ލ. ދަނބިދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް: މަސައްކަތު

ބޭނުންވާ އަދަދު: 1 (އެކެއް)            

ކުލެސިފިކޭޝަން: ސަޕޯޓް ސްޓާފް ގްރޭޑް 1

ރޭންކް: އެސް.އެސް. 1

މަސައްކަތް ހަމަޖެހިފައިވާ ތަން: ލ. ދަނބިދޫ ސްކޫލް

މުސާރަ: މަހަކު  -/3100 ރުފިޔާ

ސަރވިސް އެލަވަންސް: މަހަކު -/1،000 ރުފިޔާ

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތް ކުރާނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުޠު: ލިޔަންކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތަކުގެ ޚުލާޞާ:

  1. ހަވާލުކުރެވިފައިވާ ޢިމާރާތް ކޮންމެ ދުވަހަކު އެއްފަހަރު ފޮޅައި، ކުނިކަހައި، ސާފުކުރުމާއި، ޢިމާރާތްތަކުގައިވާ މޭޒާއި ގޮނޑިއާއި ކޮމްޕިއުޓަރާއި ކޮމްޕިއުޓަރ ރެކް ފަދަ ތަކެތި ކޮންމެ ދުވަހަކު އެއްފަހަރު ފުހެ ސާފުކުރުން.
  2.  ދުވާލަކު ދެފަހަރު އޮފީސް ކުނިކަހައި ސާފުކުރުން.
  3. އޮފީސްތެރެ ހަފުތާއަކު ދެފަހަރު މޮޕްލުން.
  4. ކުލާސްރޫމާއި އޮފީހުގެ ފަންކާތައް މަހަކު އެއްފަހަރު ފުހެ ސާފުކުރުން.
  5. ކުދިންގެ ފާޚާނާތައް ކޮންމެ ދުވަހަކު ދެފަހަރު ދޮވެ ސާފުކުރުމާއި، 2 ސެޝަން ދޭތެރޭގައި ފާޚާނާތައް ހުރީ ސާފުކޮށްތޯބަލައި ޗެކްކުރުން.
  6. ހަވާލުކުރެވިފައިވާ ކުދިންގެ ކްލާސްތައް، ކިޔެވުން އޮންނަ ކޮންމެ ދުވަހަކު ކުނިކަހައި ފޮޅައި ސާފުކޮށް މޮޕްއެޅުމާއި، ކްލާހުގައި ހުންނަ ޑެސްކްތަކާއި ގޮނޑިތައް ފުހުން.
  7. ގޮނޑިއާއި ޑެސްކު ފަދަ ތަކެތީގައި ދަރިވަރުން ކުރަހައި ހަޑިކޮށްފައިވާނަމަ، އެ ކުރެހުންތައް ނުވަތަ ލިޔުންތައް ނައްތައިލުން.
  8. ގޯތިތެރޭގައި ބަގީޗާގަސް ހެއްދުމަށް މަސައްކަތްކުރުމާއި، ބަގީޗާ ގަސްތަކުގެ ތެރޭގައި ހުންނަ ކުނިބުނި ސާފުކުރުން.
  9. ކުނިކަހަން ހަވާލު ކުރެވިފައިވާ ސަރަހައްދުގައި ހުންނަ ގަސްތައް ކޮށުމާއި، އެ ސަރަހައްދު ބެލެހެއްޓުން.
  10. ސްކޫލުގެ ގޯތިތެރެއާއި ގޯތި ހިމެނޭ ސަރަހައްދުން، ހަވާލުކުރެވިފައިވާ ސަރަހައްދު ކުނިކަހައި، ޗާޓުގައި ކަނޑައެޅިފައިވާގޮތަށް ކުނިކަހައި ސާފުކުރުން.
  11. ހަވާލުކުރެވިފައިވާ ޢިމާރާތްތަކުންނާއި ގޯތިތެރޭގެ ސަރަހައްދުތަކުން ނެގޭ ކުނިތައް ނައްތައިލުން.
  12. އެ މުވައްޒަފަކާ ހަވާލުކުރެވިފައިވާ ކުލާސްރޫމުގެ ދޮރުތަކުގެ ދޮރުފަތްތަކާއި ދޮރުތަކާއި އޮފީހުގެ ދޮރުފަތްތަކާއި ދޮރުތައް ހަފުތާއަކު އެއްދުވަހު ފޮހެ ސާފުކުރުން.
