ދ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ބައެއް ތަކެތި ހޯދުން

ހޮސްޕިޓަލާއި ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް މިހޮސްޕިޓަލަށާއި ދ.އަތޮޅުގެ ޞިއްޙީމަރުކަޒުތަކަށް ބޭނުންވާ ބައެއް މެޝިނަރީޒް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން  ބޭނުންވެގެން ކުރި ނަންބަރު DHAH/2015/01ފ(2015-01-06) އިޢުލާނަށް އެދެވޭ ތަރުޙީބެއް ލިބިފައިނުވާތީ، ކުރީގެ އިޢުލާން ބާޠިލުކޮށް، އަލުން އެފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މިތަކެތި މިހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ސަޕްލައި ކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 15 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 14:00 އަށް މިހޮސްޕިޓަލަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

އަންދާސީހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރުމަށް ހަމަޖެހިފައިވާ ދުވަހު ގަޑިއަށް މި ހޮސްޕިޓަލަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރައްވާފައިވާ ފަރާތްތަކަށެވެ.

08 ރަބީޢުލްއާޚިރު 1436   

29 ޖަނަވަރީ 2015
ހޯދާ