މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ފުރުޞަތު

މަޤާމުގެ ނަން: ޑިރެކްޓަރ ޖެނެރަލް

މުސާރަ:  13890.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އީ.އެކްސް 5

ކްލެސިފިކޭޝަން:     ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ސްޕޯރޓްސް ޑިޕާޓްމަންޓް /  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

5. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 2 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

6. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

7. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ސްޕޯޓްސް ޑިޕާޓްމަންޓްގެ ހުރިހާ މަސައްކަތްތަކެއް ވިލަރެސް ކުރުން
  2. ޑިޕާރޓްމަންޓަށް ލިބިފައިވާ ބަޖެޓާ އެއްގޮތަށް ޑިޕާޓްމަންޓުން ހިންގާ ހުރިހާ ޕްރޮގްރާމްތަކެއް ހިންގޭގޮތް ރާވައި އެކަން ކުރިއަށްދާގޮތް ބަލައި މަސައްކަތް ކުރެވޭނެ އިންތިޒާމް ހަމަޖެއްސުން
  3. ޒޯން ސްޓޭޑިއަމްތަކުގެ މަސައްކަތް ވިލަރެސްކުރުމާއި ޒޯން ސްޓޭޑިއަމްތަކަށް ބޭނުންވާ ޕްރޮގްރާމްތައް ރާވައި ހިންގޭނެ އިންތިޒާމް ހަމަޖެއްސުމާއި ވިލަރެސްކުރުން
  4. ކޮންމެ މަހަކު ޑިޕާޓްމަންޓުން ޚަރަދުކުރުމަށް ހަމަޖެހިފައިވާ ގޮތުގެ ތަފްސީލް، ކޭޝް ފްލޯ ފައިނޭންސް ޑިޕާރޓްމެންޓަށް ފޮނުވުމުގެ މަސައްކަތް ކުރިއަށް ގެންދިއުން
  5. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމު ފުރިހަމަ ކުރުން

މަޤާމުގެ ނަން: ޑިރެކްޓަރ ޖެނެރަލް

މުސާރަ:  13890.00 ރުފިޔާ

ސާރވިސް އެލަވަންސް: 2000.00 ރުފިޔާ

ރޭންކް: އީ.އެކްސް 5

ކްލެސިފިކޭޝަން:     ޑިރެކްޓަރ ޖެނެރަލް

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ކޯޕަރޭޓް ޑިޕާޓްމަންޓް /  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 12 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

2. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 10 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދަށްވެގެން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 8 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

4. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއެއްގައި 4 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ

5. އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 2 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ

6. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

7. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 9 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

  1. ކޯޕަރޭޓް ޑިޕާޓްމަންޓްގެ އެންމެހައި މަސައްކަތްތައް އެކުލަވައިލައި ވިލަރެސް ކުރުން
  2. ހިއުމަން އެސެޓް މެނޭޖްމަންޓްގެ ދަށުން އަންނަ ރެކްރޫޓްމަންޓް، ރެކޯޑްސް އެންޑް އޮޑިޓް ޔުނިޓް އަދި ލާރނިންގ އެންޑް ޑިވެލޮޕްމެންޓް ޔުނިޓްގެ މަސައްކަތްތައް ވިލަރެސް ކުރުން
  3. އިންފޮމޭޝަން ޔުނިޓްގެ މަސައްކަތްތައް ވިލަރެސްކުރުން
  4. މެއިންޓެނަންސް ޔުނިޓްގެ މަސައްކަތްތައް ހިނގާ ގޮތް ވިލަރެސްކުރުން
  5. ޕްރޮކިއުމެންޓް ޔުނިޓްގެ މަސައްކަތްތައް ހިނގާގޮތް ވިލަރެސްކުރުން
  6. ޑިޕާޓްމަންޓަށް ބޭނުންވާ ބަޖެޓް ތައްޔާރުކުރުމުގެ މަސައްކަތްތައް ރާވައި ވިލަރެސް ކުރުން
  7. ޑިޕާޓްމަންޓްގެ މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމް ފުރިހަމަކުރުން

މަޤާމުގެ ނަން: އެސިސްޓެންޓް ހިއުމަންރިސޯސް އޮފިސަރ

މުސާރަ:  5020.00 ރުފިޔާ

ސާރވިސް އެލަވަންސް: 1500.00 ރުފިޔާ

ރޭންކް: ޖީ.އެސް 4

ކްލެސިފިކޭޝަން:     އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ބޭނުންވާ އަދަދު: 1

މަސައްކަތް ކުރަންޖެހޭ ތަން: ހިއުމަންރިސޯސް ސެކްޝަން /  މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް

1. އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓްގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައި ވުން. ނުވަތަ

2. މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓްގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަގާމުގައި އަދާކުރަންޖެހޭ މަސްއޫލިއްޔަތު:

1. މުވައްޒަފަކު ހޯދުމަށް ރިކުއެސްޓް ކުރުމުން ހުސްމަޤާމް އޮތްތޯ ބެލުން

2. ސެކްޝަން ވެރިޔާގެ ލަފާގެ މަތިން ހުސް މަޤާމްތަކަށް އިޢުލާން ކުރުން

  • ޖޮބް އެޕްލިކޭޝަން ބަލައިގަތުމުގެ އެންމެހައި ކަންތައްތައް ހަމަޖެއްސުން 
  • އިޢުލާނުގެ ކޮޕީ ނުވަތަ މެއިލްއެއް ކައުންޓަރަށް ދިނުން
  • އެޕްލިކޭޝަން ފޯމު ކައުންޓަރުން ލިބޭނެގޮތް ރޭވުން 

3. އެޕްލިކޭޝަން ފޯމު ބަލައިގަންނައިރު މުހިންމުކަން ދޭންޖެހޭ ޕޮއިންޓެއްވާނަމަ އެކަން ކައުންޓަރުގެ ސްޓާފުންގެ ސަމާލުކަމަށް ގެނައުން 

  • ޖޮބް އެޕްލިކޭޝަން އެންޓްރީން ލިބުމުން ޝޯޓްލިސްޓްކުރުން
  • ޖޮބް އެޕްލިކަންޓްސްތަކުގެ ޝަރުޠު ހަމަވޭތޯ ބަލައި، ހަމަވާ އެޕްލިކޭޝަންތައް ޝޯޓްލިސްޓްކުރުން

4. ޝޯޓްލިސްޓް ނުވާ މީހުންނަށް ޝޯޓްލިސްޓް ނުވާކަން ލިޔުމުން އެންގުން

  • އިންޓަވިއުކުރުވުން
  • އިންޓަވިއު ޕެނަލް އެކުލަވައިލުމަށް އެޗް.އާރް ޕެނަލަށް ހުށަހެޅުން
  • އިންޓަވިއު ބާއްވާނެ ދުވަހެއް ކަނޑައަޅާ ޝޯޓްލިސްޓް ކުރެވުނު ކުދިންނަށް އިންޓަވިއުއަށް ލިޔުމުން އެންގުން
  • ސިލެކްޝަން ހެދުން
  • އިންޓަވިއު ނިމުމުން އިންޓަވިއު ޕެނަލްއިން ދީފައިވާ މާކްސްތަކާއި މަސައްކަތުގެ ތަޖުރިބާއަށް ލިބިފައިވާ މާކްސްތަކާއި ސެޓްފިކެޓްތަކަށް ލިބިފައިވާ މާކްސްތަކުގެ ކަލްކިއުލޭޝަން ހެދުމަށްފަހު ޝީޓްއަށް އެންޓަރކުރުން (A1 ފޯމު ތައްޔާރުކުރުން)
  • ސިލެކްޝަން ހެދުމަށްފަހު ސިވިލް ސަރވިސްއަށް ވަޒީފާ ހަމަޖެއްސުމަށް ފޮނުވުން (ސިވިލް ސަރވިސް ވިއުގަ އިން ފޮނުވުން)

5. އިންޓަވިއުކޮށް ނިމުމުން ވަޒީފާއަށް ނުހޮވޭ މުވައްޒަފުންނަށް ލިޔުމުން އެންގުން

6. ސިވިލް ސަރވިސް ކޮމިޝަނުން ޗިޓު ލިބުމުން މުވައްޒަފު ވަޒީފާއަށް ނެރުން

7. ވަޒީފާއިން ވަކީވާ މުވައްޒަފުންގެ މަސައްކަތްތައް ކުރުން

  • ވަޒީފާއިން ވަކިވާން އެދި ސިޓީ ހުށަހެޅުމުން އެމުވައްޒަފެއްގެ ސުޕަވައިޒަރގެ އެޕްރޫވަލްގެ ހޯދުން
  • ވަކިވާން އެދިފައިވާ މުވައްޒަފަކީ ބޮންޑު އޮތް މުވައްޒަފެއްތޯ ޔަގީން ކުރުން. ބޮންޑު އޮތް ނަމަ ބޮންޑާއިމެދު ގޮތެއްނިންމުމަށް މިނިސްޓަރގެ، ޕީ.އެސް އިއުތިރާޒު އޮތްތޯ ބެއްލެވުން.
  • އެޕްރޫވަލް ލިބުމުން ސިވިލް ސަރވިސްއަށް އެމުވައްޒަފަކު ވަކި ކުރުމަށް ސިވިލް ސަރވިސްއަށް ހުށަހެޅުން (ވިއުގައިން)

8. ޗިޓު ލިބުމުން މުވައްޒަފަށް އެންގުން (ޗިޓްގެ ކޮޕީއެއް ހަވާލުކުރުން)

9. މުވައްޒަފުން ވީއްލުމަށް އެއްވެސް ފަރާތަކުން އެދޭތާ 3 ދުވަސް ތެރޭ އެމުވައްޒަފަކު ވީއްލާކަން ނުވަތަ ނުވީއްލާކަން އެފަރާތަކަށް އެންގުން.

