ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
2015 ވަނަ އަހަރުގެ ފެބުރުވަރީމަހު ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

 2015 ވަނަ އަހަރުގެ ފެބުރުވަރީމަހު ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތައް

2015 ވަނައަހަރުގެ ފުރަތަމަ ސެމިސްޓަރގައި ތިރީގައި މިދަންނަވާ ކޯސްތައް ފެށުމަށްވަނީ ހަމަޖެހިފައެވެ.

1- ޑިޕްލޮމާއިން އިސްލާމިކް އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

2- ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ

3- ޢަރަބި ބަހުގެ ޑިޕްލޮމާ

4- ޢަރަބި ބަހުގެ ސެޓުފިކެޓު 3

5- ޢަރަބި ބަހުގެ ސެޓުފިކެޓު 2

6- ފައުންޑޭޝަން ) ޝަރީއާ އެންޑް ލޯ، ޤްރުޢާން މުދައްރިސް ޑިގްރީ، އިސްލާމް މުދައްރިސް ޑިގްރީ، ދިރާސާތުލް އިސްލާމިއްޔާ )

7- ފައުންޑޭޝަން ފޯރ ޑިޕްލޮމާއިން އިސްލާމިކް އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

8- ޕްރީފައުންޑޭޝަން

ވީމާ، މި ކޯސްތަކަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 9 ފެބުރުވަރީ 2015 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. އަދި 13 ޖަނަވަރީ 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން ކުއްލިއްޔާގެ ކައުންޓަރުން ފޯމު ލިބެން ހުންނާނެއެވެ.

މަތީގައި ދެންނެވުނު ކޯސްތަކަށް ބޭނުންވާ ތަޢުލީމީ މިންގަނޑުތަކުގެ ތަފުސީލު ތިރީގައި މިވަނީއެވެ.

ލެވެލް

ކޯހުގެ ނަން

ޝަރުޠު

ކޯހުގެ ޖާގަ

މުއްދަތު

ކޯހުގެފީ

ޑިޕްލޮމާ

ޑިޕްލޮމާ އިން އިސްލާމިކް އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

މަތީސާނަވީ (ޖީ.ސީ.އީ.އޭ ލެވަލްގެ 2 މާއްދާ/ ޝަހާދާ ޘާނަވިއްޔާ) އިން ފާސްވެފައިވުން. ނުވަތަ،

ށ. އެމް.ކިއު.އޭ ޤަބޫލުކުރާ ލެވަލް 4 ގެ ސެޓުފިކެޓެއް ގުޅޭ ދާއިރާއަކުން ހާސިލުކޮށްފައިވުން. ނުވަތަ،

ނ. ކުއްލިއްޔާގެ ފައުންޑޭޝަން ފުރިހަމަ ކޮށްފައިވުން. ނުވަތަ،  

ބ. ޢުމުރުން 20 އަހަރު ފުރިފައިވުމާއެކު، ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން ގުޅޭ ދާއިރާއަކުން 1 އަހަރުގެ ތަޖުރިބާ ލިބިފައިވުން.

  • މި ކޯހަށް ހޮވޭނީ  ކޯހަކަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަ ވުމާއެކު، އައި.ޖީ.ސީ.އެސް.އީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ދަށްވެގެން "ސީ" ފާސްވެފައިވާ ނުވަތަ ކުއްލިއްޔާއިންދޭ އިނގިރޭސިބަހުގެ އިމްތިޙާނަކުން ފާސްވާ ދަރިވަރުންނެވެ.  

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ލެވެލް 8

ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ އިން ޓީޗިންގ

ހ. ގުޅުންހުރި ދާއިރާއަކުން ބެޗްލަރސް ޑިގްރީ (ލެވެލް 7) ހާސިލުކޮށްފައިވުން. ނުވަތަ،

ށ. ޢުމުރުން 21 އަހަރު ފުރިފައިވުމާއެކު ޖީ.ސީ.އީ.އޯ ލެވެލް އިމްތިޙާނުގެ އެއްމާއްދާއިން ފާސްވެފައިވުމުގެ އިތުރުން އެމް.އެން.ކިޔޫ.އެފް ލެވެލް 4 ގެ ތަޢުލީމު ހާސިލުކޮށްފައިވުން.

