ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރު: MNU-HR/2015/19

ތާރީޙް: 22 ޖަނަވަރީ 2015

 

މަޤާމު:

މަސައްކަތު

ބޭނުންވާ އަދަދު:

01

މުސާރަ:

މަހަކު 3,549.22 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު1521.09  ރުފިޔާ

އޮފީސް:

ސެންޓަރ ފޮރ އޯޕަން ލަރނިންގ

ސްޕައިން ޕޮއިންޓް:

1

ގުރޭޑް:

1

 

މަގާމްގެ ޝަރުތު:

  1. ލިޔަންކިޔަން ދަތުމާއެކު، މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ސާބިތު ކޮށްދިނުން

މަޤާމުގެ މަސްއޫލިއްޔަތު:

 

  1. އޮފީހުގެ ސާފުކުރަން ހަވާލުކުރެވޭ ތަންތަން ގަވާއިދުން ސާފުކުރުން، މިގޮތުން ސާފުކޮށް ބަލަހައްޓަން ޖެހޭ ތަންތަނަކީ
  • ޖީ.ބްލޮކްގެ ކޮމްޕައުންޑުން، ފެކަލްޓީ އޮފް އާރޓްސް ގެ ކުރިމަތިން ބަހާފައި ދީފައިވާ ސަރަހައްދު
  • ސީ.އޯ.އެލް ގެ ކްލާސްރޫމް ނަމްބަރ 9 އަދި 12
  • އޮފީސްބައިގެ އެތެރެ (ރިސެޕްޝަން އޭރިއާ އާއި އެޑްމިން ބައި)
  • ފިރިހެނުންގެ 2 ފާޚާނާ އާއި ފާޚާނާ ބުލޮކުގެ ބޭރުގައިވާ ސަރަހައްދު
  • އޮފީހުގެ ކުޑަ މީޓިންގ ރޫމް
  • ސައިކޮޓަރިއާއި ސައިކޮޓަރީގެ ކުރިމަތީގައި އޮންނަ ސަރަހައްދާއި/ ކްލާސްރޫމްތަކަށް ދާން އޮންނަ ކޮރިޑޯ
  1. ނަމްބަރ 1 ގައި އިސްވެބަޔާން ކުރެވުނު ތަންތަން ކޮންމެ ދުވަހަކުވެސް ސާފުކުރަންވާނެއެވެ.
  2. ކޮންމެ ތަނެއް ސާފުކުރުމުގައިވެސް އެތަނެއްގެ ތަޅުންގަނޑުގެ އިތުރުން އެތަނެއްގައި ހުރި ފަރުނީޗަރާއި މެޝިނަރީވެސް ހިރަފުސްފޮޅައި ސާފުކުރުން އަދި މޮޕް އަޅަންޖެހޭ ތަންތަނުގައި މޮޕް އެޅުން.
  3. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ދޮރުތަކާއި ކުޑަދޮރުތައް މަދުވެގެން ހަފްތާއަކު އެއްފަހަރު ރީތިކޮށް ފޮހެ ސާފުކުރުން.
  4. ސާފުކުރަން ލިބިފައިވާ ތަންތަނުގެ ފަންކާތަކާއި ހޮޅިބުރި/ ބޮކިތައް ކޮންމެ ދެ ހަފްތާއިން އެއްފަހަރު ފޮހުން.
  5. ބްލޮކް ކްލާސް ނިމޭދުވަހު، ކްލާސްތައް ނިމުމުން އެވަގުތު ޑިއުޓީގައި ހުރި މުވައްޒަފެއްގެ ލަފާގެމަތީން ކްލާސްރޫމްތައް ސާފުކުރުން.
  6. އޮފީހުން ބައިވެރިވާ ޚާއްސަ އިވެންޓްތަކާއި ކުއްލިއަކަށް ދިމާވާ ކަންކަމުގައި ސެންޓަރުގެ ވެރިޔާ އަންގާ ގޮތެއްގެ މަތީން އޮފީހުގެ މަސައްކަތް ކުރުން.

 

އުޖޫރައާއި ޢިނާޔަތްތައް:

 

އިތުރުގަޑީ ގައި މަސައްކަތް ކުރާނަމަ އިތުރުގަޑީގެ ފައިސާ ހަމަޖެހިފައިވާ އުޞޫލުން ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

 

  1. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  2. ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  3. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  4. ލިބިފައިވާ ތަޢްލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަޞްލު)
  5. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • ·  އިޢުލާންގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާންގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • ·  އިޢުލާންގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއި އެކު ފޮނުވަން ޖެހޭނެއެވެ.
  • ·  އިޢުލާންގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލް ވާނެއެވެ.
  • ·  އިންޓަރވިޔު ކުރެވޭނީ އިޢުލާންގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.

މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއު ނިމުމަށް ފަހުގައެވެ.

 

ސިޓީ ފޮނުވަންވީ ތާރީޙް:   

29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ/އިދާރީ މަރުކަޒަށް

އިތުރު މަޢްލޫމާތު:

  • މަޢްލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3345157 ނަންބަރު ފޯނާއެވެ.
  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލެވޭނީ ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ.
  • މިމުއްދަތުގެތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށްބަލައި، ވަޒީފާގެއެއްބަސްވުން އެއްވެސްނޯޓިހެއް ދިނުމަކާނުލައި، އުވާލާ މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.

 

22 ޖަނަވަރީ 2015
ހޯދާ