ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 7,151.26 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 3,064.83 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

ގްރޭޑް:

5

 

 

ސްޕައިން ޕޮއިންޓް:

24

މަޤާމުގެ ޝަރުޠު:

  ވަޒީފާގެ މަސްއޫލިއްޔަތުތައް، އަންނަނިވި ހުނަރާއި ތަޢުލީމުގެ ފެންވަރުގައި ކުރަން އެނގުން.

  1. ބެޗްލަރ ޑިގްރީއެއް (ލެވެލް 8/7 ގެ ސަނަދެއް) ތަޖުރިބާ ނެތި އޮތުން.
  2. ލެވެލް 5 ގެ ޑިޕްލޮމާއަށްފަހު، މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ، ސީދާ ގުޅޭ ދާއިރާއިން ލިބިފައިވުން.
  3. ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ގުޅޭ ދާއިރާއިން ދިގު މުއްދަތުގެ ތަޖުރިބާ ލިބިފައިވުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

ސީނިއަރ އެޑްމިން އޮފިސަރުގެ މަޤާމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,778.10 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,476.33 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

ގްރޭޑް:

4

 

 

ސްޕައިން ޕޮއިންޓް:

17

މަޤާމުގެ ޝަރުޠު:

 

  ތަޖުރިބާއާއެކު  މަސައްކަތުގެ ދާއިރާއިން ޑިޕްލޮމާއެއް ހޯދާފައިވުން ނުވަތަ ލެވެލް 4 ގެ ސެޓްފިކެޓަށްފަހު ދާއިރާއިން ތަޖުރިބާ ލިބިފައިވުން.

  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ މަސައްކަތާއި، އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގއާއެކު) ލިބިފައިވުން.
  • ލެވެލް 4 ގެ ސެޓްފިކެޓަށްފަހު، ސީދާ ގުޅޭ ތަޖުރިބާ ލިބިފައިވުން.
  • ލެވެލް 3 ގެ ސެޓްފިކެޓަށްފަހު، ތަޖުރިބާގެ ސަބަބުން، ބޭނުންވާ ދާއިރާއިން ޚާއްޞަ ހުނަރުތަކެއް ހުރުން ނުވަތަ އެއް ޓްރޭޑަށްވުރެ ގިނަ ޓްރޭޑް އެނގުން ނުވަތަ އެއް ޓްރޭޑް ހުނަރާއެކު، ސްޕަވައިޒްކުރުމުގެ ނުވަތަ އިދާރީ މަސައްކަތުގެ ހުނަރާއި ތަޖުރިބާ ހުރުން.
  • މަތީގައި ބަޔާންކުރެވުނު ހުނަރާއި ތަޢުލީމުގެ ފެންވަރަށް ޢިލްމާއި ޤާބިލްކަން އެހެން ކޮންބިނޭޝަންތަކުން ލިބިފައިވުން.

އެޑްމިން އޮފިސަރ ގްރޭޑް 4 ގެ މަޤަމަށް މީހަކު ނުލިބިއްޖެނަމަ، އެޑްމިން އޮފިސަރ ގްރޭޑް 3 ގެ މަޤާމަށް ފުރުޞަތު ހުޅުވައިލަމެވެ.

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:

1

މުސާރަ:

މަހަކު 5,115.31 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު 2,192.28 ރުފިޔާ

އޮފީސް:

ފެކަލްޓީ އޮފް ހެލްތް ސައެންސަސް

ގްރޭޑް:

3

 

 

ސްޕައިން ޕޮއިންޓް:

13

މަޤާމުގެ ޝަރުޠު:

 

 1. ކުރާ މަސައްކަތާބެހޭ ސެޓިފިކެޓް ލެވެލް 3 ލިބިފައިވުން ނުވަތަ ގްރޭޑް 12 ނިންމާފައި ނުވަތަ ސެޓިފިކެޓް ލެވެލް 2 ލިބިފައިވުމާއެކު، ސެޓިފިކެޓަށްފަހު ކުރާ މަސައްކަތާ ގުޅޭ ދާއިރާއިން 1 އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 2. ތަޖުރިބާ ނެތަސް، ދާއިރާއިން (ލެވެލް 5/6 ފެންވަރުގެ) ޑިޕްލޮމާއެއް ލިބިފައިވުން. މި ފެންވަރުގެ މުވައްޒަފުން އަދާ ކުރާ މަސައްކަތަށް އޮން-ދަ-ޖޮބް ޓްރައިނިންގ ނުވަތަ މަސައްކަތުގެ ތަމްރީނާއި މަޢުލޫމާތު މަސްއޫލިއްޔަތުތައް އަދާކުރަން ބޭނުންވާނެއެވެ. އަދި މިކަންކަން ސެޓްފިކެޓް 4 ނުވަތަ (ލެވެލް 6/5 ފެންވަރުގެ) ޑިޕްލޮމާގައި ބައިވެރިވެވޭވަރަށް ލިބިގެންވާން ވާނެއެވެ.

