ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކިޔަވައިދިނުމަށް ބޭނުންކުރާ ބައެއް ފޮތްތައް ރިސޯގުރާފް ފެންވަރުގައި ޗާޕުކުރުމަށް

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ކިޔަވައިދިނުމަށް ބޭނުންކުރާ ބައެއް ފޮތްތައް ރިސޯގުރާފް ފެންވަރުގައި ޗާޕުކުރުމަށް ކުރި އިޢުލާން (ނަންބަރު: MNU-CA-FM/2015/002) އަށް އެދެވޭ އިޖާބައެއް ދީފައިނުވާތީ އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.

- ރިސޯގުރާފް ފެންވަރުގައި ޗާޕުކުރުން

- އޮފްސެޓް ފެންވަރުގައި ބައެއް ތަކެތި ޗާޕުކުރުން   

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން 27 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ 11:30 އަށް ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުން އެދެމެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ކަރުދާސް، ކަނޑައެޅިފައިވާ ގަޑީގެ އިތުރުން އަންދާސީހިސާބު ބަލައިގަންނަ ދުވަހުގެ ކުރީދުވަހުގެ 15:00 ވަންދެން ދޫކުރެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަންނާނީ އިޢުލާނުގައި ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ. އަންދާސީހިސާބު ބަލައިގަތުން އޮންނާނީ 29 ޖަނަވަރީ 2015 ވާ ބުރާސްފަތި ދުވަހުގެ 11:30 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގައެވެ.

30 ރަބީޢުލްއައްވަލް 1436         

21 ޖަނަވަރީ 2015
ހޯދާ