  13. ރަސްމީ ޑިއުޓީގަޑީގައި ކުދިންގެ ފާޚާނާ ބެލެހެއްޓުން.
  14. ރަސްމީ ޑިއުޓީގަޑީގައި ދިމާވާ ކުދިންނާ ގުޅޭ މައްސަލަތަކުގައި ސްކޫލްގެ އިދާރާއާއި، ޓީޗަރުން އަންގާ ގޮތެއްގެ މަތިން އެހީތެރިވުން.
  15. އެއިރަކު ސްކޫލު ހިންގެވުމާ ހަވާލުވެ ހުންނަވާ ވެރިޔަކު އަންގަވައިފިނިނަމަ، ހެޑްމާސްޓަރ ހުންނަވާގެ ހަފުތާއަކު އެއްފަހަރު ފޮޅައި ސާފުކުރުމާއި، އަންގަވާ ގޮތެއްގެ މަތިން ހެޑްމާސްޓަރުގެ ނާސްތާ ތައްޔާރުކުރުމާއި، ތަކެތި ދޮވެ އިސްތިރިކުރުން (މި މަސައްކަތުގައި ހޭދަވާ ވަގުތު، ރަސްމީ ގަޑީގެ ގޮތުގައި ބެލޭނެއެވެ.) އަދި ހުކުރު ދުވަހާއި ހޮނިހިރުދުވަހު  މަސައްކަތްކުރާނަމަ، އެ ދެ ދުވަހަށް، ބަންދު ދުވަހުގެ އެލަވަންސް ދެވޭނެއެވެ.
  16. ސްކޫލުގެ އެންމެހައި ތަކެއްޗަށް ރައްކާތެރިވެ، އެތަކެތި ރައްކާތެރިކުރުން.
  17. ސްކޫލުގެ ވެރީންނަށާއި، މުދައްރިސުންނަށާއި، އެހެނިހެން މުވައްޒަފުންނަށާއި، ބެލެނިވެރިންނަށާއި، ދަރިވަރުންނަށް އިޙްތިރާމްކުރުމާއެކު، އެމީހުންނާ ރީތިބަހުން ވާހަކަދެއްކުން.  
  18. ތަނުގެ މުވައްޒަފުންގެ މެދުގައި އޮންނަ އެކުވެރިކަން ގެއްލޭފަދަ އެއްވެސް ޢަމަލެއް ނުކުރުން.
  19. ރަސްމީގަޑީގެ އިތުރުންވެސް ސްކޫލުގެ މަސައްކަތެއް ކުރަންޖެހިގެން އަންގައިލެވިއްޖެނަމަ، އެ އެންގެވުމަކާ އެއްގޮތަށް އިޖާބަދިނުން.
  20. ރަސްމީ ގަޑީގައި އޮފީހުގެ ބޭނުމެއްގައި ފިޔަވައި އޮފީހުން ބޭރުގައި ވަތުގު ހޭދަނުކުުރުމާއި، ބޭރަށް ދާންޖެހިއްޖެ ޙާލަތެއްގައި، ތަނުގެ ވެރިޔަކަށް ނުވަތަ އިދާރީ މުވައްޒަފަކަށް އެކަން އެންގުން.
  21. ސްކޫލުގެ އިދާރާއަށް ހާޒިރުކުރަންޖެހޭ ބެލެނިވެރިންނާއި ދަރިވަރުންނަށް އޮފީހުން އަންގާގޮތަށް ކިޔުމާއި، ސްކޫލު މުވައްޒަފުންނަށް އޮފީހުން އަންގާ އެންގުންތައް އެންގުން.
  22. ސްކޫލުގައި ހިނގާ ކަންތައްތަކުގެ ތެރެއިން، ބޭރުތެރޭގައި އަދި އާންމުންގެ މެދުގައި ދައްކައިގެން ނުވާނެ އެއްވެސް ވާހަކައެއް ނުދެއްކުން.
  23. ވަޒީފާގައި ދެމިތިބޭއިރު މަސައްކަތުގެ އަޚްލާޤީ ސްލޫކު ދަށްވެ، އަމުރަށް ނުކިޔަމަންތެރިވާގޮތް ދައްކައި، ޙަޤީޤަތްނެތް ޝަކުވާކޮށް، ސްކޫލާއި ސްކޫލުގެ އެހެން މުވައްޒަފުންގެ ޙުރުމަތް ގެއްލޭގޮތަށް، ބަހުންވިއަސް ޢަމަލުންވިއަސް ނުކުރުން.
  24. މިނޫނަސް، ސްކޫލުގެ ވެރިން އަންގަވައިގެން ސްކޫލުގައި ކުރަންޖެހޭ ރަސްމީ މަސައްކަތްތައް ކުރުން.