3. ތަމްރީނާއި ތަޢުލީމާއި ތަޖުރިބާގެގޮތުން މިފެންވަރު ހުރިކަމަށް ބެލެވުނަސް، މި ޝަރުޠު ހުރިކަމަށް ބެލެވޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

  1.  ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން، އޮފީސް ހުޅުވައި ލެއްޕުން.
  2.  އިދާރީ ސެކްޝަނުން ލިޔަންޖެހޭ ސިޓީތަކާއި އެހިނެހެން ލިއުންތައް ލިޔެ، ފޮނުވަންޖެހޭ ފަރާތަކަށް ފޮނުވުން.
  3. ހުރިހާ ޑިޕާޓްމަންޓްތަކުން މަޢުލޫމާތު ހޯދައިގެން، ފެކަލްޓީގެ ޔައުމިއްޔާ ޤަވާޢިދުން ދުވަހުން ދުވަހަށް ލިޔެ ސޮއިކުރުވުމަށްފަހު، ފައިލްކޮށް ބެލެހެއްޓުން.
  4. ދަރިވަރުންގެ ފީލްޑް ދަތުރުތަކުގެ ފޯމުތައް ސެކްޝަނަށް ލިބުމުން، ދަތުރުތަކާ ގުޅޭގޮތުން ޔުނިވަރސިޓީގެ މަރުކަޒަށް ފޮނުވަންޖެހޭ ސިޓީތައް  ފޮނުވުމާއި،  އެކަމާ ގުޅޭ ކަންކަމުގައި މުޢާމަލާތް ކުރަންޖެހޭ ފަރާތަކާ މުޢާމަލާތްކޮށް، ދަތުރުގެ ކަންކަން ހަމަޖެއްސުން.
  5. ކޮންމެ މަހެއްގެ 15 ވަނަ ދުވަހު، މުވައްޒަފުންގެ އިތުރުގަޑީގެ ރިޕޯޓް ހަދައި، ދިވެހިރާއްޖޭގެ ޤައުމީ ޔުނވަރސިޓީގެ މަރުކަޒީ އިދާރާއަށް ފޮނުވުން.
  6. ޑިއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ފެކަލޓީގެ ރިސެޕްޝަން ބެލެހެއްޓުމާއި، އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ތަކެތި ބަލައިގަތުމާއި ފޮނުވުން.
  7. ޑިއުއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ރިސެޕްޝަން ބެލެހެއްޓުމާ ހަވާލުވެ ހުންނަ ވަގުތު ރިސެޕްޝަނަށް އަންނަ ފޯނުކޯލްތަކަށް ޖަވާބުދިނުމާއި، ވަޑައިގަންނަވާ ބޭފުޅުންނަށް މަޢުލޫމާތު ފޯރުކޮށްދިނުން.
  8. ޑިއުއުޓީ ތާވަލުގައިވާ ގޮތުގެ މަތިން ރިސެޕްޝަން ބެލެހެއްޓުމާ ހަވާލުވެހުންނަ ވަގުތު، ދަރިވަރުން ގެންނަ އެސައިންމެންޓްތައް ބަލައިގަނެ، ލިސްޓްތައް ތައްޔާރުކޮށް ލެކްޗަރަރ އިންނާ ހަވާލުކުރުން.
  9. ކޯސްތަކަށް ކިޔަވައިދޭން އަންނަ ޕާޓްތައިމް/ ފުލްޓައިމް ލެކްޗަރަރއިން ކިޔަވައިދިނުމަށް ބޭނުންވާ އިދާރީ ކަންތައްތަކުގައި އެހީތެރިވުން.

10  އޮފީހުން ހަމަޖައްސާ ގޮތެއްގެމަތިން އިތުރުގަޑީގެ ޑިއުޓީއަށް ނިކުތުން.

11  ފެކަލްޓީގެ މީޓިންގތައް ކަނޑައެޅިފައިވާ ދުވަސްތަކުގައި، މީޓިންގތަކަށް ހާޒިރުވުން.

12  ފެކަލްޓީން ހިންގާ މުހިންމު ހަރަކާތަތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

13  މަތީގައިވާ ކަންތައްތަކުގެ އިތުރުން، ފެކަލްޓީގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ ކަންތައްތައް ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައި އޮންނަ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1.  ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްނަމަ، އަދާކުރާ ނުވަތަ އަދާކުރި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު، އެފަރާތެއްގެ މަސައްކަތާމެދު ދެކޭގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި، އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަވިއު ކުރެވޭނީ، އިޢުލާނުގައި ބަޔާންކޮށްފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.

ސިޓީ ފޮނުވަންވީ ތާރީޚު:   

2015 ފެބުރުވަރީ 5 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް.

 

އިތުރު މަޢުލޫމާތު:

 

 

  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވައިލާފައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345409 ނަންބަރު ފޯނާއެވެ.
8 ރަބީޢުލްއާޚިރު 1436
29 ޖަނަވަރީ 2015
ހޯދާ