛޫނުކަމަށްއެދޭ ފޯމު، މި ކޯޓުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓު www.familycourt.gov.mv ން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

5 ރަބީޢުލްއާޚިރު 1436

26 ޖަނަވަރީ 2015
ހޯދާ