  25. ވަޒީފާގައި އުޅޭއިރު، ސްކޫލާއި ސްކޫލުން ބޭރުގައިވެސް ތިމާގެ އަމިއްލަ ނަފްސުގެ ޢިއްޒަތާއި ޤަދަރާއި، ސްކޫލުގެ ޢިއްޒަތާއި ޤަދަރު ހިފަހައްޓަންވާނެއެވެ. އަދި މިނޫނަސް، އަޚްލާޤީގޮތުން ދަށް ފެންވަރުގެ އެއްވެސް ޢަމަލެއް ކޮށްގެން ނުވާނެއެވެ.
  26. މަތީގައިވާ ކަންތައްތަކުގެ އިތުރުން، ސްކޫލަށް ކުރިމަތިވާ މުހިންމު ކަންތައްތަކުގައްޔާއި ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ، ޢާއްމުގޮތެއްގައި ދިމާނުވާ ބޮޑެތިކަންތައްތަކުގައި، އަދި ކުއްލި ގޮތަކަށް ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި، ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނަވާ ފަރާތުން އަންގަވާ ގޮތެއްގެމަތިން ފަރުވާތެރިކަމާއެކު ޢަމަލުކުރުމަކީ ކޮންމެ މުވައްޒަފެއްގެ ވާޖިބެކެވެ.
  27. މީގެ އިތުރުންވެސް، ވަޒީފާގެ ހައިސިއްޔަތުން، ކުރަން ހަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: - ލިބިފައިވާ ތަޢުލީމާއި ތަމްރީން، މަސައްކަތުގެ ތަޖުރިބާ، ހުނަރު.

ހުށަހަޅަންޖެހޭ ތަކެތި:

- ސިވިލްސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ( މި ފޯމު، މި ސްކޫލުން ލިބެންހުންނާނެއެވެ. އަދި ސިވިލްސަރވިސް ކޮމިޝަނުގެ ސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ.)

- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.

- ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް ( އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)

- ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއަކާއި، އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު)                  

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ސީ.ވީ )

ސުންގަޑި:މި މަޤާމަށް އެދޭ ފަރާތްތަކުން، 2015 ފެބުރުވަރީ 2 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން، ބަޔާންކުރެވިފައިވާ ތަކެއްޗާއެކު، ވަޒީފާއަށް އެދޭފޯމް މި ސްކޫލަށް ހުށަހެޅުން އެދެމެވެ.

އިންޓަވިއު: މި ވަޒީފާއަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނެ ދުވަހާއި ގަޑި، ފަހުން އަންގާނެއެވެ.

އިތުރު މަޢުލޫމާތު: ފޯން: 6800740 ފެކްސް : 6800809 އީމެއިލް: [email protected]
4 ރަބީޢުލްއާޚިރު 1436

 

25 ޖަނަވަރީ 2015
ހޯދާ