ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މި ކޯޓުގެ ނަންބަރު M8C/2014/10 ގެ އިޢުލާން ބާޠިލުކުރުމަށްފަހު، އެ ފުރުޞަތު އަލުން ހުޅުވައިލަމެވެ.

 

ރޭންކް: އެލް. އެސް 2

އެސިސްޓެންޓް ލީގަލް އޮފިސަރ

މަޤާމް

ކްލެސިފިކޭޝަން: އެސިސްޓެންޓް ލީގަލް އޮފިސަރ

1 (އެކެއް)

އަދަދު

ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓް / ދ. ކުޑަހުވަދޫ

މަސައްކަތް ކުރަންޖެހޭ ތަން

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

މުސާރަ

-/3000 ރުފިޔާ (ތިންހާސް ރުފިޔާ)

ސަރވިސް އެލަވަންސް

އަސާސީ މުސާރައިގެ %25

ޖުޑީޝަލް އެލަވަންސް

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

އިތުރުގަޑީގެ ފައިސާ

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

އަސާސީ ޝަރުޠު

- ޝަރުޢީ ސެކްޝަނުގެ މަސައްކަތްތައް ރާވައި އިންތިޒާމްކޮށް، ސެކްޝަނުގައި ޤާނޫނީގޮތުން ކުރަންޖެހޭ މަސައްކަތްތައް އިސްވެ ކުރުން.

- ކޯޓަށް ހުށަހެޅޭ މައްސަލަތައް ބަލައިގަތުމުގެ ކުރިން މަޢުލޫމާތު ފުރިހަމަވެފައިވޭތޯ ކެޗްކުރުން.

- ކޯޓަށް ހުށަހެޅޭ ވަރި ކައިވެންޏާބެހޭ ފޯމްތަކާއި، އެގްރިމެންޓް ރަޖިސްޓްރީކުރުމާގުޅޭ އިދާރީ މަސައްކަތްތައް، ސެކްޝަނުގެ އިސް މުވައްޒަފެއްގެ ހައިސިއްޔަތުން ކުރުން.

- ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ފިޔަވަޅުތައް އެޅުމުގައި މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.

- އެކިއެކި ކޯޓުތަކުން ބަޔާންނެގުމަށާއި މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖްތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެ މަތިން ބަޔާންތައް ނެގުން.

- ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅުމުގައި ސެކްޝަނުގެ އިސް މުވައްޒަފެއްގެ ޙައިސިއްޔަތުން އެ މަސައްކަތް ކުރުން.

- ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް ހޯދަން އެދޭ ފަރާތްތަކަށް، ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާއިދުން ދޫކުރުން.

- ޝަރީޢަތާބެހޭ ބަޔާންތައް ނަގައި، ބަޔާންތައް ތައްޔާރުކުރުން.

- މީގެ އިތުރުންވެސް، ކޯޓުގެ ވެރިން ހަވާލުކުރައްވާ ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމުގައި އަދާކުރަންޖެހޭ މައިގަނޑު މަސްއޫލިއްޔަތު

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް (މި ފޯމް، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުން ލިބެން ހުންނާނެ. އަދި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv ން ލިބެން ހުންނާނެ.)

- ދިވެހިރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު، ނުވަތަ ސެޓްފިކެޓް ލިބިފައި ނުވާނަމަ ކޯސް ފުރިހަމަކުރިކަމުގެ ރަސްމީ ލިޔުމާއި، ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްކަމުގެ ރަސްމީ ލިޔުމެއް)

- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ދައުލަތުގެ މުއައްސަސާއަކުން ތައްގަނޑު ޖަހާފައިވާ އަސްލު)

- ވަޒީފާގައި އުޅޭ ނުވަތަ އުޅެފައިވާ ފަރާތެއްވާނަމަ، އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާގެ ރޭންކް އެނގޭނެ ރަސްމީ ލިޔުމެއް.

ހުށަހަޅަންޖެހޭ ތަކެތި

2015 ޖަނަވަރީ 29 ވަނަ ދުވަހުގެ 15:00 ގެ ކުރިން 'ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް' ފުރިހަމަކުރުމަށްފަހު، ދ. ކުޑަހުވަދޫ މެޖިސްޓްރޭޓްކޯޓަށް ހުށަހެޅުން.

ސުންގަޑި

- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކޮށް، ފޯމާއެކު ހުށަހަޅަންޖެހޭކަމަށް ބަޔާންކޮށްފައިވާ ތަކެތި، އިޢުލާނުގައި ބަޔާންކޮށްފައިވާގޮތަށް ހުށަހަޅާފައި ނުވާނަމަ، އެ ފޯމް ބާޠިލުވާނެއެވެ.  

- މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މި ކޯޓުގެ ނަންބަރު: 6760503، 6760509 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6760650 އެވެ. އީމެއިލް އެޑްރެހަކީ [email protected] އެވެ.

އިތުރު މަޢުލޫމާތު

1 ރަބީޢުލްއާޚިރު 1436
22 ޖަނަވަރީ 2015
ހޯދާ