  • ކޯހަކަށް ކަނޑައެޅިފައިވާ ޝަރުޠު ފުރިހަމަ ވުމާއެކު، އައި.ޖީ.ސީ.އެސް.އީ ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސިން ދަށްވެގެން "ސީ" ފާސްވެފައިވުން. ނުވަތަ އައި.އެލް.ޓީ.އެސް އިމްތިޙާނުގެ 'އިނގިރޭސި' (5.5) ން މަތިން ފާސްވެފައިވުން. ނުވަތަ އިނގިރޭސިބަހުގެ (މަތީގައި ބަޔާންކޮށްފައިވާ) ފެންވަރު ހުރިކަން އަންގައިދޭ ސަނަދެއް ނުވަތަ އެއާ އެއްފެންވަރުގެ ފާހެއް އޮތުން. ނުވަތަ ކުއްލިއްޔާގެ އިންގްލިޝް ރިކުއަރމެންޓް ޓެސްޓުން ފާސްވެފައިވުން. ނުވަތަ ކުއްލިއްޔާއިން ދޭ އިނގިރޭސިބަހުގެ ފެންވަރު ބެލުމުގެ (އެންޓްރީ) އިމްތިޙާނަކުން ފާސްވުން. 

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/4850

ޑިޕްލޮމާ

ޢަރަބި ބަހުގެ ޑިޕްލޮމާ

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 4 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 4 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ސެޓުފިކެޓު ލެވެލް 4

ޢަރަބި ބަހުގެ އެޑްވާންސްޑް ސެޓުފިކެޓު

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 3 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 3 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

30

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ސެޓުފިކެޓު ލެވެލް 3

ޢަރަބި ބަހުގެ ސެޓުފިކެޓު 3

ހ. ކުއްލިއްޔާއިން ޢަރަބި ބަހުގެ ސެޓުފިކެޓު 2 ހާސިލުކޮށްފައިވުން. ނުވަތަ،

ށ. އެމް.ކިޔު.އޭ ޤަބޫލުކުރާ، ލެވެލް 2 އާ އެއްފެންވަރެއްގެ ސަނަދެއް ޢަރަބި ބަހުގެ ދާއިރާއިން ހާސިލު ކޮށްފައިވުން.  

40

1 އަހަރު (2 ސެމިސްޓަރ)

ހިލޭ

ލެވެލް 4

ފައުންޑޭޝަން

ހ. ޖީ. ސީ. އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން ސީ ގްރޭޑުން ފާސްވެފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ އިސްލާމުން ފާސްވެފައިވުން. ނުވަތަ،  

ށ. ކުއްލިއްޔާގެ ޕްރީފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ،

ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓުފިކެޓު ލެވެލް 3 ފެންވަރުގެ އިމްތިޙާނަކުން، ކުއްލިއްޔާއިން ކަނޑައަޅާ 3 މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

  • އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު، ޢުމުރުން 16 އަހަރާ 25 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ލެވެލް 4

ފައުންޑޭޝަން ފޯރ ޑިޕްލޮމާއިން އިސްލާމިކް އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަން

ހ. ޖީ. ސީ. އީ އޯލެވެލް އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން ސީ ގްރޭޑުން ފާސްވެފައިވުމާއެކު އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހިން ފާސްވެފައިވުން. ނުވަތަ،  

ށ. ކުއްލިއްޔާގެ ޕްރީފައުންޑޭޝަން ފުރިހަމަކޮށްފައިވުން. ނުވަތަ،

ނ. އެމް.ކިޔު.އޭ ގަބޫލުކުރާ ސެޓުފިކެޓު ލެވެލް 3 ފެންވަރުގެ އިމްތިޙާނަކުން، ކުއްލިއްޔާއިން ކަނޑައަޅާ 3 މާއްދާއަކުން ދަށްވެގެން ސީ ފާސް ލިބިފައިވުން.

  • އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު، ޢުމުރުން 16 އަހަރާ 25 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  
  • މި ކޯހަށް ދަރިވަރުން ހޮވާއިރު ޖީ. ސީ. އީ އޯލެވެލް އިނގިރޭސިން ފާސްވެފައިވާ ދަރިވަރުންނަށް އިސްކަން ދެވޭނެއެވެ.  

30

1 އަހަރު (2 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

ލެވެލް 3

ޕްރީ ފައުންޑޭޝަން

ހ. ގްރޭޑް 10 ނިންމާ އިމްތިޙާނުން، 'ދިވެހި' ހިމެނޭގޮތަށް 3 މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުން.

ށ. ޖިނާއީ ކުށެއްގެ ތުހުމަތެއް ކުރެވިފައިނެތުން.

  • އަދި މަތީގައިވާ ޝަރުޠު ފުރިހަމަވުމާއެކު، ޢުމުރުން 16 އަހަރާ 25 އަހަރާ ދެމެދުގެ މީހެއް ކަމުގައިވުން.  