އެޗް.އާރު ޕެނަލް އަށް ހުށަހަލަންޖެހޭ މައްސަލަ އެއްނަމަ ވީއްލުމަށް އެދި ސިޓި އަންނަތާ އެއް ދުވަހުގެތެރޭގައި އެޗް.އާރު ޕެނަލަށް ގެންދިއުމަށްޓަކައި ޕީ.އެސް ބިއުރޯއަށް އެމައްސަލަ ހުށަހެޅުން. އަދި އެޗް.އާރު ޕެނަލް އިން ނިންމާތާ ގިނަވެގެން 2 ދުވަހުގެތެރޭގައި އެދުނު ފަރާތަށް ޖަވާބު ދިނުން

10. މުވައްޒަފުންނަށް ދޭންޖެހޭ އެލަވަންސްތަކާއި ޢިނާޔަތްތައް ދިނުމަށް ހަމަޖެއްސުމަށް ސިވިލް ސަރވިސްއަށް ލިޔުން އަދި އެފަދަ އެލަވަންސެއް ދިނުމަށް މުވައްޒަފުންނާއެކު ވާންޖެހޭ އިޤުރާރު ހަދާ މުވައްޒަފު ލައްވައި ސޮއިކުރުވުން

11. މުވައްޒަފުންގެ ރަޖިސްޓަރީ ބެލެހެއްޓުން

  • ވަގުތުން ވަގުތަށް ރަޖިސްޓަރީ އަޕްޑޭޓް ކުރަމުން ގެންދިއުން
  • ހުސްވަޒީފާތައް ބަލަން ބޭނުންވެއްޖެ ހިނދެއްގައި އެމަޢުލޫމާތު ދެނެގަނެވޭނޭހެން ރަޖިސްޓަރީ ބެލެހެއްޓުން، ކޮންމެ މަހެއް ފެށޭ ދުވަހު އެންމެ ފަހުގެ ރަޖިސްޓަރީގެ ކޮޕީއެއް ޕްރިންޓްކޮށް ސެކްޝަން ވެރިޔާ ލައްވާ ސޮއިކުރުވުމަށްފަހު ޑިޕާޓްމަންޓް ހެޑަށް އެރުވުން.

12. މުވައްޒަފުންގެ ސަލާމާއި ޢާއިލީ ޒިންމާ ބަލައިގަތުން

ނޯޓް: 

- މި މަޤާމަށް ޝަރުޠު ހަމަވާ މީހެއް ހޮވުމުގައި މަޤާމާގުޅޭ ދާއިރާއެއްގައި މަސައްކަތް ކޮށްފައިވާ މީހުންނަށް އިސްކަން ދެވޭނެއެވެ.

- މި މަޤާމުގެ އިންޓަވިއު އެއް މަސްދުވަހުގެ ތެރޭގައި ބޭއްވޭނެއެވެ. އަދި އިންޓަވިއު އޮންނާނީ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސްގެ މީޓިންގ ރޫމުގައެވެ.

- މި ވަޒީފާއަށް ޝަރުޠުހަމަވާ ފަރާތްތަކުގެ އަދަދު 10އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް އަދި މިމަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު، އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތާއެވެ.

- ވަޒީފާގެ އިންޓަވިއުއަށް ހާޒިރުވާއިރު، ވަޒީފާއަށްއެދި ހުށަހާޅާފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅާފައިވާ ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ފޯމު.
  • ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގައި އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިއުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  • ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި (އެކްރެޑިޓްކޮށް ފައިވާކަމަށް ތައްގަނޑު ޖަހާފައިވާ ކޮޕީގެ އަސްލު) އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް 
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ.
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
  • ސުންގަޑި: 03 ފެބުރުވަރީ 2015 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވެލާނާގެ 3 ވަނަ ފަންގިފިލާ ގައި ހުންނަ މިނިސްޓްރީ އޮފް ޔޫތު އެންޑް ސްޕޯޓްސް.
  • ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު މި މިނިސްޓްރީގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ.

    ވެބް ސައިޓް އެޑްރެސް www.youth.gov.mv

  • އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3347465 އަށް

01 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