މޯލްޑިވްސް ކަސްޓަމްސް ސަރވިސް
ދިވެހިރާއްޖެ
ކަސްޓަމްސްއިން މުޢާމަލާތް ނުކުރެވޭ ފަރާތްތައް ހޯދުމާބެހޭ

އިޢުލާން

ކަސްޓަމްސްއިން މުޢާމަލާތް ނުކުރެވޭ ފަރާތްތައް ހޯދުމާބެހޭ

އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ގޮތްގޮތުން ކަސްޓަމްސަށް ލިބެންޖެހޭ ފައިސާ ދައްކަންޖެހިފައިވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސަށް ދީފައިވާ އެޑްރެސް ބަދަލުވުމުން، އެޑްރެސް ބަދަލުވިކަން ކަސްޓަމްސަށް އަންގާފައިނުވުމާއި، ކަސްޓަމްސަށް ދީފައިވާ އެޑްރެހަށް ފޮނުވާ ސިޓީ ބަލައިނުގަތުމާއި، އެފަރާތްތަކަށް ގުޅޭނެކަމަށް ކަސްޓަމްސަށް ދީފައިވާ ފޯނު ނަންބަރުން އެފަދަ ފަރާތްތަކަށް ގުޅޭގޮތް ނުވުމުންނާއި އެހެނިހެން ގޮތްގޮތް މެދުވެރިކޮށްވެސް އެފަރާތްތަކާ މުޢާމަލާތް ކުރެވޭނެމަގު ތަނަވަސް ނުވުމުގެ ސަބަބުން ކަސްޓަމްސްއިން އެފަރާތްތަކާއެކު މުޢާމަލާތް ކުރެވިފައިނުވާ ފަރާތްތަކުގެ ތެރެއިން ކަސްޓަމްސަށް ފައިސާ ނުދައްކާތާ ގިނަ ދުވަސްވެފައިވާ ފަރާތްތަކާމެދު މިދަންނަވާ ގޮތުގެމަތިން ޢަމަލު ކުރުމަށް ހަމަޖައްސައިފީމެވެ.

ކަސްޓަމްސްއަށް ފައިސާ ދައްކަންޖެހި، އެފައިސާ ނުދައްކާ 2 މަސްދުވަހަށްވުރެ ގިނަ ދުވަސްވެފައިވާ ފަރާތްތަކުގެ ނަންތައް ކަސްޓަމްސްގެ ނޯޓިސްބޯޑުގައި ހާމަކުރުމާއެކު، މިލިސްޓު ކަސްޓަމްސްގެ ވެބްސައިޓުގައި ޝާއިޢު ކުރެވޭނެއެވެ. މިގޮތަށް ހާމަކުރެވޭ ލިސްޓުގައިވާ ފަރާތްތަކުގެ ނަންތައް އެފަރާތްތަކުން ކަސްޓަމްސަށް ފައިސާ ދެއްކުމާ ހަމަޔަށް ކަސްޓަމްސްގެ ނޯޓިސް ބޯޑުގައްޔާއި ކަސްޓަމްސްގެ ވެބް ސައިޓުގައި ޢާންމު ކުރެވޭނެއެވެ.

ކަސްޓަމްސްގެ ނޯޓިސް ބޯޑުގައްޔާއި ކަސްޓަމްސްގެ ވެބް ސައިޓުގައި އެފަރާތްތަކުގެ ނަންތައް ހާމަކުރާތާ 30 ދުވަހުގެ ތެރޭގައި އެފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ، ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަރާތްތަކާ މުޢާމަލާތްކުރެވޭގޮތް ނުވެއްޖެނަމަ، އެފަރާތެއްގެ މަޢުލޫމާތު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާޢިއު ކުރެވޭނެއެވެ.

ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާތާ 20 ދުވަހުގެ ތެރޭގައި އެފަރާތްތަކުން ފައިސާ ނުދައްކައިފިނަމަ ނުވަތަ އެއްވެސް ސަބަބަކާހުރެ އެފަރާތްތަކާ މުޢާމަލާތްކުރެވޭ ގޮތް ނުވެއްޖެނަމަ، އެފަރާތެއްގެ މަޢުލޫމާތު ރޭޑިޔޯ ނުވަތަ ޓީވީ މެދުވެރިކޮށް އިޢުލާނު ކުރެވޭނެއެވެ.

އިމްޕޯޓް ޑިއުޓީ އަދި އެހެނިހެން ގޮތްގޮތުން ކަސްޓަމްސަށް ލިބެންޖެހޭ ފައިސާ ހޯދުމުގައި، މަތީގައިވާ ގޮތަށް ޢަމަލުކުރުމުންވެސް ފައިސާ ނުދައްކާ ފަރާތްތަކުގެ މައްސަލަ ޝަރީޢަތަށް ހުށަހެޅޭނެއެވެ.

ވީމާ، 1 ފެބްރުވަރީ 2015 އިން ފެށިގެން މަތީގައިވާ ގޮތަށް ޢަމަލުކުރެވޭނެކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

30 ރަބީޢުލްއައްވަލް 1436

21 ޖަނަވަރީ 2015
ހޯދާ