30

6 މަސް (1 ސެމިސްޓަރ)

(ސެމިސްޓަރ އަކަށް) -/1440

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

ކޯސްތަކަށް ވަނުމަށް އެދޭފަރާތްތަކަށް ދެވޭ އިރުޝާދު

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

  • ލިބިފައިވާ (ވަނުމަށް އެދޭ ކޯހަށް ބޭނުންވާ) ސަނަދުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖަހާފައިވާ ކޮޕީ.
  • އައިޑީކާޑުގެ ކޮޕީ.
  • ޕާސްޕޯޓު ސައިޒުގެ 02 ފޮޓޯ.
  • އެންމެ ފަހުން އުޅުނު ސްކޫލް/ކޮލެޖްގެ ލީވިންގ ސެޓުފިކެޓު ކޮޕީ. (ސާނަވީ އިމްތިޙާނުތަކުގެ ނަތީޖާ ނުވަތަ ސަނަދެއް ހުށަހަޅާފައިނުވާނަމަ)
  • ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، ފުރިހަމަނުވާ ފޯމެއް ބަލައިނުގަނެވޭނެއެވެ.
  • ސަނަދުތައް ހުންނަންޖެހޭނީ، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ ނުވަތަ އެމް.ކިޔު.އޭ އިން ސަނަދުގެ ލެވެލް އަންގައިދޭ ތައްގަނޑު ޖަހާފައެވެ.
  • އައިޑީ ކާޑުގެ ކޮޕީ ވެރިފައި ކުރުމަށްޓަކައި އައިޑީކާޑުގެ އަސްލު ހުށަހަޅަން ޖެހޭނެއެވެ. ކޮޕީ ބެލުމަށްފަހު އަސްލު ދޫކުރެވޭނެއެވެ.
  • އަތޮޅުތަކުން ހުށަހަޅާ އެޕްލިކޭޝަން ފޯމާއި، އަދި ފޯމާއެކު ހުށަހަޅަންޖެހޭ އެހެނިހެންތަކެތި، ފެކްސް/ އީމެއިލް މެދުވެރިކޮށް ހުށަހަޅާފައިވާނަމަ، ފޮނުވި ތަކެތީގެ އަސްލުތައް، ފުރުޞަތު ލިބިފައިވާ ކޯހުގައި ރަޖިސްޓަރީ ކުރުމުގެ، ލަސްވެގެން 02 ދުވަސްކުރިން ކުއްލިއްޔާއަށް ހުށަހަޅަންވާނެއެވެ.
  • ރަޖިސްޓްރޭޝަން އޮންނާނީ 12 ފެބުރުވަރީ 2015 ވާ ބުރާސްފަތިދުވަހުގެ 09:00 ން 12:00 އަށެވެ.
  • ކިޔެވުން ފެށޭނީ 15 ފެބުރުވަރީ 2015 ވާ އާދީއްތަ ދުވަހުއެވެ.
  • ކޮންމެ ކޯހެއްވެސް ހިންގޭނީ މަދުވެގެން 15 ދަރިވަރުން އެކޯހެއްގައި ބައިވެރިވުމުންނެވެ.
  • ވަޒީފާއެއްގައި އުޅޭނަމަ، ކޯސް ފުރިހަމަ ކުރުމަށްޓަކައި، ވަޒީފާދިން ފަރާތުން އިއުތިރާޒެއް ނެތްކަމުގެ ލިޔުން ހޯދުމަކީ ކޯހަށް އެދޭ ފަރާތުގެ ޒިންމާއެކެވެ.
  • ޑިޕްލޮމާއިން އިސްލާމިކް އަރލީ ޗައިލްޑްހުޑް އެޑިޔުކޭޝަންގެ ކިޔެވުން ފުލްޓައިމް، ޕާރޓްޓައިމް އަދި ބްލޮކުމޯޑަށް ކުރިއަށްދާނެއެވެ.
  • އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ: 3322718 ނަމްބަރެވެ.

ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސްބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. މީގެ އިތުރުން އިދާރާއިންވެސް ލިބިވަޑައިގަންނަވާނެއެވެ. ފޯމު ދޫކުރުމާއި ބަލައިގަތުން ހަމަޖެހިފައިވަނީ ބަންދުނޫން ކޮންމެ ދުވަހަކު 9:00 ން 14:00 އަށެވެ.

ކޯހަށް ވަނުމަށް އެދޭ ފޯމު ކުއްލިއްޔާގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ.

21 ރަބީޢުލްއައްވަލް 1436

 

12 ޖަނަވަރީ 2015
ހޯދާ