އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ފެކުސްމެޝިން އަދި އެޓެންޑެންޓްސް ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް، ޕްރިންޓަރ، ފެކުސްމެޝިން އަދި އެޓެންޑެންޓްސް ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި ހޮސްޕިޓަލުން ދޭ މަޢުލޫމާތާ އެއްގޮތަށް ރ.އަތޮޅުގެ ހެލްތު ސެންޓަރުތަކަށް ބޭނުންވާ ކޮމްޕިއުޓަރ ސިސްޓަމް ، ޕްރިންޓަރ، ފެކުސްމެޝިން އަދި އެޓެންޑެންޓް ސިސްޓަމް ގަނެ ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިތަކެތި ހޮސްޕިޓަލުން ދޭ ސްޕެސިފިކޭޝަންތަކާ އެއްގޮތަށް ގަނެ ސަޕްލައިކޮށްދޭން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 ޖަނަވަރީ 2015 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 05 ފެބުރުވަރީ 2015 ވަނަ ދުވަހުގެ 13:30 އަށް އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

ކަނޑައެޅިފައިވާ ގަޑިޔަށް މަޢުލޫމާތު ހޯދުމަށް ހާޒިރުނުވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީހިސާބު ބަލައިނުގަނެވޭނެ ކަމުގައިވެސް ދަންނަވަމެވެ.

01 ރަބީޢުލްއާޚިރު 1436

22 ޖަނަވަރީ 2015
ހޯދާ